Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރިސޯޓު މުވައްޒަފުންގެ ޙާލަތު

ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ރިސޯޓަށް ދެވޭގޮތަށް ހަމަޖައްސައިފި

މޮނިޓަރިންގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ދާ މީހުންވެސް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2020 | ބުދަ 19:16
ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް: މަސައްކަތަށް ނިކުމެވެނީ 14 ދުވަސް އެކަހެރިވުމަށް ފަހު

ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް: މަސައްކަތަށް ނިކުމެވެނީ 14 ދުވަސް އެކަހެރިވުމަށް ފަހު

ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ސީދާ ރިސޯޓަށް ދެވޭނެގޮތް ހަމަޖައްސައިފިއެވެ.

ބުދަ ދުވަހުގެ ރޭ މިނިސްޓްރީ އޮފް ޓޫރިޒަމުން ނެރެފައިވާ ބަޔާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި، މޮނިޓަރިންގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް އެ ރިސޯޓަކަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށެވެ.

މޮނިޓަރިންގެ ހާލަތަށް ލެވިފައިވާ ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް އެ ރިޒޯޓެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ވުމަށްފަހު، ވަޒީފާއަށް ނުކުންނަން އެންމެ ރަނގަޅު ކަމަށްވެސް އެޗްޕީއޭއިން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ރަށްރަށުން ރިސޯޓްތަކަށްދާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭއަށް އެންގުމަށް އެ އެޖެންސީން އަންގާފައިވާތީ ރިޒޯޓްތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން 7223131 ނުވަތަsmu@tourism.gov.mvއަށް ފޮނުވުމަށްވެސް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު