Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނުއަސާސީ އިސްލާހުކުރުން

ގާނޫނުއަސާސީ އިސްލާހު ކުރަން ގޮވާލި ޕީޕީއެމްގެ "ރާގު" ބަދަލުވެއްޖެ

ޕީޕީއެމުން ކުރިން ބުނެފައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރަން އެއްބާރުލުން ދޭނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 30 މެއި 2020 | ހޮނިހިރު 14:38
މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް - ގާނޫނުއަސާސީ އިސްލާހު ކުރެއްވުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި

މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް - ގާނޫނުއަސާސީ އިސްލާހު ކުރެއްވުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި

މިހާރު ތިބި ލޯކަލް ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލެވޭނީ، ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށް ބުނެ، އަޑުއުފުލި، އަދި އެނޫން ގޮތަކަށް އެކަން ކުރާނަމަ، ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ "ބަސްމަގު" ބަދަލުވެއްޖެ އެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާތީއާއި، އަދި ކޮވިޑް-19ގެ ސަބަބުން އައު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން، އިންތިހާބު ވަކި ތަރީހެއް ނެތްގޮތަށް ފަސްކުރަންޖެހި، އަދި ލޯކަލް ކައުންސިލްތަކަށް ދިމާވާނެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ޕީޕީއެމްގެ މެމްބަރުން ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ހާއްސަކޮށް، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެފައިވަނީ، މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުދައްމާލެވޭނީ ހަމައެކަނި ގާނޫނުއަސާސީ އިސްހުކޮށްގެން ކަމަށް ފެންނާތީ، އެކަން އެގޮތަށް ކުރެއްވުމަށް ތައީދުކުރައްވާކަމަށެވެ.

Advertisement - newsAdvertisement

ޝިޔާމު އެގޮތަށް ގޮވާލެއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްޞަ ބިލު 2020" (ލާމަރިކަޒީ ސަންސެޓް ބިލް) އަށް ބަހުސް ކުރައްވަމުންނެވެ. ޝިޔާމު ވިދާޅުވީ މިއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށާއި، މިމައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

ހަސަން ލަތީފް އެބިލް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން، ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާމެދު މަޖިލީހުގެ ގިނަ މެމްބަރުންގެ މެދުގައި ހިޔާތު ތަފާތުވެ، އެ ހިޔާލުތަފާތުން ނައްތާލުމުގެ ގޮތުން ނެވެ. ނަމަވެސް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި، ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލާމެދު ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުމުން، މަޖިލީހުންގެ މެމްބަރުންގެ މެދުގައި ވޯޓެއް ނަގައި ނިންމީ، މިކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށެވެ.

ސުޕްރީމް ކޯޓުގެ ލަފާ ހުކުރު ދުވަހު ދެއްވާފައިވާއިރު، ލަފާގައި ވިދާޅުވެފައިވަނީ، ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަކީ ރަނގަޅު ގޮތެއް ކަމަށެވެ. އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އަދި ގާނޫނު އަސާސީ އަށް އިސްލާހު ނުގެނެސް، ކައުންސިލަރުންގެ ދައުރު ދައްމާނުލެވޭނެ ކަމަށް ލަފާގައި ވެއެވެ. ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި މި މަގްސަދު ހާސިލުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަކީވެސް އެންމެ ރަނގަޅުގޮތެއް ކަމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގެ ރައުޔުގައި ވިދާޅުވެފައިވެއެވެ. އަދި އިންތިޤާލީ މުއްދަތުގައި މަގާމުގައި ދެމި ތިބޭ ކައުންސިލްތަކުގެ މެމްބަރުން މަގާމުގައި ދެމި ތިބޭއިރު އެ މެމްބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ޤާނޫނެއްގައި ކަނޑައެޅުމަށްވެސް ލަފާ ދެއްވާފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ލަފާ ލިބުމާއެކު، ހުކުރު ދުވަހުގެ ރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އެކަމަށް ބަހުސް ކުރައްވައި އަދި ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް، މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާކޮށް، ސުޕްރީމް ކޯޓުގެ ލަފަޔާއެއްގޮތަށް އެބިލަށް އިސްލާހު ހުށަހެޅި އެކޮމެޓީން ވަނީ އެބިލް ފާސްކޮށްފަ އެވެ.

ހުކުރުދުވަހުގެ ރޭގެ ޖަލްސާ ބާއްވާފައިވާއިރު އެޖަލްސާގެ މަސައްކަތް ނިންމާލެއްވިފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:30 އެހާކަންހާއިރު އެވެ. ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް ވަނީ ހޮނިހިރު ދުވަހު 11 ޖަހާއިރު ޖަލްސާއެއް ބާއްވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މި މަސައްކަތް އެޖެންޑާކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ހޮނިހިރު ދުވަހު، ބާއްވަން ނިންމި ޖަލްސާ މެންދުރުފަހު 2:00 އަށް ބަދަލުކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ވެއެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި، އަދި ހޮނިހިރު ދުވަހު ޖަލްސާ ކުރިއަށް ދިޔައިރު، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ވާހަކަތަކުން އެނގުނީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މިއަދުން މިއަދަށް ނިންމުމަށް އެ ފަރާތްތަކުން އެއްބާރުލުން ދެއްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް ދެއްވުމަށް އެމްޑީޕީން އެއްބަސްވާނަަމަ ކަމަށެވެ. މިފަދަ ގޮތަކަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ވެސް ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. އަދި މީގެއިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ނުބަލަން ވެސް އިދިކޮޅު މެމްބަރުން އެދިލައްވާފައިވާ ކަމަށް ވެސް އެމްޑީޕީގެ ބައެއްް މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ.

އެމްޑީޕީގެ މެމްބަރުންގެ އެވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމު ވިދާޅުވީ، މަޖިލީހުގެ ގަވާއިދާއި އަދި އުސޫލާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނަމަ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ އެއްބާރުލުން ލިބިލައްވާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނަނީ، ކޮމެޓީން ނިންމާ ރިޕޯޓެއް މަޖިލީހަށް ހުށަހެޅި ބަހުސް ކުރަންވާނީ، އެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށްޓައި، ސާފު ތިން ދުވަސް މަޖިލީހުގެ މެމްމަބަރުންނަށް ދިނުމަށްފަހުގަ ކަމަށެވެ. ނަމަވެސް އެމުއްދަތު އެއަށްވުރެ ކުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަޖިލީހުގެ ރައީސް، ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ މަޝްވަރާކުރުމަށްފަހު، އެކަން ކުރުމަކަށް ހުރަހެއް ނެތްކަމަށްވެސް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވެއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ގޮތްތަކާއި އަދި ބައެއް ބިލްތައް މިފަދަ ގޮތަކަށް އަވަސް ކޮށްފައިވާއިރު މިއީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިފަދަ ކަމެއްގައި ނުވަތަ ބިލެއް އަވަސް ކުރުމަށް ދެކޮޅު ހެދި ފުރަތަމަ ފަހަރު ކަމަށްވެއެެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މިމައްސަލަ އަވަސްކުރުމަށް މަޖިލީހުގެ ރައީސާއި އެމްޑީޕީން ބާރު އަޅަމުން ދަނީ ވަގުތު ކުޑަތަންވާތީ ކަމަށްވެ އެވެ. އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހު، ނުވަތަ އަންނަ ބުދަ ދުވަހަށް މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރުނިމި ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދިޔަނުދިނުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގު ކުރައްވަންޖެހިވަޑައިގަންނަވަ އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ތާއީދު ކުރެއްވުމަށްފަހު، އަދި އެއްބާރުލެއްވުން ދެއްވާނެ ކަމަށް ކުރިން ވިދާޅުވުމަށްފަހު، އިދިކޮޅު ޕީޕީއެމް-ޕީއެންސީން ދެކޮޅު ހެދުމާާއެކު، މަޖިލީހުގެ ރައީސް ނިންމަވާފައިވަނީ ޖޫން މަހުގެ އެއްވަނަ ދުވަހު ނުވަތަ އަންނަ ހޯމަ ދުވަހުގެ ރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރުމަށެވެ. މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހު މަޖިލީހުން ފާސްކުރައްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެމްޑީޕީއަށް ބޭނުންވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 65 މެމްބަރުންގެ އިތުރަށް އެންމެ މެމްބަރެއްގެ ވޯޓެވެ. މަޖިލީހުގައި 87 މެމްބަރުން ތިއްބަވަ އެވެ.

ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 5 މެމްބަރުން ތިއްބެވިނަމަވެސް، ޖުމްހޫރީ ޕާޓީން މިކަމުގައި މަސައްކަތްކުރަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީއާއެކު ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.

ސަރުކާރު ކޯލިޝަނުގައި އޮވެ، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން މަސައްކަތްކޮށްފައިވަނީ ވެސް ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއެކުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު