Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލްގެ ހާލަތު

ކޮވިޑް-19 އާ ގުޅިގެން ބްރެޒިލްގެ ހާލަތު ގޯސްވެފައި ވަނިކޮށް ބޮލްސޮނާރޯ މުޒާހަރާގައި ބައިވެރިވެ ވަޑައިގެންފި

ބްރެޒިލް އަކީ މިވަގުތު ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 މެއި 2020 | ހޯމަ 11:25
ބްރެޒިލްގެ ރައީސް ރައީސް ޖައި ބޮލްސޮނާރޯ އަށް ތާޢީދުކުރާ ފަރާތްތަކުން ކުރިޔަށްގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެން

ބްރެޒިލްގެ ރައީސް ރައީސް ޖައި ބޮލްސޮނާރޯ އަށް ތާޢީދުކުރާ ފަރާތްތަކުން ކުރިޔަށްގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެން

ބްރެޒިލްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު އެގައުމުގެ ރައީސް ޖައި ބޮލްސޮނާރޯ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު އެމަނިކުފާނަށް ތާޢީދު ކުރާ ފަރާތްތަކުން ކުރިޔަށް ގެންދިޔަ މުޒާހަރާ އެއްގައި ބައިވެރިވެ ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ ސެކިޔުރިޓީ ގާޑުން މާސްކު އަޅައިގެން ތިބެ އެމަނިކުފާނު ގާޑު ކުރަމުން ދިޔައިރު ބޮލްސޮނާރޯ ހުންނެވީ މާސްކު ނާޅުއްވަ އެވެ. އެމަނިކުފާނުގެ ފޭސް ބުކް ޕޭޖުން އެ މުޒާހަރާ ލައިވް ކުރަމުން ދިޔައިރު ބްރެޒިލްގެ ދިދަ އާއި އެމަނިކުފާނަށް އަމާޒުކޮށް ލެޖެންޑޭ ގޮވަމުންދިޔަ މުޒާހަރާގެ ބައިވެރިންނަށް ހަނާ އަޅުއްވަމުން ބޮލްސޮނާރޯ ގެންދެވި އެވެ. މުޒާހަރާ އާއި ގުޅިވަޑައިގެން އެކަމަށް ހިތްވަރު ދެއްވަމުން ގެންދެވި އިރު ބްރެޒިލް އަކީ މިވަގުތު ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އަންނަ ގައުމެވެ.

ފާއިތުވި ހަފުތާތަކުގައި ބްރެޒިލްގައި ކުރިޔަށް ގެންދިޔަ މިފަދަ އެތައް ހަރަކާތަކަކަށް ބޮލްސޮނާރޯ ވަނީ ހިތްވަރު ދެއްވާފަ އެވެ. އަދި އަމަލީ ގޮތުން އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ބްރެޒިލްގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން ދާއިރު ބޮލްސޮނާރާ އަށް ވާގިވެރިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިހާރު ވަނީ ފާއިތުވި ދުވަސްތަކުގައި ބްރެޒިލް އަށް ގޮސްފައިވާ އެއްވެސް މީހަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފަ އެވެ.

ހޮނިހިރު ދުވަހު އެގައުމުގައި އަލަށް 16508 މީހަކަށް ވައިރަސް ޖެހިފައިވެ އެވެ. އަދި އެދުވަހު އެކަނިވެސް 965 މީހުން ވަނީ މަރުވެފަ އެވެ.

މުޒާހަރާގައި ބައިވެރިވެ ވަޑައިގެން ބޮލްސޮނާރޯ ގެންދެވީ ފޮޓޯ ނަންގަވަމުން މުޒާހަރާގެ ބައިވެރިންނާއި ސަލާމް ވެސް ކުރައްވަމުންނެވެ. ހަލުވިކަމާއެކު ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރަން ޖެހޭ ހުރިހާ ކަމަކާ ދިމާ އިދިކޮޅަށް ބޮލްސޮނާރޯ ކަންކަން ކުރައްވަމުން ގެންދެވި އިރު ކުރިޔަށް އޮތްތަނުގައި ވެސް ބޮލްސޮނާރޯ އަށް ތާއީދުކޮށް ބްރެޒިލްގެ އެންމެ މަޝްހޫރު އަދި ވައިރަސް ހަލުވި މިނުގައި ފެތުރެމުންދާ ސިޓީތަކުގައި މިފަދަ މުޒާހަރާތައް ކުރިޔަށްދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ބޮލްސޮނާރޯ އަށް ތާއީދުކޮށް ހަރަކާތްތައް ކުރިޔަށް ގެންދަން ފަށާފައި މިވަނީ މިދިޔަ ހަފތާގައި އެގައުމުގެ ފެޑެރަލް ސުޕްރީމް ކޯޓުން އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ބޭއްވި މިނިސްޓީރިއަލް މީޓިންގ އެއްގެ ވީޑިއޯ ރިލީޒްކުރުމަށް އަމުރުކޮށްފައި ވަނިކޮށެވެ. މިމީޓިންގ ގައި ބޮލްސޮނާރޯ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އާއިލާ އާއި ރައްޓެހިން ސަލާމަތް ކުރުމަށްޓަކައި ސެކިޔުރިޓީ އޮފިޝަލުންނާއި އެމީހުންގެ ވެރިންނާއި މިނިސްޓަރުން ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ސިޔާސީ ގޮތުން ކުރިޔަށް ދާ މިހަލަބޮލިކަމާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅުއްވަމުން ގެންދަވާ ދޯހަޅި ފިޔަވަޅުތަކުގެ ސަބަބުން ބޮލްސޮނާރޯގެ ތާޢީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު