Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެވްސެކޮމް ސީއެސްސީގެ ދަށުން ހިންގުމަށް ދަތިވުން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ސީއެސްސީގެ ދަށުން ހިންގުމަށް ދަތިތަކެއް ދިމާވާތީ އެ މައްސަލަ މަޖިލީހުން ބަލަނީ

ވީހާ އަވަހަކަށް އެ މައްސަލަ ބަލައި ގޮތެއް ނިންމުން މުހިންމުކަމަށް ކޮމިޓީއަށް ފާހަގަކުރެވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 19 މެއި 2020 | އަންގާރަ 06:52
އޭވިއޭޝަން ސެކުއިރިޓީ ކޮމާންޑްގެ މުވައްޒަފުން ޕެސެންޖަރުން ސްކްރީން ކުރުމުގައި ހަރަކާތްތެރިވަނީ

އޭވިއޭޝަން ސެކުއިރިޓީ ކޮމާންޑްގެ މުވައްޒަފުން ޕެސެންޖަރުން ސްކްރީން ކުރުމުގައި ހަރަކާތްތެރިވަނީ

ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) ސިވިލް ސަރވިސް ކޮމިޝަނު (ސީއެސްސީ)ގެ ދަށުން ހިންގުމުގައި ދަތިތަކެއް ހުރިކަމުގެ މަޢުލޫމާތު ލިބުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޤައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި، ޓޫރިޒަމް ސިނާޢަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ޚިދުމަތްތަކާ ބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ވާގޮތުން އެވްސެކޮމް އާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޑިފެންސުން ސާފުކުރި މަޢުލޫމާތު ތަކުން، ސީއެސްސީގެ ދަށުން ހިންގުމުގައި ދަތިތަކެއް ހުރިކަމަށް ކޮމެޓީއަށް ފާހަގަކުރެވިފައި ވެއެވެ.

Advertisement - newsAdvertisement

އެހެންކަމުން އެ މައްސަލަ އަވަސް މުއްދަތެއްގައި ކޮމިޓީއިން ބަލާނެކަމަށާއި، އަދި ވީހާ އަވަހަކަށް އެ މައްސަލަ ބަލައި ގޮތެއް ނިންމުމުގެ މުހިންމުކަން ކޮމިޓީން ފާހަގަކޮށްފައި ވެއެވެ.

ކޮމެޓީން ބުނީ އެވްސެކޮމްގެ މުވައްޒަފުންނާ ގުޅޭ ޤައުމީ ސަލާމަތާ ގުޅުންހުރި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ކޮމިޓީގެ ބައެއް މެންބަރުން ޚިޔާލު ފާޅުކޮށްފައި ވާތީ، އެ މަޢުލޫމާތު ކޮމެޓީން ސާފުކުރި ކަމަށެވެ. އެގޮތުން، މުވައްޒަފުންނާ ގުޅޭގޮތުން ސީއެސްސީން ހެދިފައި ހުރި ގިނަ ޤަވާއިދުތަކާއި އުޞޫލުތައް މައިގަނޑު ގޮތެއްގައި ފަރުމާކުރެވިފައި ވަނީ އިދާރީ މަސައްކަތް ކުރާ މުވައްޒަފުންނަށް ޢަމާޒުކުރެވިގެން ކަމަށް ކޮމެޓީއަށް ވަނީ ފާހަގަކޮށްފަ އެެވެ.

އެވްސްކޮމްގެ މުވައްޒަފުންނަކީ 24 ގަޑިއިރު އޮޕެރޭޝަނަލް ޑިއުޓީތަކުގެ މަސައްކަތްކުރަން ޖެހޭ ބަޔަކަށް ވާއިރު، މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ރެގިއުލޭޓުކުރުމުގައި ދަތިވެ ޚިދުމަތަށް ބުރޫ އަރާފަދަ ޙާލަތްތައް ދިމާވެ، އެއަރޕޯޓް ސެކިއުރިޓީ ޔަޤީންކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެޓީ ރިޕޯޓުގައި ވަނީ މުވައްޒަފުންނަށް ހޯދައިދެވޭ ޢިނާޔަތްތައް ހޯދައި ދިނުމަށް ސީއެސްސީގެ ޤަވާއިދުގައި އެކުލަވާލެވިފައިވާ ބައެއް އުޞޫލުތަކަކީ އޭވިއޭޝަން ސެކިއުރިޓީ ފަދަ، ޚިދުމަތް ފޯރުކޮށްދިނުމުގައި، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ސެކިއުރިޓީ މިންގަނޑުތަކާއި އެއްގޮތަށް މަސައްކަތް ކުރަންޖެހޭ މުވައްޒަފުން ވަޒީފާގައި ގެންގުޅުމުގައި ބައެއް ގޮންޖެހުންތައް ހިމެނޭ އުޞޫލުތަކެއްކަން ފާހަގަކޮށްފަ އެވެ.

އޭވިއޭޝަން ސެކިއުރިޓީގެ ޚިދުމަތަކީ ޔުނިފޯމު އެޅި ލޯ އެންފޯސްމެންޓް އެޖެންސީއަކަށް ވުމުން، މުވައްޒަފުންނަށް ލިބެން ޖެހޭ މަޤާމުގެ ކުރިއެރުމާއި، ޕަރފޯމަންސް އެޕްރައިސަލް އުޞޫލުތަކާއި، މުވައްޒަފުންގެ ވެލްފެއަރ އާއި ގުޅޭ ހުރިހާކަމެއް ވަރަށް ރަނގަޅަށް ތަރުތީބުވެ އޮޕަރޭޝަނަލް ޑިއުޓީސްތަކަށް ވިސްނައިގެން ހެދިފައިވާ ނިޒާމެއްގެ މައްޗަށް ހުންނަންޖެހޭ އިރު، ސިވިލް ސަރވިސް އުޞޫލުތަކާއި، އިދާރީ މަސައްކަތްތަކަށް ބެލެވިގެން ތައްޔާރު ކުރެވިފައިވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވާކަމަށް ވެސް ރިޕޯޓުގައި ވެއެވެ. މިކަމުގެ ސަބަބުން އެއަރޕޯޓް މުވަޒަފުންގެ އެންމެހާ ކަންކަން ބެލެހެއްޓުމުގައި ދަތިތައް ދިމަވާ ކަމަށް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން، އެވްސްކޮމްގެ މުވައްޒަފުންނަކީ، ބެކްގްރައުންޑް ޗެކް ކުރެވިގެން ވަޒީފާ ދެވޭ މުވައްޒަފުންނަށް ވާންޖެހޭ ކަމާއި ވަޒީފާގައި ދެމިތިބޭ އިރުވެސް، ޓެރަރިޒަމްގެ ޢަމަލެއް ހިންގަން މަގުފަހިކޮށްފާނެކަމަށް ޝައްކުކުރެވޭ ފަދަ ކަމެއް ފާހަގަ ކުރެވޭނަމަ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ބަޔެއް ކަމަށް ރިޕޯޓުގައި ވެއެވެ. އަދި އެ ކޮމާންޑުގެ މުވައްޒަފުންގެ ތެރެއިން ހަރުކަށި ފިކުރަށް ވާގިދޭ މީހުންނާއި، ޤައުމީ ސަލާމަތަށް ނުރައްކާ ކުރުވަފާނެ މީހުންނާއި، އަދި ޓެރަރިޒަމްގެ ޙަމާލާއެއް ރާވާ ހިންގަފާނެ ފަދަ ބަޔަކު ފާހަގަކުރެވޭ ނަމަ މަދަނީ ވައިގެ ސިނާޢަތުގެ ސަލާމަތަށާއި ޤައުމީ ސަލާމަތަށްޓަކައި ވަގުތުން ވަކިކުރެވޭނެ އުޞޫލެއް އޮންނަ ލޯ އެންފޯސްކުރާ މުއައްސަސާތާއި އެއްފަދައިން މަސްއޫލިއްޔަތު އަދާކުރެވޭނެ ޤާނޫނީ ބާރުވެރިކަމެއް ލިބިފައިވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އެވްސްކޮމް އޮތުން މުހިންމުކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ވަނީ ކޮމިޓީއަށް މަޢުލޫމާތު ދީފައެވެ.

ކޮމެޓީން ބުނީ ކޮވިޑް-19ގެ ޕެންޑެމިކްގެ މި ޙާލަތުގައިވެސް ވައިގެ ސިނާޢަތު ނުރައްކަލުން ސަލާމަތްކުރުމަށް މިފިޔަވަޅު އެޅުން މުހިންމުކަމަށް ކޮމެޓީން ދެކޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު