Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޮޑެން އަށް ނަސޭހަތްތެރިވުން

އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ ޚިލާފުވުމުން ފޮޑެން އަށް ސިޓީން ނަސޭހަތްތެރިވަނީ

އާންމު ރައްޔިތުންތަކަކާއެކު ފޮޑެން ބޯޅަ ކުޅެމުންދިޔަ މަންޒަރުތަކެއް ވަނީ ދައުރުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ޖޫން 2020 | ބުދަ 08:14
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެން: އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ ވަނީ ޚިލާފުވެފައި

މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެން: އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ ވަނީ ޚިލާފުވެފައި

އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ ޚިލާފުވުމުން މިޑްފީލްޑަރު ފިލް ފޮޑެން އަށް ނަސޭހަތްތެރިވާން މެންޗެސްޓާ ސިޓީން ނިންމައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގު މިމަހުގެ 17 ވަނަ ދުވަހު ފަށަން ތާވަލު ކޮށްފައިވާއިރު، މީގެ ކުރިން ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ހުއްދަ ދީފައެވެ. އެކަމަކު ޓްރެއިނިންގ ސެންޓަރުގެ ބޭރުގައި އުޅޭއިރު، އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޕްރިމިއާ ލީގުގެ ހުރިހާ ކުޅުންތެރިންނަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

އެކަމަކު މިދިޔަ ހަފުތާ ބަންދުގައި ފޮޑެން އޭނާގެ އާއިލާ ކައިރިއަށް ޒިޔާރަތްކުރިއިރު، އަތިރިމަތީގައި ފޮޑެން އާންމު ރައްޔިތުންތަކަކާއެކު ބޯޅަ ކުޅެމުންދިޔަ މަންޒަރުތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެހެންކަމުން ސިޓީން ވަނީ ފޮޑެން އަށް ނަސޭހަތްތެރިވާން ނިންމާފައެވެ.

އުމުރުން 20 އަހަރުގެ ފޮޑެން އަށް ނަސޭހަތްތެރިވާން ސިޓީން ނިންމިއިރު، މީގެ ކުރިން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ލޮކްޑައުން ގަވާއިދުތަކާ ދެ ފަހަރެއްގެ މަތިން ޚިލާފުވުމުން އެ ޓީމުގެ ޑިފެންޑަރު ކައިލް ވޯކާ އަށް ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.

އެންމެ ފުރަތަމަ ލޮކްޑައުން ގަވާއިދާ ޚިލާފަށް ވޯކާ ޕާޓީއެއް ބޭއްވި މައްސަލަ ފެންމަތިވިއިރު، މިދިޔަ މެއި މަހުގެ ތެރޭގައި ވޯކާ ވަނީ ލޮކްޑައުން ގަވާއިދުތަކާ ޚިލާފަށް އޭނާގެ އާއިލާ ގާތަށް ޒިޔާރަތް ކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ސަޕޯޓަރުން ވޯކާ އަށް ފާޑު ކިޔުމުން، އުމުރުން 29 އަހަރުގެ ވޯކާ ވަނީ ސަޕޯޓަރުންގެ ކިބައިން އެކަމަށް މާފަށް އެދިފައެވެ.

އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ މީގެކުރިން ޚިލާފުވި ކުޅުންތެރިންނާއި ކޯޗުން:

އިތުރަށް ކިޔާލަން

21 މެއި 2022

ޕްރްމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ފޮޑެން

21 މެއި 2022
ޕްރްމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ފޮޑެން
07 ސެޕްޓެމްބަރު 2020

ގަވާއިދާ ޚިލާފުވުމުން އިންގްލެންޑްގެ ސްކޮޑުން ފޯޑެން އާއި ގްރީންވުޑް ބާކީކޮށްފި

07 ސެޕްޓެމްބަރު 2020
ގަވާއިދާ ޚިލާފުވުމުން އިންގްލެންޑްގެ ސްކޮޑުން ފޯޑެން އާއި ގްރީންވުޑް ބާކީކޮށްފި
08 އޯގަސްޓު 2020

އައިސޮލޭޝަން ގަވާއިދާ ޚިލާފުވުމުން ޒަވީ ޖޫރިމަނާކޮށްފި

08 އޯގަސްޓު 2020
އައިސޮލޭޝަން ގަވާއިދާ ޚިލާފުވުމުން ޒަވީ ޖޫރިމަނާކޮށްފި
21 މެއި 2020

ލޮކްޑައުން ގަވާއިދުތަކާ ޚިލާފުވުމުން ޖޯޑަން އައިބަށް ފިޔަވަޅު އަޅަނީ

21 މެއި 2020
ލޮކްޑައުން ގަވާއިދުތަކާ ޚިލާފުވުމުން ޖޯޑަން އައިބަށް ފިޔަވަޅު އަޅަނީ
20 މެއި 2020

ލޮކްޑައުން ގަވާއިދުތަކާ ތިންވަނަ ފަހަރަށް ޚިލާފުވުމުން އޯރިއޭގެ މައްސަލަ ބަލަނީ

20 މެއި 2020
ލޮކްޑައުން ގަވާއިދުތަކާ ތިންވަނަ ފަހަރަށް ޚިލާފުވުމުން އޯރިއޭގެ މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު