Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިކަމުގެ ގަވާއިދު ނުހެދޭ މައްސަލަ

މަސްވެރިކަމުގެ ގަވާއިދުތައް ހެދުމަށް ވުރެ މުހިއްމުވީ އީޔޫގެ ރެކޮމެންޑޭޝަންގައިވާ ކަންކަން ނިންމުމަށް: ޒަހާ

މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަކީ ސަރުކާރުގެ ވެސް ވައުދެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 މެއި 2020 | އަންގާރަ 00:28
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމު ކޮށްފައިވާ ގިނަ ޤަވާއިދުތައް ހެދުމަށްވުރެ އިސްކަމެއްދިނީ މަސްވެރިކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދީފައިވާ ރެކޮމެންޑޭޝަންގެ މަސައްކަތްތައް ނިންމުމަށް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަމާއި ގުޅިގެން އީޔޫއިން ރެކޮމެންޑޭޝަންތަކެއް ދީފައިވާ ކަމަށެވެ. އަދި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލުމަށްވުރެ އެ މަސައްކަތް ނިންމުމަކީ މާ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމު ކޮށްފައިވާ ގިނަ ޤަވާއިދު ޤަވާއިދުތައް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ޤާނޫނުގައި ބުނެފައި ވެއެވެ.

ޒަހާ ވިދާޅުވީ އީޔޫގެ ރެކޮމެންޑޭޝަންގެ މަސައްކަތްތައް ނުނިންމައިފި ނަމަ ރާއްޖެއިން އެއްވެސް ވަރަކަށް މަހެއް އެކްސްޕޯޓު ނުކުރެވޭނެ ކަމަށެވެ. އަދި 'އެތެރޭގެ' ގަވާއިދުތަކެއް އެކުލަވާމުމަށްވުރެ މިވަގުތަށް މުހިއްމުވީ މަސްވެރިކަމުގެ ސިނާއަތަށް ކުރާނެ އަސަރުތަކުން ގައުމު 'ސަލާމަތް ކުރުމަށް' ކަމަށެވެ. ގަވާއިދު އެކުލެވޭނެ ތާރީހަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މިމަސް ނިމެންވާއިރަށް ގަވާއިދުތައް ހެދިގެންދާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމު ކޮށްފައިވާ ގިނަ ޤަވާއިދު ތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ނިންމިފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމެޓީން މިނިސްޓަރ ޒަހާ ވަހީދު މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ނިންމާފަ އެވެ.

މަސްވެރިކަމުގެ ޤާނޫނުން މިނިސްޓަރ ޒަހާ ވަހީދަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ޤަނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރެއްވުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން، މިއަދާ ހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކުރައްވާފައި ނުވާތީ، މިނިސްޓަރ ޒަހާ ވަހީދު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފުވެ ވަޑައިގަންނަވާފައިވާ ކަމަށް ކޮމެޓީގެ ނިންމުމުގައި ވެއެވެ.

އެމްޑީޕީގެ "އެޖެންޑާ 19"ގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނާފައި ވެއެވެ. އަދި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ވެސް މިކަންކަން ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު