Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ރާއްޖެ

ކޮވިޑްގެ ކަންތައް ރޯދަ މަހާ އެކީ ނިމިގެންދާނެ: ޑރ. ހަސަން ހަމީދު

18 މެއި 2020 | ހޯމަ 20:35

އެންމެ ގޯސްކޮށް ބެލިޔަސް ޖުލައި 1ށް ބަލީގެ ކަންތައް ނިމޭނެ

ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 20:35
ޑރ. ހަސަން ހަމީދު، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ އަށް ރައީސް ސޯލިހް މަގާމްގެ ފަތްކޮޅު ދެއްވަނީ

ޑރ. ހަސަން ހަމީދު، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ އަށް ރައީސް ސޯލިހް މަގާމްގެ ފަތްކޮޅު ދެއްވަނީ

ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަން ރޯދަ މަހާ އެކީ ނިމިގެންދާނެ ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގެ ބައްދަލުވުމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ހަމީދު ވިދާޅުވީ، މި ބަލިމަޑު ކަމާ މެދު ނާއުއްމީދީ ގޮތަކަށް ނުދެކުމަށެވެ.

Advertisement - newsAdvertisement

ޑރ. ހަސަން ހަމީދު ވިދާޅުވީ ގިނަ ބަޔަކަށް ކޮވިޑްގެ ކަންތައްތައް ވަރަށް ދިގުލައި ހިނގައިދާނެ ކަމަށް ހީވެފައި ވިޔަސް ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތައް ބަލައިފިނަމަ މިކަން އެންމެ ކާމިޔާބު ކޮށް ކޮންޓްރޯލް ކުރި ނިއުޒިލޭންޑުގައި ހޯމަ ދުވަހު ޔުނީފޯމުގައި ހުރިހާ ކުދިން އަނބުރާ ސްކޫލަށް ގޮސްފި ކަމުގައެވެ.

ޑރ. ހަސަން ވިދާޅުވީ، ނިއުޒޭލެންޑުން ލޮކްޑައުން ގައި ހޭދަ ކުރީ 49 ދުވަސް ކަމަށެވެ. އެހެން ކަމުން، މި އުއްމީދީ ސިނާރިއޯ އިން ބަލައިފި ނަމަ، ރާއްޖޭން ލޮކްޑައުން ކުރީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކަމަށް ވުމާއެކު، ރާއްޖެއަށް މިކަމުން ޖޫން މަހުގެ 3 ވަނަ ދުވަހާ ހަމައިން އަރައި ގަނެވޭނެ ކަމަށް ލަފާ ކުރެއްވޭ ކަމުގައެވެ.

އެންމެ ނާއުއްމީދީ ގޮތައް މިކަން ބެލި ކަމުގައި ވިޔަސް، އިޓަލީގެ ތަޖުރިބާ އިން މިސާލު ދައްކަވަމުން ޑރ. ހަސަން ހަމީދު ވިދާޅުވީ، ޖުލައި މަހުގެ 1އާ ހަމައިން މިކަމުން ސަލާމަތް ވެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. ޑރ. ހަސަން ހަމީދު ވިދާޅުވީ، އިޓަލީން ލޮކްޑައުންގައި ހޭދަ ކޮށްފައިވަނީ، 76 ދުވަހުގެ މުއްދަތެއް ކަމުގައެވެ.

ބަލީގެ ހާލަތުން ރާއްޖެ އަރައިގަތުމާ ބެހޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ހަމީދު ވިދާޅުވީ، ބައެއް ފަރާތްތަކަށް މިއީ ވަރަށް ދިގުލައި ހިނގައިދާނެ ކަމެއް ކަމަށް ހީވިޔަސް އެކަން އެގޮތަށް ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައެވެ. އެހެން ބުނާ މީހުން އެބުނާ ވާހަކައަކީ އެއްވެސް ދަލީލެއް ނެތި ދައްކާ ވާހަކަ އެއް ކަމަށް ވެސް ޑރ. ހަސަން ހަމީދު ވިދާޅުވިއެވެ.

ބައްޔާ މެދު މާޔޫސްވާން ޖެހޭ މިންވަރު ކުޑަކަން ފާހަގަ ކުރައްވާ ޑރ. ހަސަން ހަމީދު ފާހަގަ ކުރެއްވި ގޮތުގައި، ދުނިޔޭގައި ބަލި ފުރަތަމަ ފެނުނު ވޫހާންގައި ބައްޔަށް ޕޮސިޓިވް ވީ މީހުންގެ ތެރެއިން އެއްވެސް ނިޝާނެއް ނުފެނި ބަލި ޖެހުނު މީހުންގެ ނިސްބަތް 17.8 އިން ސައްތަ ކަމުގައި ދިރާސާގައި އޮތް އިރު، ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތެއް ނުފެންނަ މީހުންގެ ނިސްބަތަކީ 54 އިން ސައްތަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ މާނައަކީ ރާއްޖޭން ބަލި ޖެހޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ބަލީގެ އެއްވެސް އަސަރެއް ނުކުރާ މީހުން ކަމުގައި ވުމެވެ.

އޭގެ އިތުރުން ޑރ. ހަސަން ހަމީދު ފާހަގަ ކުރެއްވި ގޮތުގައި، ބަލީގެ ނުރައްކާ އޮތް މިންވަރު ބޮޑުކޮށްގެން ވާހަކަ ދެއްކި މީހުން ބަލި ޖެހިގެން މަރުވާމީހުންގެ ނިސްބަތަކީ 3-4 އިން ސައްތަ ކަމަށް ބަލީގެ ކުރީކޮޅުގައި ބުނި ނަމަވެސް، ޖަރުމަނު ވިލާތުގެ ސައިންސްވެރިން މިހާރު ބުނަނީ ހަގީގަތުގައި، ބަލީގައި މަރުވާ މީހުންގެ ނިސްބަތަކީ 0.24 ކަމުގައެވެ.

ޑރ. ހަސަން ހަމީދު ވިދާޅުވީ، ރާއްޖޭގައި ބަލީގެ ޕީކް މާޒީވެ ހިނގައްޖެ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމުގައެވެ.

ޑރ. ހަސަން ހަމީދު ވިދާޅުވީ، އެހާ ނާ އުއްމީދީ ގޮތަކަށް ބައްޔާ މެދު ނުވިސްނާ، މިރޯދަ މަސް ނިމޭ އިރު މިކަން ނިމިގެން ސްކޫލްތަކާއި، ޔުނިވަރސިޓީތައް ފެށޭނެ ކަމަށް ބަލާ އެކަމަށް ތައްޔާރުވާންވީ ކަމުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
13 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް