Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ގަވާއިދާ ޚިލާފުވުމުން ކައިލް ވޯކާއަށް ފިޔަވަޅު އަޅަނީ

ވޯކާ ވަނީ އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް ޕާޓީއެއް ބާއްވާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 އެޕްރީލު 2020 | ހޯމަ 11:11
މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ޕާޓީއެއް ބޭއްވުމުން އޭނާއަށް ފިޔަވަޅު އަޅަން އެ ކްލަބުން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑް ވަނީ ލޮކްޑައުން ކޮށްފައެވެ. އެގައުމުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް ވޯކާ ޕާޓީއެއް ބޭއްވުމުން، ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެއާއެކު ވޯކާ ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.

އެކަމަކު ސިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ދަނޑިވަޅުގައި ވޯކާގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ކުޅުންތެރިން ނަމޫނާ ދައްކަން ޖެހޭނެ ކަމަށާއި، އެހެންކަމުން ވޯކާގެ މައްސަލަ ބަލައި އޭނާއަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ވޯކާއަށް ފިޔަވަޅު އަޅަން ސިޓީން ނިންމިއިރު، މީގެ ކުރިން ހޯމް-އައިސޮލޭޝަން (ކަރަންޓީން) ގަވައިދާ ޚިލާފުވުމުން ޗެލްސީން ވަނީ އެޓީމުގެ މޭސަން މައުންޓަށް ނަސޭހަތްތެރި ވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

އިންގްލެންޑުން މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި، އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަދި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އެވެ. މީގެ ތެރެއިން ކަލުމް ހަޑްސަން-އޮޑޯއި ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2019

ޑޯޕިންގ މައްސަލައިގައި ވާޑާއިން ރަޝިއާއަށް ފިޔަވަޅު އަޅައިފި، ބޮޑެތި މުބާރާތްތައް ނުކުޅެވޭނެ

09 ޑިސެމްބަރު 2019
ޑޯޕިންގ މައްސަލައިގައި ވާޑާއިން ރަޝިއާއަށް ފިޔަވަޅު އަޅައިފި، ބޮޑެތި މުބާރާތްތައް ނުކުޅެވޭނެ
16 އޮކްޓޯބަރު 2018

ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!

16 އޮކްޓޯބަރު 2018
ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!
28 އެޕްރީލު 2018

އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި

28 އެޕްރީލު 2018
އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި
12 އެޕްރީލު 2018

ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ

12 އެޕްރީލު 2018
ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ
01 އެޕްރީލު 2018

ޕްރިމިއާ ލީގު: ތަށި ކާމިޔާބުކުރުމާއި އެއް ފިޔަވަޅު ގާތަށް ސިޓީ ޖެހިލައިފި

01 އެޕްރީލު 2018
ޕްރިމިއާ ލީގު: ތަށި ކާމިޔާބުކުރުމާއި އެއް ފިޔަވަޅު ގާތަށް ސިޓީ ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު