Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުގައި ވަސީލަތް ނެތުން

ނިއު ބޯރން އަދި ޕްރިމެޗުއަރ ކުދިންނަށް ފަރުވާދޭ ޔުނިޓުގައި ބޭނުންވާ ވަރަށް ވަޞީލަތްތައް ނެތް: ކުޅުދުއްފުށީ ހޮސްޕިޓަލް

3 ޖޫން 2020 | ބުދަ 04:03

ހޮސްޕިޓަލުގެ ވެއިޓިން ކެޕޭސިޓީގެ ދަތިތަކާއި، ޖާގައިގެ ދަތިކަން އެބަހުރި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 3 ޖޫން 2020 | ބުދަ 04:03
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލުގެ ވެއިޓިން ކެޕޭސިޓީގެ ދަތިތަކާއި، ޖާގައިގެ ދަތިކަން އެބަހުރިކަމަށާއި ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ)ގައި ބޭނުންވާ ވަރަށް ވަޞީލަތްތައް ނެތްކަމަށް ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުން ބުނެފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއަށް ދިމާވާދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ ރައްޔިތުން މަޖިލީހުގެ 2 މެންބަރުންނާއި، އެ ސިޓީގެ ކައުންސިލް މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިންނާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

އޮންލައިންކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ހޮސްޕިޓަލުގެ އިސްވެރިން ވަނީ އެބޭފުޅުންނަށް ދިމާވާ ދަތިތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން ބައެއް މުހިންމު މަޝްރޫޢުތައް ހުއްޓިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ހޮސްޕިޓަލުގެ ވެއިޓިން ކެޕޭސިޓީގެ ދަތިތަކާއި، ޖާގައިގެ ދަތިކަން ފާޅުކުރައްވާފައިވެއެވެ. އަދި ދުވަސްނުފުރި ވިހާ ކުދިންނަށް ފަރުވާ ދިނުމަށާއި އަލަށް ވިހާ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންއައިސީޔޫގައި ބޭނުންވާވަރަށް ވަޞީލަތްތައް ނެތްކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފައިވާއިރު، މިނިސްޓަރ ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމަށާއި ކޯވިޑް-19 އާ ގުޅިގެން ހުއްޓިފައިވާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޞިއްޙީ ދާއިރާއަށް ކުރިމަތިވާ ފައިސާގެ ދަތިތައް ޙައްލުކުރުމަށް މިނިސްޓަރ އޮފް ފައިނޭންސް މަޝްވަރާ ކުރައްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެސިޓީގެ އެކި ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުން އެދިވަޑައިގެންފައިވާއިރު، ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޖޫން 2017

ވީނިއުސްގައި ޝާއިޢުކުރި ހަބަރަކާ ގުޅިގެން ރިފާއު ޕޮލިހަށް ހާޒިރުކުރަނީ

09 ޖޫން 2017
ވީނިއުސްގައި ޝާއިޢުކުރި ހަބަރަކާ ގުޅިގެން ރިފާއު ޕޮލިހަށް ހާޒިރުކުރަނީ
31 މެއި 2017

ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ

31 މެއި 2017
ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ
30 މެއި 2017

ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

30 މެއި 2017
ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
17 މެއި 2017

ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި

17 މެއި 2017
ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި
30 އެޕްރީލު 2017

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި

30 އެޕްރީލު 2017
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި
14 އެޕްރީލު 2017

ފ އަތޮޅާ ގުޅޭ ގޮތުން ނިއު ޔޯކް ޓައިމްސްއަށް ސަރުކާރުން ރައްދުދީފި

14 އެޕްރީލު 2017
ފ އަތޮޅާ ގުޅޭ ގޮތުން ނިއު ޔޯކް ޓައިމްސްއަށް ސަރުކާރުން ރައްދުދީފި
29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް