Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަރވިސް ކޮމިޝަނުގެ ބަޔާން

ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުން ވަކިކުރުމަށް ގޮވާލަމުންދާތީ، އެކޮމިޝަނުން ރައްދު ދީފި

21 މެއި 2020 | ބުރާސްފަތި 10:20

ކަމުގެ ހަގީގަތް ބެލުމަށްފަހު ޚަބަރު ފެތުރުމަށް ސީއެސްސީ ހުރިހާ ފަރާތްތަކަށް ގޮވާލާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 މެއި 2020 | ބުރާސްފަތި 10:20
ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ ކޮމެޓީއެއްގައި: މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ސީއެސްސީގެ ގިނަ މައްސަލަތަކެއް ބެލި އަދި މިހާރުވެސް ދަނީ ބަލަމުން

ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ ކޮމެޓީއެއްގައި: މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ސީއެސްސީގެ ގިނަ މައްސަލަތަކެއް ބެލި އަދި މިހާރުވެސް ދަނީ ބަލަމުން

ސިވިލް ސަރވިސް މުވައްޒަފުންގެ ހިމެނޭގޮތަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމުމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އަށް ނުރުހުމުގެ ބަސްތައް އަމާޒުވަމުން ދާތީ، އެކޮމިޝަނުން ރައްދު ދީފި އެވެ.

ސީއެސްސީ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިވެހި ޤައުމަށާއި ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުން ގެންދާ ޚާއްޞަ ފިޔަވަޅުތަކަށް އިޙުތިރާމުކޮށް، އެފިޔަވަޅުތައް ތަންފީޒުކުރުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ބައެއް ފަރާތްތަކުން ނުރުހުންވާ ކަމަށެވެ. އަދި ސީއެސްސީއަށް ޤާނޫނުން ލިބިދީފައި ނުވާ ބާރުތަކެއްގެ ބޭނުންކުރަމުންދާކަމުގެ ތުހުމަތު ކުރަމުންދާ ކަމަށާއި، ކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް ގޮވާލަމުންދާ ގޮވާލުންތަކާ މެދު ކޮމިޝަނުން ކަންބޮޑުވެ، ހިތާމަ ކުރާކަމަށްވެސް ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސީއެސްސީ ބުނީ، އެފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށާއި ކަމުގެ ދެކޮޅު ބެލުމަށާއި، ފުރިހަމަ ޙަޤީޤަތް ސާފުކުރުމަށް ފަހު، ޚަބަރު ފެތުރުމަށްވެސް ހުރިހާ ފަރާތްތަކަށް ކޮމިޝަނުން ގޮވާލާ ކަމަށެވެ.

ސީއެސްސީ ބުނީ، ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ގަޑިއާއި މަސައްކަތްކުރަން ޖެހޭ ރަސްމީ ދުވަސްތައް އަދި މުސާރަތައް ކަނޑައަޅަމުން ދާނީ ސަރުކާރުން ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅުއްވާ ގަޑިތަކުގައި، ކަނޑައަޅުއްވާ އުޞޫލަކުން މުވައްޒަފުން ލައްވައި މަސައްކަތް ކުރެއްވުމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދާނީ ސީއެސްސީން ކަމަށްވެސް އެކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ސީއެސްސީ މިބާޔަން ނެރެފައި ވާއިރު، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވަނީ އެކޮމިޝަން ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އެކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް ގޮވާލައްވާފަ އެވެ.

މަޤަމުގެ ޒިންމާ އަދާ ނުކުރެވޭކަމަށް ޤަބޫލު ކުރެވޭތީ ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެންބަރަކު ވަކި ކުރުމަށް، މެންބަރު ވިސާމް ހިމެނިވަޑައިގަންނަވާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މާރޗު މަހުގެ 1 ވަނަ ދުވަހު ފާސްކުރި އެވެ. ކޮމިޓީން މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިނެވެ.

އެހެންނަމަވެސް، ކޮމިޝަންގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ކޮމިޓީއަށް އަނބުރާ ފޮނުވާލާފައި ވާތީ ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކޮމެޓީން ނިންމީ 4 މެންބަރުން ވަކިކުރުމުގެ މައްސަލައިގެ ރިޕޯޓު ނިންމާއިރު، އެ ކޮމިޝަނުގެ މެންބަރު ފާޠިމަތު އާމިރާގެ މައްސަލަވެސް ބެލުމަށް ފަހު 5 މެންބަރުން ވެސް ހިމެނޭގޮތަށް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުމަށެވެ. އެ މަސައްކަތް މިހާރު ވަނީ މަޑުޖެހިފަ އެވެ.

ސީއެސްސީގެ ރައީސް ޝަމީމަކީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ކެމްޕެއިންގައި ޙަރަކާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ. އޭރު ބައެއް ފޮޓޯތަކާއި ޚަބަރުތައްވެސް ދައުރުވެފައި ވެއެވެ. އަދި ސީއެސްސީގެ ނައިބު ރައީސް ޝަހީދަކީ ޤާނޫނާ ޚިލާފަށް އެކޮމިޝަނަށް ޢައްޔަނު ކުރައްވާފައިވާ މެންބަރެކެވެ. އެކަން ކޮށްފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް