Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީދާ ހަރަކާތަށް

ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ތިން ޕާޓީން ނިންމައިފި

6 އެޕްރީލު 2017 | ބުރާސްފަތި 22:46

ސީދާ ހަރަކާތަށް ނުކުތުމަށް ފާސްކުރީ، ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 6 އެޕްރީލު 2017 | ބުރާސްފަތި 22:46
ފުލުހުން ޖުމްހޫރީ ޕާޓީގެ އޮފީސް ކައިރީގައި ޝީލްޑާއެކު

ފުލުހުން ޖުމްހޫރީ ޕާޓީގެ އޮފީސް ކައިރީގައި ޝީލްޑާއެކު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބާރާހިމް ހައްޔަރުކުރުމުން ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި ޖޭޕީ އަދާލަތު ޕާޓީން ބުރާސްފަތި ދުވަހުގެ ރޭ ނިންމައިފި އެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް، ގައުމީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ހުށަހަޅުއްވި ގަރާރު ފާސްކުރީ ބައްދަލުވުމުގެ ބައިވެރީންގެ އިއްތިފާގު ވޯޓުންނެވެ. އެ ގަރާރުގައި ބުނެފައިވާ ގޮތުގައި ގާސިމް އިބްރާހިމްގެ މައްޗަށް ތުހްމަތުކޮށްފައިވަނީ އަސްލެއް ނެތް ކަންކަން ކަމަށާއި އެއީ ސިޔާސީ މަގުސަދެއްގައި ކުރި ހައްޔަރެއް ކަމަށެވެ.

Advertisement - newsAdvertisement

ގަރާރުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދައިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ ސީދާ ހަރަކާތުން ކަންކަން ކާމިޔާބު ކުރާނެ ކަމަށާެއި، ސިޔާސީ ހައްޔަރީންނާއި ވެރިން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

ގާރާރަށް ބަހުސް ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު، އިމްތިޔާޒް ފަހުމީ ވިދާޅުވީ، ގާސިމް އިބްރާހިމްގެ ހައްޔަރަކީ އެއްވެސް މީހެއް ގަބޫލު ކުރާނެ ހައްޔަރެއްކަމަށާއި، އެއްވެސް އަސާސެއްގެ މައްޗަށް ހިންގި ކަމެއް ނޫންކަމަށެެވެ.

މި ޖަލްސާގައި ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ، ފެނިގެން މި ދަނީ، ރައީސް ޔާމީނުގެ ވެރިކަން ނޭވާ ހޮޅިޔަށް އެޅޭ މަންޒަރުކަމަށެވެ. އަދި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ރައީސް ޔާމީން ބަލި ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އީސަ ވިދާޅުވީ، ސީދާހަރަކާތަށް މިހާރުވެސް ނުކުތުމަށް ތައްޔާރަށް ހުންނެވިކަމަށާއި، ގާސިމް އިބްރާހިމް އާއި އެކު ދޫނިދޫއަށް ދާން ތައްޔާރަށް ހުންނެވިކަމަށެވެ.

"އަޅުގަނޑު މި އައީ ގާސިމާއެކު ޖަލަށް ދާން ތައްޔާރުވެގެން. އަޅުގަނޑުގެ އާއިލާއށް ކުރަން ޖެހޭ ވަސިއްޔަތެއްކޮށް، ފޯނުގައި ހުރި، މުހިއްމު މައުލޫމާތު ރައްކާކޮށްފައި މިއައީ، އަޅުގަޑު އެއްވެސް ޖެހިލުމެއް ނުވޭ.ހަމަ ހަގީގަތުގައިވެސް. މި ވެރިކަން ބަދަލު ކުރަން ޖެހޭ. ރައްޔިތުންގެ ވެރިކަން މިއަދު ދިފާއުކުރަން ޖެހޭ" އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވިގޮތުގައި، ދުވަހަކުވެސް ހައްޔަރުވާން ތައްޔާރު ނުވާ ވަރަށް މިއަދު ހުރީ ހައްޔަރުވާން ތައްޔާރަށެވެ.

ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި ގާސިމާއި ސިޔާސީ ކުށްވެރިން މިނިވަންކޮށް ގައުމު އިސްލާހުކުރުމަށްޓަކައި ސީދާ ހަރަކާތަށް ނުކުތުމަށް ފާސްކުރީ އެ ޕާޓީގެ ހިންގާ ކޮމިޓީން ކަމަށެވެ.

އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވަނީ ސީދާ ހަރަކާތަށް ނުކުތުމާއި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށެވެ.

ޖޭޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާފަންނު ވިލާގައި ހުންނަވަނިކޮށް ގާސިމް އިބްރާޙިމް ހައްޔަރުކުރިއިރު، އާއިލާގެ ބޭފުޅަކާ ބައްދަލުކުރައްވަން ވެސް ފުރުސަތު ނުދެއްވާ ކަމަށެވެ. ގާސިމް ކުއްލި ގޮތަކަށް ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ، އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅައި އެ މަނިކުފާނާއި އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ގުޅިގެން ހިންގަމުންދާ ސިޔާސީ އިސްލާހީ މަސައްކަތަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

"މި ނާތަހުޒީބީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ޖޭޕީގެ ބަޔާނުގައިވެ އެވެ.

ގާސިމް ދޫކޮށްލުމަށް ޖޭޕީން ވަނީ ގޮވާލައިފަ އެވެ.

ޖޭޕީ އާއި އެމްޑީޕީން ސީދާ ހަރަކާތަށް ދިއުމަށް ނިންމާފައި ވަނިކޮށް، އަދާލަތު ޕާޓީން ވެސް ވަނީ ސާިދާ ހަރަކާތަށް ނުކުތުމަށް ނިންމައިފަ އެވެ. ގާސިމް ހައްޔަރު ކުރުމަކީ ފިނޑި އަމަލެއް ކަމަށާއި އޭނާ ހައްޔަރުކުރީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށެވެ.

ގާސިމް އިބްރާހިމް ހައްޔަރުމިކުރީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންގާރަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް