Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން

ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން: ފަހުދިހައިގައި 2.4 މިލިއަން ރުފިޔާގެ އެހީ

ކެމްޕޭން ކުރިޔަށް ގެންދަނީ 6 ސަރަހައްދަކަށް ބަހާލައިގެން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 22 މެއި 2020 | ހުކުރު 00:42
ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން: އެހީ ލިބުނު ކުދިންގެ ފޮޓޮއެއް

ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން: އެހީ ލިބުނު ކުދިންގެ ފޮޓޮއެއް

ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ބޮޑު ތަރްޙީބެއް ލިބިފައިވާ ކަމަށް މި ކެމްޕެއިން ކުރިއަށްގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ބުނެފި އެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ޕެންޑެމިކްގެ ދަނޑިވަޅުގައިވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭން ޒަރިއްޔާއިން ދައްކުވައިދީފައިވާ ކަމަށް އައިއޭސީން ބުންޏެވެ. އެގޮތުން މި ރަމަޟާން މަހުގެ ފަހު ދިހައިގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ލިބިފައިވާކަމަށެވެ.

Advertisement - newsAdvertisement

އައިއޭސީން ކުރިއަށްގެންދާ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކުރިޔަށް ގެންދަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މި ކެމްޕޭނަށް ކަނޑައަޅާފައިވާ 6 ޤައުމަށް ރާއްޖޭގެ ނިސްބަތުން ބޮޑެތި އެހީތެރިކަމެއް މިހާތަނަށް ފޯރުކޮށްދެވިފައިވާކަމަށް އެފަރާތުން ބުންޏެވެ. މި ކެމްޕޭން ހާއްސަ ކުރެވިފައިވަނީ ޔުގެންޑާ، ފަލަސްތީނު، ސީރިޔާ، ޔަމަން، ނޭޕާލްގެ އިތުރުން މެލޭޝިއާއާއި ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީނަށެވެ.

އައިއޭސީއިން ބުނީ މި ކެމްޕޭނުގައި ހިމެނޭ އެއް ބައި ކަމަށްވާ އިފްތާރު ޕެކޭޖުތައް ހަދިޔާކުރުމަށް ޑޮނޭޝަން ބަލައިގަތުން ކުރިޔަށް ގެންދަނީ މިރޯދަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް، ކާބޯތަކެތީގެ ޕެކޭޖްތަކަށް ޑޮނޭޝަން ބަލައިގަތުން ކުރިޔަށް ދާނެ ކަމަށެވެ. މި ކެމްޕޭން 6 ރޯދައިގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް އައިއޭސީއިން ވަނީ ނިންމާފަ އެވެ.

އައިއޭސީން ބުނީ ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް މިހާތަނަށް ޖުމުލަ 3.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އެގޮތުން، މި ކެމްޕޭން ކުރިޔަށްގެންދިޔަ 6 ސަރަހައްދުގައި ހިމެނޭ 4 މީހުންނާއި 6 މީހުން ދިރިއުޅެމުންދާ 3985 އާއިލާއަކަށް ކާބޯތަކެތީގެ ޕެކޭޖް ވަނީ ހަދިޔާކޮށްދީފައިވާކަމަށެވެ.

އައިއޭސީގެ އެމެޖެންސީ ރިލީފް އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅުމަށް އެފަރާތުން ވަނީ އެދިފަ އެވެ.

ލޯތްބާއިއެކު 2020 ކެމްޕޭނުގެ ޒަރިއްޔާއިން، ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ނިކަމެތިންނަށް ކާބޯތަކެތި ހަދިޔާކުރުމުގެ އިތުރުން، ފިތްރު ޢީދުގެ މުނާސަބާތާއި ގުޅިގެން ހަރަކާތްތަކެއް ރާވަމުން އަންނަކަން އައިއޭސީއިން ވަނީ މައުލޫމާތުދީފަ އެވެ.

ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ އިތުރުން، އައިއޭސީއިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް އެހީވުމުގެ ގިނަ ކެމްޕޭންތައް ކުރިޔަށް ގެންގޮސްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

28 އެޕްރީލު 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި

އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި

28 އެޕްރީލު 2017
ކެމްޕޭން ވަރުގަދަ ކުރަން އެމްޑީޕީން ތިލަދުންމައްޗަށް!

ކެމްޕޭން ވަރުގަދަ ކުރަން އެމްޑީޕީން ތިލަދުންމައްޗަށް!

27 އެޕްރީލު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި

އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު