Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލަނޑު ޖެހުމަށްފަހު ގައިގޯޅިވެ އުފާފާޅު ކުރުން

"ގައިގޯޅިވެ އުފާފާޅު ކުރިޔަސް އަދަބެއް ނުދޭނެ"

ޖަރުމަން ލީގު ވަނީ ހޮނިހިރު ދުވަހު ފަށާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 މެއި 2020 | އާދީއްތަ 12:42
ހޮފެންހައިމް އަތުން ހާތާ ބާލިން މޮޅުވި މެޗުގައި އެ ޓީމުގެ ކުޅުންތެރިން ގައިގޯޅިވެ އުފާފާޅުކުރަނިކޮށް

ހޮފެންހައިމް އަތުން ހާތާ ބާލިން މޮޅުވި މެޗުގައި އެ ޓީމުގެ ކުޅުންތެރިން ގައިގޯޅިވެ އުފާފާޅުކުރަނިކޮށް

ލަނޑު ޖެހުމަށްފަހު ކުޅުންތެރިން ގައިގޯޅިވެ އުފާފާޅު ކުރިޔަސް އަދަބެއް ނުދޭނެ ކަމަށް ޖަރުމަން ފުޓްބޯލް ލީގު (ޑީއެފްއެލް) އިން ބުނެފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލި ޖަރުމަން ލީގުގެ ކުޅުން ހޮނިހިރު ދުވަހު ފެށިއިރު، މިއީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކުޅުން ފެށި ފުރަތަމަ ލީގެވެ. ޖަރުމަން ލީގުގެ މެޗުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައެވެ.

ޖަރުމަން ލީގު ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްތު ކޮށްފައިވާއިރު، އަލުން މެޗުތައް ފެށީ ޓީމުތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައެޅުމަށް ފަހު އެވެ. އެ ގޮތުން މެޗު ފެށުމުގެ ކުރިން ސަލާން ކުރުން މަނާ ކޮށްފައިވާއިރު، ބެންޗުގައި ތިބޭ ކުޅުންތެރިންގެ ދެމެދުގައި ވެސް އެކަށީގެންވާ ދުރުމިނެއް ބަހައްޓަން ވަނީ އަންގާފައެވެ. އަދި މެޗު ކުޅޭ ބޯޅަތައް ޑިސްއިންފެކްޓް ކުރަން ވެސް ވަނީ އަންގާފައެވެ.

ހޮނިހިރު ދުވަހުގެރޭ ލީގުގެ ހަ މެޗެއް ކުޅުނުއިރު ލަނޑު ޖެހުމަށް ފަހު ގިނަ ކުޅުންތެރިން ގައިގޯޅިވެ އުފާފާޅު ކޮށްފައެއް ނުވެއެވެ. އެކަމަކު ހޮނިހިރު ދުވަހުގެރޭ ހޮފެންހައިމް އަތުން 3-0 އިން ހާތާ ބާލިން މޮޅުވި މެޗުގައި އެ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އަދި މެޗަށް ފަހު ވެސް ވަރަށް ބޮޑަށް ގައިގޯޅިވެ ވަނީ އުފާފާޅުކޮށްފައެވެ.

ހާތާގެ ކުޅުންތެރިންގެ މެދުގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން ޑީއެފްއެލްގެ އޮފިޝަލަކު ބުނީ ގަވާއިދުތައް ހެދިއިރު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުން ދޭނެ އަދަބެއް ލިޔެވިފައި ނުވާ ކަމަށެވެ. އެކަމަކު ލަނޑު ޖެހުމަށްފަހު ކުޅުންތެރިން ގައިގޯޅިވެ އުފާފާޅު ނުކުރަން ވަނީ ލަފާ ދީފައެވެ.

ހާއްސަ އުސޫލުތަކެއް ކަނޑައެޅުމަށްފަހު ޖަރުމަން ލީގު ހޮނިހިރު ދުވަހު ފެށިއިރު، ޖޫން މަހުގެ 28 ވަނަ ދުވަހު ލީގުގެ ކުޅުން އެއްކޮށް ނިންމާލަން ޖަރުމަން ފުޓްބޯލް ލީގުން ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް ޔުނައިޓެޑްގެ އަދަބެއް ރޮނާލްޑޯއަށް

އަނެއްކާވެސް ޔުނައިޓެޑްގެ އަދަބެއް ރޮނާލްޑޯއަށް

18 ނޮވެމްބަރު 2022
ޓެން ހާގްގެ އަދަބެއް ޔުނައިޓެޑުގެ ކުޅުންތެރިންނަށް!

ޓެން ހާގްގެ އަދަބެއް ޔުނައިޓެޑުގެ ކުޅުންތެރިންނަށް!

15 އޯގަސްޓު 2022
ޗެމްޕިއަންސް ލީގު ނުލިބުނަސް ލިވަޕޫލްއިން އުފާފާޅުކުރާނެ

ޗެމްޕިއަންސް ލީގު ނުލިބުނަސް ލިވަޕޫލްއިން އުފާފާޅުކުރާނެ

26 މެއި 2022
ރެއާލްގެ ލެޖެންޑުންނާއެކު އަންޗެލޯޓީ އުފާފާޅުކޮށްފި

ރެއާލްގެ ލެޖެންޑުންނާއެކު އަންޗެލޯޓީ އުފާފާޅުކޮށްފި

03 މެއި 2022
ބޯޑާއި، ނަމާއި، ލޯގޯއާއި، ކުލަ ބަދަލުކުރިޔަސް ރޭޑިއަންޓަކަށް ދެން ފުރުޞަތެއް ނެތް!

ބޯޑާއި، ނަމާއި، ލޯގޯއާއި، ކުލަ ބަދަލުކުރިޔަސް ރޭޑިއަންޓަކަށް ދެން ފުރުޞަތެއް ނެތް!

20 އެޕްރީލު 2022

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު