Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށްދާ ގޮތާއިގުޅޭ މަޝްވަރާ ނައިބު ރައީސް ކުރައްވައިފި

18 މެއި 2020 | ހޯމަ 18:36

އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢޫލޫމާތު އޮޅުން ފިލުއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 މެއި 2020 | ހޯމަ 18:36
ނައިބު ރައީސް ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވާ މައުލޫމާތު އޮޅުންފިލުއްވަނީ

ނައިބު ރައީސް ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވާ މައުލޫމާތު އޮޅުންފިލުއްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ކޯވިޑް-19އާއި ގުޅިގެން އެކިއެކި ޙާލަތްތައް މެދުވެރިވެ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީއާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މަރުކަޒުތަކުގެ އިސްފަރާތްތަކާއި، އަދި، ކަމާގުޅޭ އެހެން އިދާރާތަކުގެ އިސްފަރާތްތަކާއެކު ބައްދަލުކުރައްވައި އެމަސައްކަތް ކުރިޔަށްދާގޮތާ ބެހޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢޫލޫމާތު އޮޅުން ފިލުއްވާފަ އެވެ. އޭގެ އިތުރުން، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރިޔަށްގެންދެވޭ މަސައްކަތްތަކާއި ޚާއްޞަކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށުން ހިނގަމުންދާ ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގެ އިތުރުން ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒާއި އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ދަށުން ހިނގަމުންދާ މަރުކަޒުތަކުގައި ތިބި މީހުންގެ ކަންކަން މި ކޯވިޑް ބަލިމަޑުކަމުގެ ޙާލަތުގައި ކުރިޔަށް ގެންދެވޭގޮތާއި އަދި ކަންކަން ކުރިޔަށް ރާވާލެވިފައިވާ ގޮތުގެ ޕްލޭން ތަކާބެހޭ މަޢުލޫމާތު ތައްވެސް އެމަނިކުފާނު އޮޅުންފިލުއްވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޚާއްޞަ ބަލިތަކަށް ފަރުވާކުރާ މީހުންނަށް ބޭސްލިބުން ފަދަ އިންތިޒާމުތަކާއި، ވަގުތީ ބޭނުމެއްގައި މާލެއައިސް ރަށަށް ނުދެވި ތިބި ފަރާތްތަކަށް އެހީތެރިވުމާއި، ރަށަށް ބަދަލުވުމުގެ ކަންކަން އިންތިޒާމު ކުރެވިފައިވާ ގޮތްތަކާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ.

މި ބައްދަލުވުމުގައި އިދާރާތަކުން ބައިވެރިވި ފަރާތްތަކުން ވަނީ ކޯވިޑް-19ގެ ޙާލަތުގައި އެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޙާލަތުގައި އެހީއަށް ބޭނުންފައިވާ ފަރާތްތަކުގެ ކަންކަން ބެލެހެއްޓުމަށް ހުރިހާ އިދާރާތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، އެކަންކަމުގެ ތެރެއިން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ ކަންކަން ވީހާވެސް ރަނގަޅަށް ބަލަހައްޓަވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެދިވަޑައި ގަންނަވާފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް