Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ ޚަރަދު ކުޑަކުރުން

ކޮވިޑް-19: ޚަރަދު ކުޑަކުރުމުގެ ގޮތުން މުސާރައާއި އިނާޔަތަށް ގެނައި ބަދަލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

20،000ރ އިން ދަށް މުސާރަ ލިބޭ މީހުންގެ މުސާރަ އުނި ނުކުރޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 މެއި 2020 | އާދީއްތަ 08:34
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގެން މައުލޫމާތު ހިއްސާ ކޮށްދެއްވަނީ (ފައިލް ފޮޓޯ): ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރަން ވަރަށް ބޮޑަށް ގެން

ރާއްޖޭގައި ކޮވިޑް-19 ރޯގާ ފެތުރި، "ކޮމިއުނިޓީ ސްޕްރެޑް" އާއެކު ޙާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުން އުނިކުރުމަށް ނިންމާފައިވާ ގޮތުގެ ތަފުސީލު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެގޮތުން ފިނޭންސް މިނިސްޓްރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ލިޔުމުގައި ވާގޮތުން، ދައުލަތުގެ އެންމެހައި މުވައްޒަފުންގެ އަސާސީ މުސާރައިގެ ނިސްބަތުން އަސާސީ މުސާރައިން އުނިކުރަން ނިންމާފައި ވަނީ، 20،001ރ އަށްވުރެ މަތިން އަސާސީ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން ނެވެ.

Advertisement - newsAdvertisement

އަސާސީ މުސާރަ އުނިކުރާ މިންވަރަކީ:

1. 20،000ރ އަށްވުރެ ދަށް: 0 ޕަސެންޓް

2. 20،001ރ - 30،000ރ: 20 ޕަސެންޓް

3. 30،001ރ - 60،000ރ: 30 ޕަސެންޓް

4. 60،001ރ އަށްވުރެ މަތި: 35 ޕަސެންޓް

މިނިސްޓަރުގެ ނައިބާއި އެ ފެންވަރުގެ މަގާމުތަކުން ފެށިގެން މަތީ މަގާމުތަކުގެ ތެރެއިން، އަސާސީ މުސާރަ 20،000ރ އަށް ވުރެ ދަށްވިނަމަވެސް، އެމަގާމުތަކުގެ އަސާސީ މުސާރައިން %20 އުނިކުރުމާއި، އަދި މިނިސްޓަރުގެ ނައިބާއި އެފެންވަރުގެ މަގާމުތަކުން ފެށިގެން މަތީ މަގާމުތަކުގެ ތެރެއިން، އަސާސީ މުސާރަ 20،000ރ އަށްވުރެމަތި ސިޔާސީ މަގާމުތަކުގެ މުސާރަ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުނިކުރަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވަނީ، ދައުލަތުގެ އެންމެހާ މުވައްޒަފުންގެ ގެއަށް ގެންދަން ލިބޭ ޖުމުލަ މުސާރަ (ޓޭކް ހޯމް ޕޭ) އަށް ސީލިންގ އެއް ކަނޑައަޅާފަ އެވެ.

ޖުމުލަ މުސާރައިން އެންމެ ގިނައިން ގެއަށް (ޓޭކް ހޯމް ޕޭ) ގެންދެވޭނެ މިންވަރު:

1. އަސާސީ މުސާރަ 10،000ރ އަށް ވުރެ ދަށް: 25،000ރ

2. އަސާސީ މުސާރަ 10،001ރ - 15،000ރ: 30،000ރ

3. އަސާސީ މުސާރަ 15،001ރ - 20،000ރ: 35،000ރ

4. އަސާސީ މުސާރަ 20،001ރ - 25،000ރ: 40،000ރ

5. އަސާސީ މުސާރަ 25،001ރ - 30،000ރ: 45،000ރ

6. އަސާސީ މުސާރަ 30،001ރ - 40،000ރ: 50،000ރ

7. އަސާސީ މުސާރަ 40،001ރ - 50،000ރ: 55،000ރ

8. އަސާސީ މުސާރަ 50،001ރ - 60،000ރ: 60،000ރ

9. އަސާސީ މުސާރަ 60،001ރ - 80،000ރ: 65،000ރ

10. އަސާސީ މުސާރަ 80،001ރ އަށް ވުރެ މަތި: 70،000ރ

މިސާލަކަށް: އަސާސީ މުސާރައިގެ ގޮތުގައި 21،000ރ ލިބޭ ފަރާތަކަށް، އެހެން އެލަވަންސްތައް ހިމަނައިގެން ގެއަށް ގެންދަން ލިބޭ މުސާރަ 40،000ރ އަށްވުރެ މަތިނަމަ، އޭނާއަށް ޖުމުިލަ ލިބޭނީ 40،000ރ އެވެ. އަދި އޭނާގެ މުސާރަ އާއި އިނާޔަތްތައް މި ސީލިންގއަށް ވުރެ ދަށްނަމަ، ދޭނީ އެ އަދަދެކެވެ.

ނަމަވެސް ނޭޝަނަަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މުވައްޒަފުން އަދި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުން އެ އުސޫލުން އިސްތިޘްނާ ކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި އުސޫލަށް އަމަލު ކުރަން ނިންމާފައިވަނީ މެއި 2020ގެ މުސާރައިން ފެށިގެން ނެވެ. އަދި ގައުމަށް ދިމާވެފައިވާ އިގްތިޞާދީ ހާލަތާއި ދައުލަތުގެ މާލިއްޔަތަށް ދިމާވެފައިވާ ހާލަތަށް ރިއާޔަތްކޮށް، ފިނޭންސް މިނިސްޓްރީން ވަކިގޮތެއް އަންގަންދެން މި ފިޔަވަޅުތައް ދެމެހެއްޓުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ފިނޭންސް މިނިސްޓަރ އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މި ލިޔުމުގައި އެދިވަޑައިގަންނަވާފައި ވަނީ، މި އުސޫލުތަކާ އެއްގޮތަށް ސަރުކާރުން ކަނޑައަޅާ މަގާމުތަކުގެ މުސާރަތައް ބަދަލު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށާއި، މި އުސޫލުތަކަށް ރިއާޔަތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ދައުލަތުގެ މަގާމުތަކުގެ މުސާރަތައް، ފެނިވަޑައިގަންނަވާ ގޮތަކަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު