Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ބްރެޒިލްގެ ޙާލަތު

މަޤާމާ ޙަވާލުވެވަޑައިގެންތާ ދުވަސްކޮޅެއް ނުވަނީސް ބްރެޒިލްގެ ހެލްތް މިނިސްޓަރ އިސްތިއުފާ ދެއްވައިފި

ޖިމްތަކާއި، ސެލޫންތައް އަލުން ހުޅުވާލުމަށް ނިންމެވީ މަޝްވަރާ ކުރެއްވުމެއް ނެތި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މެއި 2020 | ހުކުރު 17:45
ބްރެޒިލްގެ ހެލްތް މިނިސްޓަރ ނެލްސަން ޓެއިޝް- މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެ ޤައުމުން އިސްތިއުފާދެއްވި ދެވަނަ ހެލްތު މިނިސްޓަރ

ބްރެޒިލްގެ ހެލްތް މިނިސްޓަރ ނެލްސަން ޓެއިޝް- މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެ ޤައުމުން އިސްތިއުފާދެއްވި ދެވަނަ ހެލްތު މިނިސްޓަރ

މަޤާމާ ޙަވާލުވެވަޑައިގެންތާ ދުވަސްތަކެއް ނުވަނީސް ބްރެޒިލްގެ ހެލްތް މިނިސްޓަރ ނެލްސަން ޓެއިޝް އިސްތިއުފާ ދެއްވައިފި އެވެ.

އެކަމާ ގުޅޭގޮތުން އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ޓެއިޝް އިސްތިއުފާ ދެއްވާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އައި ޓެއިޝް އިސްތިއުފާ ދެއްވާފައި ވަނީ, އޭނާގެ މަސައްކަތަށް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

އެގޮތުން ބްރެޒިލްގެ އިޤްތިސާދު އަލުން ހުޅުވާލުމުގައި ކުރަމުންދާ މަސައްކަތްތަކުގައި ޓެއިޝްގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ ބޮލްސޮނާރޯ ވަނީ ފާޑުވިދާޅުވެފަ އެވެ.

އިސްތިއުފާގެ ސިޓީ ފޮނުއްވުމަށްފަހު ޓެއިޝް ވަނީ އެކަމާއި ގުޅޭގޮތުން ފަހުގެ ވަގުތެއްގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެއިޝް ވިދާޅުވެފައިވަނީ ބްރެޒިލްގެ ޖިމްތަކާއި، ސެލޫންތައް އަލުން ހުޅުވާލުމަށް ބޮލްސޮނާރޯ ނިންމެވީ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުމެއް ނެތިކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ ފަރުވާއެއްގެ ގޮތުން "ހައިޑްރޮކްސީ ކްލޮރޯކުއިން" ބޭނުން ކުރުން އިތުރުކޮށް، ޤައުމު އަލުން ހުޅުވާލުމަށް ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތަށްވެސް ޓެއިޝް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ.

ޓެއިޝްގެ އިސްތިއުފާއާއެކު ބްރެޒިލްގެ ކެބިނެޓުގެ ބައެއް މެމްބަރުން މިހާރު ދަނީ ޑެޕިއުޓީ ހެލްތް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އެޑުއާޑޯ ޕަޒެއްލޯ ހެލްތް މިނިސްޓަރުކަމަށް އައްޔަނު ކުރުމަށް ގޮވާލަމުންނެވެ.

ޓެއިޝްއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބްރެޒިލް އިން އިސްތިއުފާދެއްވި ދެވަނަ ހެލްތް މިނިސްޓަރެވެ. އެގޮތުން މީގެ ކުރިން އެ މަޤާމުގައި ހުންނެވި ނެލްސަން މަންޑެޓާ ވެސް ވަނީ ބޮލްސޮނާރޯގެ ސިޔާސަތުތަކާ ދެކޮޅު ހެއްދެވުމުން މަޤާމުން ދުރުކުރައްވާފަ އެވެ.

ބްރެޒިލްގެ ޙާލަތު ގޯސްވަމުން އަންނައިރު، ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮނާރޯ ވިދާޅުވަމުން ގެންދަވަނީ މި ވައިރަސްއަކީ އާދައިގެ ރޯގާއެއް ކަމަށެވެ. ބޮލްސޮނާރޯ ގެންދަވަނީ އޭނާގެ އެޑްވައިޒަރުންނާއި، ސައިންޓިސްޓުން ދެއްވާ އިރުޝާދުތަކަށް އިންކާރުކުރައްވާ ގޮންޖައްސަވަމުންނެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!

06 ސެޕްޓެމްބަރު 2017
މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!
03 އޯގަސްޓު 2017

ކޮރަޕްޝަނުގެ ތުހުމަތުގައި ނެގި ވޯޓުން ބްރެޒިލްގެ ރައީސް ސަލާމަތްވެއްޖެ

03 އޯގަސްޓު 2017
ކޮރަޕްޝަނުގެ ތުހުމަތުގައި ނެގި ވޯޓުން ބްރެޒިލްގެ ރައީސް ސަލާމަތްވެއްޖެ
29 ޖުލައި 2017

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ

29 ޖުލައި 2017
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ
20 ޖުލައި 2017

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފި

20 ޖުލައި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފި
12 ޖުލައި 2017

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފި

12 ޖުލައި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު