Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެމިއަ ލީގު

ސައުތުހެމްޓަން އަތުން މޮޅުވެ އާސެނަލް ފަސްވަނައަށް

ލީގުގެ ހަތަރުވަނައަށް އަރަން އާސެނަލަށް ބޭނުންވަނީ ތިން ޕޮއިންޓް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 11 މެއި 2017 | ބުރާސްފަތި 03:22
ސައުތުހެމްޓަން ކޮޅަށް ލަނޑުޖެހުމަށްފަހު ޖިރޫޑް އުފާ ފާޅުކުރަނީ

ސައުތުހެމްޓަން ކޮޅަށް ލަނޑުޖެހުމަށްފަހު ޖިރޫޑް އުފާ ފާޅުކުރަނީ

ސައުތުހެމްޓަން އަތުން 0-2 ގެ ނަތީޖާއަކުން މޮޅުވެ އިނގިރޭސި ޕްރެމިއަ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރަން އާސެނަލުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ.

މި މޮޅާއެކު އާސެނަލަށް ލީގުގެ ފަސްވަނަ ލިބެނީ ކުރިން އެ މަގާމުގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް އެއް ޕޮއިންޓް އިތުރަށް ޖުމްލަ 66 ޕޮއިންޓާއެކުއެވެ. ލީގުގެ ހަތަރުވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައި ވަނީ އާސެނަލަށްވުރެ އިތުރަށް ތިން ޕޮއިންޓެވެ. މެޗުން ބަލިވި ސައުތުހެމްޓަން އޮތީ 42 ޕޮއިންޓާއެކު ލީގުގެ ދިހަ ވަނައިގައެވެ.

ސައުތުހެމްޓަންގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ދެލަނޑުވެސް ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފުގައެވެ.

މޮޅު ކުޅުމަކާއެކު އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސައުތުހެމްޓަނުން ދިޔައީ ފުރަތަމަ ހާފުގައި އާސެނަލްގެ ހާފަށް ބާރު ބޮޑުކޮށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް ފޮނުވާލަމުންނެވެ. އެގޮތުން އާސެނަލްގެ ޑިފެންސުން ދިޔައީ ސައުތުހެމްޓަންގެ ހަމަލާތައް ދިފާއު ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

މިހާފުގައި އާސެނަލްގެ އާރޮން ރަމްޒީ އާއި އޮކްސްލޭ ޗެމްބަލިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން އާސެނަލުން ވަނީ މޮޅު ކުޅުމަކާއެކު ސައުތުހެމްޓަންގެ ހާފަށް ބާރު ބޮޑު ކުރަން ފަށާފައެވެ. އެގޮތުން އެލެކްސިސް ސަންޗޭޒް އަދި ޑެނީ ވެލްބެކްގެ ފަރާތުން ފެނުނު މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.

މި މެޗުގައި އާސެނަލުން ޖެހި ފުރަތަމަ ގޯލު 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ މެސުތް އޮޒިލް ދިން ޕާހަކުން އިދިކޮޅު ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

މި ލަނޑާއެކު އާސެނަލުން ލީޑު ނަގައިގެން ކުޅެމުންދިޔަ އިރު، އެޓީމުން ވަނީ އިދިކޮޅު ހާފަށް ބާރުބޮޑުކޮށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ނަތީޖާއެއްގެ ގޮތުން އާރޮން ރަމްޒީ ތަނަވަސްކޮށްދިން ފުރުސަތަކުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އޮލިވިއެ ޖިރޫޑް ވަނީ 83 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މިލަނޑުތަކަށްފަހު ވެސް ދެޓީމަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުސަތު ލިބި ބޭނުންކުރެވޭ ގޮތް ނުވެފައެވެ.

ލީގުގައި އާސެނަލް ދެން އެންމެ އަވަހަށް މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ސްޓޯކް ސިޓީއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު