Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު ރިޓްވީޓް ކުރެއްވި ސަބަބު

އެމްއެމްޕީއާރުސީގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލަށްލުމަކީ އިންސާފުކަމަށް ނުވިސްނޭ: ރައީސް ނަޝީދު

22 މެއި 2020 | ހުކުރު 10:20

ރައީސް ޔާމީން 61 ވަނަ އުފަންދުވާ ގުޅިގެން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޕީޕީއެމް މެމްބަރުން ކަމަށްވާ މެމްބަރު ޝިޔާމާއި މެމްބަރު ސައީދު ކުރެއްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 މެއި 2020 | ހުކުރު 10:20
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: އެމްއެމްޕީއާރުސީގެ މައްސަލައާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމުގައި ލަސްތަކެއް އުޅޭތީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: އެމްއެމްޕީއާރުސީގެ މައްސަލައާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމުގައި ލަސްތަކެއް އުޅޭތީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި

މިހާތަނަށް ދިވެހި ދައުލަތުން ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލާގައި ހަމައެކަނި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލެއްވުމަކީ އެއީ އިންސާފުކަމަށް ނުވިސްނޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސީދާ ރައީސް ނަޝީދު އެކަން ހާމަ ނުކުރެއްވި ނަމަވެސް، އެމަނިކުފާނުގެ ގާތް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ސޯޝަލް މީީޑީއާގައި މިހާރު ދައުރުކުރަމުންދާ، ލިޔުން އެއީ، ރައީސް ނަޝީދުގެ އަތު ލިޔުއްވުންކަމަށް ބެލެވޭ ލިޔުގައި، ވިދާޅުވެފައިވަނީ، ރައީސް ޔާމީނުގެ އަމަލުތަކާއި ޚިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަކަށް ޤަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް، މަރުކޮމިޝަންގެ މައްސަލަތައްވެސް ހަމަ މިފަދަ. ކުރަން ބުނި ކަންކަން އަޅުގަނޑުމެންޖެހޭނީ ކުރަން"ރައީސް ނަޝީދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާއަށް މިލިޔުން ދައުރުވާން ފެށި ސަބަބަކީ، ރައީސް ޔާމީންގެ އުފަންދުވަހުގެ މުނާސަބަތުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕަލަމެންޓްރީ ގްރޫޕްގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައިސް އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު އަދި ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ކުރެއްވި، ޓްވީޓް ރައީސް ނަޝީދު ރިޓްވީޓް ކުރެއްވުމާއި ގުޅިގެން އެމްޑީޕީއާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދެމުން ދާތީ، އެ ޓްވީޓްތައް ރިޓްވީޓް ކުރެއްވި ސަބަބު އެމްޑީޕީއާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހާމަކޮށްދިނުމަށް ކަމަށް ވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަކާއި، ގޮތްނޭނގޭގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.

އެކޮމިޝަންތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުން ނެވެ. އަދި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ކޮވިޑް-19 އާ ގުޅިގެން، ގައުމީ ސަލާމަތަށް ހުރި ނުރައްކަލުގެ ކަންކަމުގެ ތެރޭގައި ވެސް ގޮންނޭނގޭ ގޮތަށް މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ބަލާ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލުމުންދާ މައްސަލަތައް އަވަހަށް ނިންމައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ލަފާދިނުމަށް ނިންމާފައި ވެއެވެ. އަދި ކޮމެޓީގެ އެރިޕޯޓް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ސަލާމަތީ ޚދުމަތްތަކާ ބެހޭ ކޮމެޓީގެ އެރިޕޯޓަށް ބަހުޘް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެެ. ހަސަން ލަތީފް ވިދާޅުވެފައި ވަނީ، މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވެސް ދިވެހި ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރި ކަމަށެވެ. އަދި އެމްޑީޕީން ވީ ވައުދުތައް ފުއްދާނެ ކަމަށް ރައްޔިތުން އުންމީދު ކުރާކަމަށެވެ. އެހެންކަމުން މި ސަރުކާރު ވެސް އަދި މި މަޖިލިސް ވެސް އެ މައްސަލަތައް ނުބަލައި ލޯ މަރާލައިގެން ތިބެވޭކަށް ނޯންނާނެ ކަމަށެވެ. އެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ހުރަސް އަޅާ ބަޔަކު ތިބިކަމަށް ވަންޏާ ސަރުކާރުން އެބަޔަކު ދުރުކުރަން ޖެހޭ ކަމަށާއި އަދި އެ މައްސަލަތައް ތަޙުޤީޤު ކުރާނެ ބަޔަކާ ޙަވާލުކުރަން ޖެހޭ ކަމަށްވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނުގެ ވަރަށް ބޮޑެތި ގިނަ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. އެގޮތުން ހަމައެކަނި އެމްއެމްޕީއާރުސީގެ 1.23 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގުޅިގެން، ހިންގި މަނީ ލޯންޑަރިންގ މައްސަލައެއް ރައީސް ޔާމީނުގެ މައްޗަށް ސާބިތުގެ ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް