Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާ

ދެ މެންބަރުން މޮނިޓަރިންގ ހާލަތުގައި، ޖުމުލަ 7 މެންބަރުންނަށް ޖަލްސާއަށް ހާޒިރު ނުވެވޭ!

27 މެއި 2020 | ބުދަ 07:22

ދިރިއުޅޭ ގެ މޮނީޓަރިންގ ހާލަތުގައި ވާތީ 5 މެމްބަރުންނަށް ޖަލްސާއަށް ހާޒިރެއް ނުވެވުނު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 މެއި 2020 | ބުދަ 07:22
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން: އިއްޔެގެ ޖަލްސާއަށް 5 މެމްބަރުން އަދި މިއަދުގެ ޖަލްސާ 7 މެމްބަރުންނަށް ދިރިއުޅޭ ގެ މޮނީޓަރިންގ ހާލަތުގައިވާތީ ޖަލްސާއަށް ހާޒިރު ނުވެވޭ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން: އިއްޔެގެ ޖަލްސާއަށް 5 މެމްބަރުން އަދި މިއަދުގެ ޖަލްސާ 7 މެމްބަރުންނަށް ދިރިއުޅޭ ގެ މޮނީޓަރިންގ ހާލަތުގައިވާތީ ޖަލްސާއަށް ހާޒިރު ނުވެވޭ

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ނުވަތަ މޮނީޓަރިންގ ޙާލަތަށް ގެނެވިފައިވާ ގޭތަކުގައި އިތުރު ދެ މެންބަރުން ތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ފެށުމުގެ ގޮތުން، މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގެ ހާޟިރީ އިއްވަވާ ދެއްވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޖަލްސާ ފެށިއިރު، 29 މެންބަރުން ޖަލްސާއަށް ހާޟިރު ވެވަޑައިގަންނަވާ ފައިވާ ކަމަށެވެ. އަދި ކަރަންޓީން ނުވަތަ މޮނީޓަރިންގގެ ޙާލަތަށް ގެނެވިފައިވާ ގޭތަކުގައި 7 މެންބަރުން އެބަ ތިއްބެވި ކަމަށާއި އެ 7 މެންބަރުންނަށް އަންގާރަ ދުވަހުގެ ޖަލްސާއަށް ވަޑައި ނުގެންނެވޭ ކަމަށެވެ. އަދި 4 މެންބަރަކު ސަލާމުގައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާއަށް ކަރަންޓީން އަދި މޮނީޓަރިންގގެ ހާލަތުގައިވާ ގޭތަކުގައި 5 މެންބަރުން ތިއްބެވި އެވެ. އެހެންކަމުން ބުދަ ދުވަހުގެ ޖަލްސާއަށް ހާޟިރުނުވެވޭ މެންބަރުންގެ ޢަދަދު މިވަނީ 7ށް އަރާފަ އެވެ.

ކަރަންޓީން ނުވަތަ މޮނީޓަރިންގގެ ޙާލަތުގައިވާ ގޭގައި ތިއްބެވި 7 މެންބަރުންގެ ނަންފުޅުތަކެއް މަޖިލީހުގެ ރައީސް ވިދާޅުވެފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘް ކުރުމާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ލާމަރުކަޒީ ކޮމެޓީން ނިންނި ގޮތުގެ ރިޕޯޓެވެ.

މަޖިލީހުގައި ވަނީ މި ދެ ބިލާ ގުޅޭގޮތުން ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ.

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘް ކުރަން ފަށާފައިވަނީ އަންގާރަ ދުވަހުގެ ޖަލްސާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ބާއްވާފައި ވަނީ މާލެ ޞަރަޙައްދު ފުރަަބަންދު ކުރުމާ ގުޅިގެން މަޖިލީހުގެ އިދާރާގައި ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ. ކޮވިޑް-19 އާ ގުޅިގެން، ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބާއްވަމުން ގެންދިޔައީ ވެބް ކޮންފަރެންސް މެދުވެރިކޮށެވެ. މިއީ އެ މެންބަރަކު ބޭނުން ތަނެއްގައި ހުރެވަޑައިގެން އޮންލައިންގެ ޒަރީއާއިން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވަޑައިގެންނެވޭ ގޮތައް އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުންތަކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
11 ފެބުރުއަރީ 2017

ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް

11 ފެބުރުއަރީ 2017
ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް