Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓު ކުރުން

ފަސްވަނަ ބުރުން ޕޮޒިޓިވް ކޭސް އެއް ފެނުނީ ޓޮޓެންހަމުން

ޖުމްލަ 13 މީހަކު ވަނީ ފަސް ބުރުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޖޫން 2020 | ބުރާސްފަތި 07:57
ދާދި ފަހުން ޓޮޓެންހަމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ވަނީ ހުއްދަ ދީފައި

ދާދި ފަހުން ޓޮޓެންހަމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ވަނީ ހުއްދަ ދީފައި

އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުންތެރިންނާއި، އޮފިޝަލުން ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19)ށް ޓެސްޓު ކުރުމަށް ކުރިއަށް ގެންދިޔަ ފަސްވަނަ ބުރުން ޕޮޒިޓިވް ކޭސް އެއް ފެނުނީ ޓޮޓެންހަމް ހޮޓްސްޕާ އިން ކަން، އެ ކްލަބުން ހާމަކޮށްފި އެވެ.

ޕްރިމިއރ ލީގުގެ ކުޅުންތެރިންނާއި، އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރުމަށް ފަސް ބުރެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ފުރަތަމަ ބުރުގައި 748 މީހުން ޓެސްޓު ކުރިއިރު، ދެވަނަ ބުރުގައި 996 މީހުން ވަނީ ޓެސްޓު ކޮށްފަ އެވެ. އަދި ތިންވަނަ ބުރުގައި 1،008 މީހުން ޓެސްޓު ކުރިއިރު، ހަތަރުވަނަ ބުރުގައި 1،130 މީހުން ވަނީ ޓެސްޓު ކޮށްފަ އެވެ.

އަދި ބުދަ ދުވަހު ހާމަކުރި ފަސްވަނަ ބުރުގައި 1،197 މީހަކު ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފަ އެވެ. ޕްރިމިއަރ ލީގުން ބުދަ ދުވަހު ވަނީ ފަސްވަނަ ބުރުން ޕޮޒޓިވް އެއް ކޭސް ފެނުނުކަން ހާމަކޮށްފަ އެވެ. އެއާއެކު ޓޮޓެންހަމުން ފަސްވަނަ ބުރުން ފެނުނު ޕޮޒިޓިވް ކޭސް ނިސްބަތް ވަނީ އެ ކްލަބަށް ކަން ހާމަކޮށްފަ އެވެ. އެކަމަކު އެ މީހެއްގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ޓޮޓެންހަމުން ކޮވިޑް-19ށް ޕޮޒިޓިވްވީ އެ ކްލަބުގެ ކުޅުންތެރިއެއް ކަން ނުވަތަ އޮފިޝަލެއް ކަން ހާމަކޮށްފައި ނުވި ނަމަވެސް، އެ ކްލަބުން ވަނީ ވައިރަހަށް ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ. އަދި އޭނާ ވައިރަހަށް ޕޮޒިޓިވް ވިއިރު، ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް ޓޮޓެންހަމުން ބުނެފައި ވެއެވެ.

ޕްރިމިއަރ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރަމުން އަންނައިރު، މިހާތަނަށް ޖުމުލަ 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެކަމަކު ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކުރި ކުޅުންތެރިންގެ ތެރެއިން ބޯންމަތުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލް މިހާރު ވަނީ ވައިރަހުން ސަލާމަތްވެފަ އެވެ.

މިމަހުގެ 17 ވަނަ ދުވަހު ޕްރިމިއަރ ލީގު އަލުން ފެށުމަށް މިހާރު ތާވަލުކޮށްފައި ވާއިރު، މިދިޔަ ހަފުތާގައި ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ހުއްދަ ދީފައެވެ. އަދި އަންގާރަ ދުވަހު ވަނީ ކްލަބުތަކުން އެކުވެރިކަމުގެ މެޗުތައް ކުޅެންވެސް ހުއްދަ ދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްރިމިއާ ލީގު: އެވަޓަން ބަލިކޮށް އާސެނަލް ފަސްވަނައަށް ޖެހިލައިފި

ފްރިމިއާ ލީގު: އެވަޓަން ބަލިކޮށް އާސެނަލް ފަސްވަނައަށް ޖެހިލައިފި

23 އޮކްޓޯބަރު 2017
ކްރެމްލިން ކަޕްގެ ފުރަތަމަ ބުރުން ޝަރަޕޯވާ ކަޓައިފި

ކްރެމްލިން ކަޕްގެ ފުރަތަމަ ބުރުން ޝަރަޕޯވާ ކަޓައިފި

18 އޮކްޓޯބަރު 2017
ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް

ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް

05 އޮކްޓޯބަރު 2017
ދިވެހި ޕްރިމިއާ ލީގު: ގްރީން ބަލިކޮށް ޓީސީ އަށް ފުރަތަމަ ބުރުން ތިންވަނަ

ދިވެހި ޕްރިމިއާ ލީގު: ގްރީން ބަލިކޮށް ޓީސީ އަށް ފުރަތަމަ ބުރުން ތިންވަނަ

24 ސެޕްޓެމްބަރު 2017
ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓު ހޮވައިފި

ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓު ހޮވައިފި

18 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު