Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާންގެ ކޯޗު

ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް

ހެއިންކޭސް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބަޔާންއަށް ކޯޗުކަން ކޮށްދީފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 11:39
ހެއިންކޭސް 2013 ވަނަ އަހަރު ބަޔާންގެ ކޯޗެއްގެ ގޮތުގައި

ހެއިންކޭސް 2013 ވަނަ އަހަރު ބަޔާންގެ ކޯޗެއްގެ ގޮތުގައި

ބަޔާންގެ ވަގުތީ ކޯޗެއްގެ ގޮތުގައި އެ ޓީމަށް ކުރިން ކޯޗުކަން ކޮށްދިން ޖުޕް ހެއިންކޭސް ހަމަޖެއްސުމަށް އެ ކްލަބުން ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޖަރުމަނުގެ މީޑީއާއިން މިހެން ރިޕޯޓުކޮށްފައިވާ އިރު ހެއިންކޭސް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބަޔާންއަށް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އޭނާވަނީ 2013 ވަނަ އަހަރު ބަޔާންއަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ބުންޑެސްލީގާގެ އިތުރުން ޖަރުމަނު ކާމިޔާބު ކޮށްދީފައެވެ.

ބަޔާންއިން ވަނީ މިދިޔަ ހަފްތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި 3-0 ގެ ނަތީޖާއަކުން އެ ޓީމު ފްރާންސްގެ ޕީއެސްޖީގެ އަތުން ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުގެ މަގާމުން ކާލޯ އަންޗެލޯޓީ ވަކިކޮށްފައެވެ. އަންޗެލޯޓީ ވަކި ކުރުމާ ވިދިގެން އެ ޓީމުން އޭގެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމަށް އިރުޝާދު ދީފައި ވަނީ އެސިސްޓަންޓް ކޯޗު ކަމުގެ މަގާމުގައި ހުރި ވިލީ ސަންޔޯލްއެވެ.

ބަޔާންގެ ކޯޗު ކަމުގެ މަގާމާއި ހޮފެންހައިމްގެ ކޯޗު ޖޫލިއަން ނަގެލްސްމަން އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ތޯމަސް ޓުޗްލްގެ އިތުރުން ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ލުއިސް އެންރިކޭވެސް ހަވާލު ވެދާނޭ ކަމަށް މީގެ ކުރިން އަޑުތަށް ވަނީ ފެތުރިފައެވެ. އެހެނަސް ރިޕޯޓުތައް ބުނާ ގޮތުން ބަޔާންއިން މިހާރު ވަނީ މި ސީޒަން ނިމެންދެން ހައިންކޭސް އެ ޓީމަށް އިރުޝާދު ދިނުމަށް ކޯޗެއްގެ ގޮތުގައި އައްޔަން ކުރުމަށް ނިންމާފައެވެ.

ހައިންކޭސް ބަޔާންގެ ކޯޗެއްގެ ގޮތުގައި އައްޔަނުކުރަން ނިންމާފައިވާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅު ވެފައެއް ނުވެއެވެ. އަދި މިވަގުތު އެ ޓީމު އޮތީ ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ ފަސް ޕޮއިންޓް މަދުން ލިބި ބުންޑެސް ލީގާގެ ތާވަލުގެ ދެވަނައިގައެވެ.

ހެއިންކޭސް އަލުން އެނބުރި ކޯޗެއްގެ ގޮތުގައި އަންނާނެ ކަން ގާތްގަނޑަކަށް ކަށަވަރު ވެފައިވާއިރު 2013 ވަނަ އަހަރު ބަޔާންއަށް ތިން ތަށި ހޯދައި ދިނުމަށް ފަހު އޭނާ ބުނެފައިވަނީ އޭގެ ފަހުން އެއްވެސް ޓީމަކަށް ކޯޗުކޮށް ނުދޭނެ ކަމަށެވެ. ހެއިންކޭސް ވަނީ މީގެ އިތުރުން ބަޔާންގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑާއި އެޓްލެޓިކް ބިލްބާއޯގެ އިތުރުން ޕޯޗުގަލްގެ ބެނެފީކާއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު