Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުންތެރިންގެ މުސާރަ ކުޑަކުރުން

ސީޒަން ނިމެންދެން މުސާރަ ކުޑަކުރަން ބަޔާންގެ ކުޅުންތެރިން އެއްބަސްވެއްޖެ

31 މެއި 2020 | އާދީއްތަ 20:01

މީގެ ކުރިން އޭޕްރީލް މަހު ބަޔާންގެ ކުޅުންތެރިން ވަނީ މުސާރަ އިން 20 އިންސައްތަ އުނިކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 މެއި 2020 | އާދީއްތަ 20:01
ބަޔާން މިއުނިކްގެ ކުޅުންތެރިން: ސީޒަން ނިމެންދެން މުސާރަ ކުޑަކުރަން ވަނީ އެއްބަސްވެފައި

ބަޔާން މިއުނިކްގެ ކުޅުންތެރިން: ސީޒަން ނިމެންދެން މުސާރަ ކުޑަކުރަން ވަނީ އެއްބަސްވެފައި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް، މި ސީޒަން ނިމެންދެން މުސާރަ ކުޑަކުރަން ޖަރުމަންގެ ބަޔާން މިއުނިކްގެ ކުޅުންތެރިން އެއްބަސްވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އެކި ކްލަބުތަކަށް މާލީ ގޮތުން ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކޮވިޑް-19 އާ ގުޅިގެން މާޗު މަހު ޖަރުމަން ލީގު މެދުކަނޑާލިއިރު، މެއި މަހުގެ 16 ވަނަ ދުވަހު ޖަރުމަން ލީގުގެ ކުޅުން ވަނީ އަލުން ފަށާފައެވެ. އެކަމަކު މެޗުތައް ކުރިއަށްދަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައެވެ.

މީގެ ކުރިން ޖަރުމަންގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ބަޔާން މިޔުނިކުން ވަނީ އޭޕްރީލް މަހުގެ ތެރޭގައި އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި ދާދި ފަހުން ވަނީ މި ސީޒަން ނިމެންދެން ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރާ ކުޑަކުރަން ނިންމިކަން ހާމަކޮށްފައެވެ. އެކަމަކު މިފަހަރު މުސާރަ ކުޑަކުރި ވަކި އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

ޖަރުމަން ލީގުގެ ކުޅުން އަލުން ފަށާފައިވާއިރު، ބަޔާން އޮތީ ލީގުގެ އެއްވަނައިގައި 7 ޕޮއިންޓުގެ ލީޑަކާއެކު އެވެ. އެޓީމަށް ވަނީ ކުޅުނު 29 މެޗުން 67 ޕޮއިންޓު ލިބިފައެވެ.

ޖަރުމަން ލީގުގެ ކުޅުން ޖޫން މަހުގެ 27 ވަނަ ދުވަހު ނިމެން އޮތް ނަމަވެސް، ޖަރުމަން ކަޕްގެ ފައިނަލް މެޗު ވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގު ވެސް މެދުކަނޑާލާފައިވާއިރު، އޮގަސްޓް މަހު ޗެމްޕިއަންސް ލީގު އަލުން ފަށަން ޔުއެފާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބައެއް މެޗުތައް މީގެ ކުރިން ކުޅެފައިވާއިރު، ބަޔާން ވަނީ ފުރަތަމަ ލެގުގައި ޗެލްސީން އަތުން 3-0 ން މޮޅުވެފައެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
29 އެޕްރީލު 2017

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް