Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ. އުލިގަމް- ޔޮޓް ޓުއަރިޒަމް

ހއ. އުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ އުޅަނދު ފަހަރުން ނަގާ ފީތަކަށް ބޮޑެތި ބަދަލުތަކެއް!

15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރު، އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ފީ ވަނީ ކުޑަކޮށްފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 24 މެއި 2020 | އާދީއްތަ 22:09
އުލިގަމު ޔޮޓް ފަހަރާއި ގުޅުންހުރި ހުރިހާ ދާއިރާގެ ބޭފުޅުންނާއެކު، ބޭއްވި މަހާސިންތާގައި އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ހޯރަފުށި ދާއިރާގެ މެމްބަރު

އުލިގަމު ޔޮޓް ފަހަރާއި ގުޅުންހުރި ހުރިހާ ދާއިރާގެ ބޭފުޅުންނާއެކު، ބޭއްވި މަހާސިންތާގައި އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ހޯރަފުށި ދާއިރާގެ މެމްބަރު

ހއ. އުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ އުޅަނދު ފަހަރުން، ކަސްޓަމްސްއިން ނަގާ ފީތަކަށާއި އަމަލުކުރާ އުޞޫލުތަކަށް ވަރަށްބޮޑެތި ލުއިފަސޭހަތަކެއް ގެނެސްފިއެވެ.

މި ހިނގާ މެއި މަހުގެ 23 ވަނަ ދުވަހު ކަސްޓަމްސްގެ އާންމު ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު، އިސްލާޙު ކުރެވުނު ޤަވާއިދުގައި އުލިގަމުގައި ބަނދަރުކުރާ ޔޮޓް ފަހަރާއި ގުޅުންހުރި މުޙިއްމު އިސްލާޙީ ބަދަލުތަކުގެ ހިމެނެއެވެ. އެގޮތުން، ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ފީ ކުޑަކުރުމާއި، ޕްރޮވިޜަންގެ ބޭނުމަށް އަންނަ އުޅަނދު ފަހަރަށް އޭޖެންޓަކު ނެތި 7 ދުވަސްވަންދެން ބަނދަރުގައި އޮވެވުމާއި، އެޖެންޓަކު އައްޔަންނުކޮށް ރާއްޖެ އަންނަ މިފަދަ އުޅަނދުތަކަށް އޭޖެންޓުން އައްޔަނުކުރުމަށް އެކަށީގެންވާ ވަގުތުތަކެއް ދިނުން ހިިމެނެއެވެ.

މި ބަދަލާއެކު މިފަދަ އުޅަނދުފަހަރުން ކަސްޓަމްސް އިން ނަގާ ފީތައް 75 އިންސައްތަ ދަށްކުރެވިފައިވާއިރު، ޚާއްޞަގޮތެއްގައި އުލިގަމަށް ބަނދަރުކުރާ އުޅަނދުތައް އިތުރުކުރުމަށް، މިހާރު އަމަލުކުރާ އުޞޫލުތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ލިބިފައެވެ.

މިކަމާއި ގުޅިގެން، މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އޭޖެންޓަކު ނެތި އަންނަ އުޅަނދު ފަހަރު:

ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދު ފަހަރަށް އިންވާރޑް ކްލިއަރެންސް ދޭވަގުތުން ފެށިގެން އޭޖަންޓަކު ހަމަޖެއްސުމަށް 72 ގަޑިއިރުގެ މުހުލަތެއް ދިނުމަށް އިސްލާހުގައިވެއެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އޭޖަންޓަކު ހަމަނުޖައްސައިފިނަމަ، މި ޤަވާއިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މިގޮތުން ކުރެވޭ ޖޫރިމަނާގެ ފައިސާ، ކަސްޓަމްސް އަށް ދައްކައި ނިންމުމުންނެވެ.

ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ޕްރޮވިޜަންގެ ބޭނުމަށް (ކާބޯތަކެއްޗާއި، ތެލާއި ބޯފެން ފަދަތަކެތި އެރުވުމަށް) ރާއްޖެއަންނަ 15 މީޓަރަށް ވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދު ފަހަރަށް އޭޖެންޓަކު ނެތި 7 ދުވަސް ވަންދެން، ކަސްޓަމްސް ހުއްދަކުރާ ސަރަހައްދެއްގައި ބަނދަރުކުރެވިދާނެއެވެ. (މިސާލަކަށް: އުލިގަން ބަނދަރު)

ކަނޑުމަގުން އަންނަ އުޅަނދުފަހަރުގެ މައުލޫމާތު ހުށަހެޅުން:

ރާއްޖެ އަންނަ، 15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރު، ރާއްޖެ އައުމުގެ 12 ގަޑިއިރު ކުރިން، އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލް ހުށަނޭޅޭ ޙާލަތުގައި، އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލް ހުށަނޭޅުނު ސަބަބު ބަޔާންކޮށް، ހުށަހަޅާ ލިޔުމާއެކު، ކްލިއަރެންސް ހޯދުމަށް އެދި ހުށަހަޅަންވާނެކަމަށް އިސްލާހުގައި ވެއެވެ. އުޅަނދުގެ އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލްއަށް އަންނަ ބަދަލުތައް، ކަސްޓަމްސް އިން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް، ކަސްޓަމްސް އަށް އަންގަންޖެހެއެވެ. ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެން ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާރޑް އަދި އައުޓްވާރޑް ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ މީގެކުރިން ނެގި 1000 ރުފިޔާގެ ބަދަލުގައި 250 ރުފިޔާއެވެ.

ނަމަވެސް، 15 މީޓަރަށްވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުތައް ފިޔަވައި، ކަނޑުމަގުން އަންނަ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ދިނުމުގެ ފީއަކަށް ނެގުމަށް ހަމަޖެހިފައިވަނި 1000 ރުފިޔާއެވެ. މިއީ އުލިގަމަށް އަންނަ އުޅަނދު ފަހަރަށްވުރެ ބޮޑަށް، ރާއްޖެއަށް ބަނދަރުކުރާ އާންމު އުޅަނދު ފަހަރާއި ގުޅުންހުރި މާއްދާއެކެވެ.

އުލިގަމުގައި ބަނދަރުކުރާ އުޅަނދު ފަހަރުން ނަގަމުން ގެންދިޔަ ފީތައް ކުއްލި ގޮތަކަށް ބޮޑުވުމުގެ ސަބަބުންނެ 2010 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް މަދުވެގެން ގޮސްފައިވާއިރު މިކަމުގެ ސަބަބުން، އުލިގަމުގައި އާލާވަމުން ދިޔަ ޔޮޓް ޓުއަރިޒަމްއަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ސޯލިހު އުލިގަމަށް ވަޑައިގެން، އުލިގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދަކީ އުލިގަމަށް ބަނދަރުކުރާ އުޅަނދު ފަހަރުން ނަގާ ބޮޑެތި ފީތައް މުރާޖަޢާކުރެވި، އުލިގަމު ޔޮޓް ޓުއަރިޒަމަށް އަލުން ދިރުން ގެނެސްދެއްވާނެކަމުގެ އުފާވެރި ވަޢުދެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު ފުއްދެވުމަށްޓަކައި، އެމްއައިޓީޑީސީ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިސްނަގައިގެން، 2020 ޖެނުއަރީ 30 ވަނަ ދުވަހު، އުލިގަމު ޔޮޓް ފަހަރާއި ގުޅުންހުރި ހުރިހާ ދާއިރާގެ ބޭފުޅުންނާއެކު، ވަނީ މަހާސިންތާއެއް ބާއްވާފައެވެ. އެގޮތުން މި މަހާސިންތާގައި މިހާރު އުލިގަމު ގައި ބަނދަރުކުރާ އުޅަނދު ފަހަރުންނަގާ ބޮޑެތި ފީތައް ކުޑަކުރުމާއި ބެހޭ ގޮތުން ހުރިހާ ފަރާތްތަކުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅޭ ވަކި ތާވަލަކާ އެއްގޮތްވާ ގޮތުގެ މަތީން، ފީތައް މުރާޖަޢާކުރާނެ ކަމުގެ އެއްބަސްވުމާއެކު ވަނީ މަހާސިންތާ ނިންމާލާފައެވެ.

އެމްއައިޓީޑީސީއަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއަރުވާ ތަރައްޤީކޮށް، އަދި އެ ސިނާޢަތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ. އެ ކޯޕަރޭޝަނުން ވަނީ، އުލިގަމު ފަދަ ލޯކަލް ޓޫރިޒަމް އާ ގުޅުންހުރި ޔޮޓް ޓޫރިޒަމް ސިނާޢަތު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ދިރާސާކޮށް، އެމަސައްކަތްތައް އަމަލީ ގޮތުން ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

03 ޖޫން 2017
ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި

ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި

01 ޖޫން 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު