Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަނޑުމަތީގެ ހާދިސާ

ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ބައެއް މީހުންގެ ހާލު ސީރިއަސް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 30 މެއި 2017 | އަންގާރަ 23:44
އަނިޔާވެގެން މާލެ ގެނައި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސް މަޑުކޮށްލައިގެން

އަނިޔާވެގެން މާލެ ގެނައި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސް މަޑުކޮށްލައިގެން

ދެ އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ އެކްސިޑެންޓް ވެފައިވަނީ ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި އުޅަނދެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދަކާ ޖެހިކަމުގެން ކަމަށެވެ.

Advertisement - newsAdvertisement

މި ހާދިސާގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ގާތްގަނޑަކަށް 15 ވަރަކަށް މީހުން ޒަހަމްވެފައިވާއިރު، ބައެއް މީހުން ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވެ އެވެ. އެންމެންވެސް މާލެ ގެނެސް، ހޮސްޕިޓަލުގައި ގެންދަނީ ފަރުވާދަމުންނެވެ.

އަނިޔާވި އެންމެންނަކީ ވެސް ސަމާ އައިލެންޑްގެ މުވައްޒަފުންކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހާލަތު ސީރިއަސް ކަމަށް ވެސް ވަނީ މައުލުމާތު ލިބިފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވީ، ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އެގޮތުން ތިން މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް އަފްއާލް ވިދާޅުވި އެވެ. އޭގެއިތުރުން އިމެޖެންސީގައި ހަތަރު މީހަކަށް އަދި އޮބްޒަވޭޝަމްގައި ހަތް މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ދެ ބިދޭސީންވެސް ހިމެނޭކަމަށް އަފްއާލް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވިގޮތުގައި އައިސީޔޫގައި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން އެކަކެއްގެ ހާލު ވަރަށް ސީރިއަސް އެވެ.

އަނިޔާވި މީހުން ސަލާމަތްކުރަން އެ ސަރަހައްދަށް ފުރަތަމަ ދިޔަ ލޯންޗްގެ ކްރޫއަކު ބުނި ގޮތުގައި، ސަމާ އައިލެންޑްގެ ލޯންޗް އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފަ އެވެ. އެ ހާދިސާގައި، ލޯންޗްގައި ތިބި އެންމެންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެކެއްގެ ކޮނޑުހުޅު ނެތްޓިފައިވާ ކަމަށް އޭނާ ބުންޏެވެ. ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ސަމާ އައިލެންޑް ރިސޯޓްގެ ލޯންޗް ގޮސް ޖެހުނު ދޯނީގެ ލައިޓް ހުރީ ނުދިއްލަ އެވެ. އެހެންވެ، ރީތި ރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އެ ދޯނި، ލޯންޗުގެ ކެޕްޓަނަށް ނުފެނުމުގެ ސަބަބުން ގޮސް އޭގައި ޖެހި އެކްސިޑެންޓް ހިނގީ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.

މި އެކްސިޑެންޓްގެ މައްސަލަ މިހާރު ދަނީ ފުލުހުން ތަހްގީގު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު