Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ނައިފަރު ދާއިރާގެ މެންބަރ ޝިޔާމްގެ ނަން އިއްވުމުން މަޖިލީހުގެ ތަޅުން ހޫނު ވެއްޖެ

ދަންވަރު ޖަލްސާ ބާއްވަން ޖެހުނީތީ މަޖިލީހުގެ ރައީސް މަޢާފަށް އެދިވަޑައިގެންނެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖޫން 2020 | ހޯމަ 20:44
މަޖިލީހުގެ ޖަލްސާގެ ތެރެއިން

މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމްގެ ނަން އިއްވުމާއެކު މަޖިލީހުގެ ތަޅުން ހޫނުވެއްޖެ އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ޤާނޫނު އަސާސީ އިސްލާހުކުރުމަށް އެޖެންޑާ ކޮށްފައިވާއިރު އެޖަލްސާ ކުރިޔަށް ގެންދިޔުމަށް އެޖެންޑާކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30 ގައެވެ. އެއާއެކު ޖަލްސާ ފައްޓަވަމުން, ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާ ދަންވަރު ގަޑީގައި ބާއްވަން ޖެހިވަޑައިގަތީ އެނޫން ގޮތެއް ނެތުމުން ކަމަށެވެ. ރިޔާސަތުން އަންގާ އެންގުމުގެ ދަށުން މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މިވާހަކަފުޅު ދައްކަވަން ފެއްޓެވުމުން ޝިޔާމް ވަނީ އަޑުގަދަ ކުރައްވާފަ އެވެ. އެގޮތުން ޤާނޫނު އަސާސީއާ ޚިލާފަށް ހިނގާ ޖަލްސާއެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. އެއާއެކު ރައީސް ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުންނަވަން އެދިވަޑައިގަންފަ އެވެ.

އެއާއެކު ތަޅުން ހޫނުވެގެން ދިޔަ އެވެ. އަދި މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަކު ކޮއްޕަވާލައްވާ އަޑުގަދަ ކުރައްވަމުން ގެންދެވި މަންޒަރު ވަނީ ފެނިފަ އެވެ. ގާތްގަޑަކަށް 7 މިނެޓް ވަންދެން މަޖިލީހުގެ ތަޅުން ހޫނުވެ ދިޔުމަށްފަހު ޖލްސާ އަނެއްކާވެސް ވަނީ ފަށާފަ އެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު