Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ. އަތޮޅު ވިއްކާލުން

ފ އަތޮޅާ ގުޅޭ ގޮތުން ނިއު ޔޯކް ޓައިމްސްއަށް ސަރުކާރުން ރައްދުދީފި

ސަރުކާރުން ވަނީ 10 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރާނެ ކަަމަށް ބުނެފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2017 | ހުކުރު 04:28
ސަރުކާރުން ފ. އަތޮޅު ވިއްކާލަން އުޅެނީ ކަމަށް ބުނެ، މާޗް މަހު އެއަތޮޅު ބިލެތްދޫގައި މުޒާހަރާ ކުރަނީ.

ސަރުކާރުން ފ. އަތޮޅު ވިއްކާލަން އުޅެނީ ކަމަށް ބުނެ، މާޗް މަހު އެއަތޮޅު ބިލެތްދޫގައި މުޒާހަރާ ކުރަނީ.

ސައުދީ އަރަބިއްޔާއިން ރާއްޖޭގައި 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ލިޔުމަކާ ގުޅިގެން ދިވެހި ސަރުކާރުން ރައްދުދީފި އެވެ.

އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އަހުމަދު ސަރީރު ނިއުޔޯކް ޓައިމްސް އަށް ރައްދު ދީ ވަނީ ލިޔުމެއް ފޮނުވާފަ އެވެ. އެ ލިޔުން އެ ނޫހުންވަނީ، ޝާއިއު ކޮށްފަ އެވެ.

Advertisement - newsAdvertisement

އަހުމަދު ސަރީރު ފޮނުވާފައިވާ ރައްދުގައި ބުނެފައިވަނީ " އިންހެބިޓެންސް އޮފް މޯލްޑިވްސް އެޓޯލް ފިޔަރ 10 މިލިއަން ޑޮލަރ ސައުދީ އިންވެސްޓްމެންޓް"ގެ ނަމުގައި ނިއުޔޯކް ޓައިމްސްގައި މިދިއަ މަރޗު މަހުގައި ލިޔެފައިވާ ލިޔުމަކީ، ހަގީގާތަކާ ހިލާފު މައުލޫމާތު ހިމެނޭ، އޮޅުން އަރާގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ. ފ އަތޮޅަށް ކުރާ އިންވެސްޓްމެންޓަކީ ސަރުކާރުން ސިއްރުކޮށްފައިވާ އިންވެސްޓްމެންޓެއް ނޫން ކަމަށާއި އެކަމާ ގުޅޭ އެންމެ ފުރަތަމަ ސްޓޭޖުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރީރު ފޮނުވި ލިޔުމުގައި ބުނެ އެވެ.

ސަރީރު މިހެން ވިދާޅުވި ނަމަވެސް، އެ މަޝްރޫއުގެެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނެތެވެ.

ސަރީރު ފޮނުވާފައިވާ ލިޔުމުގައި އިތުރަށް ވިދާޅުވެފައި ވަނީ، ނިއުޔޯކް ޓައިމްސްގައި މާޗް 26، 2017 ގައި ޝާއިޢުކުރި ލިޔުމުގައި، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ތަރައްގީ ބޭނުންވާ މުހިއްމުކަން ހާމަކޮށްފައިނުވާ ކަމަށެވެ،

ރާއްޖޭއަކީ ހަމައެކަނި ރީތި ގޮނޑުދޮށްތަކެއް އޮތް ގައުމެއް ނޫން ކަމަށާއި މިއީ ހަތަރު ލައްކަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ގައުމެއް ކަމަށާއި އެހެންވެ، ރައްޔިތުންނަށް ދިރިއުޅުމުގެ ފުރިހަމަ ނިޒާމެއްގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް ސަރީރުގެ ރައްދުގައި ވިދާޅުވެފައިވެ އެވެ.

ކުދި ރަށްތަކުން ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރުމުގެ އެއްވެސް އަމަލެއް ސަރުކާރުން ހިންގާފައިނުވާ ކަމަށާއި، ރައްޔިތުން އެހެން ރަށްރަށަށް ބަދަލުވަނީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ އަމިއްލަ ބޭނުން ވެގެން ނުވަތަ މަޖުބޫރުން ނޫންކަމަށް ސަރީރުގެ ލިޔުމުގައި ބުނެ އެވެ. އެހެން ނަމަވެސް އެއްފަސްވުމަކީ ސަރުކާރުން ރައްޔިތުންނަށް ރަގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އަޅާ ކަމެއް ކަމަށް ސަރީރު ނިއުޔޯކް ޓައިމްސްއަށް ފޮނުވާފައިވާ ލިޔުމުގައިވެ އެވެ.

ކޮންމެ ގައުމެއް އެގައުމެއްގެ ރައްޔިތުންނަށް އެންމެ އެކަށޭނަ ތަރައްގީވެފައިވާ ދިރިއުޅުމެއް ހޯދާދިނުމުގެ ފުރުސަތު ބޭނުންވާނެ ކަމަށާއި ރާއްޖެއަށް އަންނަ ހުރިހާ އިންވެސްޓްމެންޓަކީ، ގާނޫނުއަސާސީއާ އެއްގޮތަށް ކުރިއަށްގެންދާ އިންވެސްޓްމެންޓްގެ ފުރުސަތުތައް ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެ އެވެ.

ސައުދީން ފާފު އަތޮޅަށް ކުރާ އިންވެސްޓްމެންޓުގައިވެސް އެހެން އާއްމުކޮށްކުރާ އިންވެސްޓްމެންޓާ ތަފާތުތަކެއް ނުހުންނާނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.

ނިއުޔޯކް ޓައިމްސް އިން ޝާއިއުކޮށްފައިވާ އަރޓިކަލްގައި ވަނީ ސަރުކާރުން ސައުދީ އިންވެސްޓް ފެށުމުގެ މަސައްކަތް ފާފު އަތޮޅުގައި ފަށާ އިރު އެކަމާ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ.

އެގޮތުން އެމީހުން ދިރިއުޅޭ ރަށުން ބޭރުވަން ޖެހިދާނެތީ ރަށްރަށުގެ ރައްޔިތުން ކަންބޮޑުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ސައުދީ ޝާހީ އައިލާއިން ފާފު އަތޮޅުގައި އިންވެސްޓްކުރުމާއި ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ދެކެވިފައިވާ އިރު މަޖިލީސް މެންބަރު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ކަމަށް ބެލެވޭ މީހަރުގެ އޯޑިއޯގައި ވަނީ ފާފު އަތޮޅު އޮތް ޖޯގްރަފިކް ލޮކޭޝަން ފެނިވަޑައިގަތުމުން ވަލީއަޚުދު ނިންމެވީ އެ ސަރަހައްދު ތަރައްގީ ކުރުމަށް ކަމަށެވެ. ނަމަވެސް، 99 އަހަރަށް އެތަން ބޭނުންފުޅުނުވާ ކަމަށާއި ވަލީއަޚުދު ބޭނުންފުޅުވަނީ ވާރުތަވާ މުދަލެއްގެ ގޮތުގައި އެތަން ބޭއްވުމަށް ކަމަށް ވެސް ނިހާނު ވިދާޅުވެފައިވެ އެވެ.

ގާނޫނު އަސާސީ ބަދަލުކޮށް ކުރި ކަންތައް ނުވަތަ ޖެހި މަޅި ރައްޔިތުންނަށް ނޭނގޭނެ ކަމަށާއި ރައްޔިތުންނަށް މިވީގޮތް އެނގޭނީ މިލްކުކުރަނީ ފ. އަތޮޅުކަން އެނގޭ ދުވަހަކުން ކަމަށެވެ. އެ ސަރަހައްދުގެ ފަޅުތައް ސައުދީ ޝާޚީ އާއިލާގެ އަމިއްލަ ޚަރަދުގައި ހިއްކާނެ ކަމަށެވެ. އަދި 30 އިންސައްތަ ދިވެހިންނަށްދީ ބާކީ 70 އިންސައްތަ މިލްކުކުރާނެ ކަމަށް ނިހާނު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު