Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯޑެން އާއި ގްރީންވުޑް ބާކީކުރުން

ގަވާއިދާ ޚިލާފުވުމުން އިންގްލެންޑްގެ ސްކޮޑުން ފޯޑެން އާއި ގްރީންވުޑް ބާކީކޮށްފި

މި ދެ ކުޅުންތެރިން ވަނީ އައިސްލެންޑް މެޗުގައި އިންގްލެންޑްގެ ޖާޒީގައި ފުރަތަމަ ފަހަރަށް ކުޅެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ސެޕްޓެމްބަރު 2020 | ހޯމަ 13:33
މިޑްފީލްޑަރު ފިލް ފޯޑެން އާއި ފޯވާޑް މޭސަން ގްރީންވުޑް އިންގްލެންޑްގެ ފަރިތަކުރުންތަކުގައި

މިޑްފީލްޑަރު ފިލް ފޯޑެން އާއި ފޯވާޑް މޭސަން ގްރީންވުޑް އިންގްލެންޑްގެ ފަރިތަކުރުންތަކުގައި

އައިސްލެންޑްގެ ކަރަންޓީން ގަވާއިދުތަކާ ޚިލާފުވުމުން އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޯޑެން އާއި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑް ބާކީކޮށްފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އައިސްލެންޑް އަތުން 1-0 ން އިންގްލެންޑް މޮޅުވި މެޗުގައި ޒުވާން ދެ ތަރިން ކަމަށްވާ ފޯޑެން އާއި ގްރީންވުޑް ވަނީ އިންގްލެންޑްގެ ޖާޒީގައި ފުރަތަމަ ފަހަރަށް ކުޅެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އައިސްލެންޑްގައި ކުޅުނު މި މެޗަށްފަހު އެ ދެ ކުޅުންތެރިން ވަނީ ކަރަންޓީން އުސޫލުތަކާ ޚިލާފުވެފައެވެ. އެއާއެކު އިނގިރޭސި އެފްއޭއިން އަންނަނީ އެ ދެ ކުޅުންތެރިންގެ މައްސަލަ ބަލަމުންނެވެ.

ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ ކޮވިޑް-19 އާ ގުޅިގެން އައިސްލެންޑުން އެކުލަވާލާފައިވާ ކަރަންޓީން އުސޫލުތަކާ ޚިލާފަށް ފޯޑެން އާއި ގްރީންވުޑް އަމަލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ދެ ކުޅުންތެރިން ގަވާއިދުތަކާ ޚިލާފަށް ކުރި ވަކިކަމެއް ހާމަކޮށްފައެއް ނުވެއެވެ. ސައުތުގޭޓް ބުނީ ގަވާއިދުތަކާ ޚިލާފުވުމުން އެ ދެ ކުޅުންތެރިން މިހާރު އިންގްލެންޑްގެ ސްކޮޑުން ބާކީކޮށްފައިވާ ކަމަށާއި، އެހެންކަމުން އެ ދެ ކުޅުންތެރިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކުގެ ދަށުން އެނބުރި އިންގްލެންޑަށް ދާނެ ކަމަށެވެ. އެކަމަކު މި މައްސަލައިގައި އެ ކުޅުންތެރިން މާފަށް އެދެފައިވާ ކަމަށްވެސް ސައުތުގޭޓް ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންގްލެންޑްގެ ސްކޮޑުން ފޯޑެން އާއި ގްރީންވުޑް ބާކީކުރިއިރު، އިނގިރޭސި އެފްއޭއިން އިތުރަށް މި މައްސަލަ ބެލުމަށްފަހު އެ ދެ ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެއެވެ.

އިންގްލެންޑްގެ ސްކޮޑުން ފޯޑެން އާއި ގްރީންވުޑް ބާކީކުރިއިރު، މީގެ ކުރިން ނޭޝަންސް ލީގު ފެށުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ. އެފަހަރު މެގުއާ ސްކޮޑުން ބާކީކުރީ ގްރީސްގެ ޖަޒީރާ ރަށެއް ކަމަށްވާ މައިކޯނޯސްގައި ޗުއްޓީ ހޭދަކުރިއިރު ހިނގާދިޔަ މާރާމާރީއާ ގުޅިގެން މެގުއާއާ ދެކޮޅަށް ކުރި ދައުވާ، އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

ނޭޝަންސް ލީގު އިންގްލެންޑް ވާދަކުރަމުން އަންނައިރު، އެޓީމުން ދެން މެޗެއް ކުޅޭނީ އަންގާރަ ދުވަހުގެރޭއެވެ. އެރޭ އިންގްލެންޑް ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2018

ވާރލްޑް ކަޕްގެ ސްކޮޑުން ބާކީކުރުމާއި ވިދިގެން ސާނޭގެ ބަސް

05 ޖޫން 2018
ވާރލްޑް ކަޕްގެ ސްކޮޑުން ބާކީކުރުމާއި ވިދިގެން ސާނޭގެ ބަސް
05 ޖޫން 2018

ޖަރުމަނުގެ ސްކޮޑުން ސާނޭއަށް ފުރުސަތެއް ނެތް

05 ޖޫން 2018
ޖަރުމަނުގެ ސްކޮޑުން ސާނޭއަށް ފުރުސަތެއް ނެތް
22 މެއި 2018

ނައިންގޮލަންއަށް ބެލްޖިއަމްގެ ސްކޮޑުން ފުރުސަތެއް ނެތް

22 މެއި 2018
ނައިންގޮލަންއަށް ބެލްޖިއަމްގެ ސްކޮޑުން ފުރުސަތެއް ނެތް
07 ނޮވެމްބަރު 2017

އިނގިރޭސި ގައުމީ ސްކޮޑުން ހެރީ ކޭން އަދި ހެރީ ވިންކްސް ބާކީކޮށްފި

07 ނޮވެމްބަރު 2017
އިނގިރޭސި ގައުމީ ސްކޮޑުން ހެރީ ކޭން އަދި ހެރީ ވިންކްސް ބާކީކޮށްފި
05 ނޮވެމްބަރު 2017

އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި

05 ނޮވެމްބަރު 2017
އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި
03 ނޮވެމްބަރު 2017

ޕޯޗުގަލްގެ ސްކޮޑުން ރޮނާލްޑޯ ބަކީކުރިއިރު މިފަހަރުވެސް އާޖެންޓީނާއިން ހިގުއައިން ބާކީ ކޮށްފި

03 ނޮވެމްބަރު 2017
ޕޯޗުގަލްގެ ސްކޮޑުން ރޮނާލްޑޯ ބަކީކުރިއިރު މިފަހަރުވެސް އާޖެންޓީނާއިން ހިގުއައިން ބާކީ ކޮށްފި
03 އޮކްޓޯބަރު 2017

ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި

03 އޮކްޓޯބަރު 2017
ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި
18 އޯގަސްޓު 2017

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

18 އޯގަސްޓު 2017
މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި
15 އޯގަސްޓު 2017

ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

15 އޯގަސްޓު 2017
ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި
16 މެއި 2017

ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

16 މެއި 2017
ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު