Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވޫހާންގެ ރަށްވެހިން ކޮވިޑް-19 އަށް ޓެސްޓުކުރުން

10 ދުވަހުގެ ތެރޭގައި ވޫހާންގެ 11 މިލިއަން ރަށްވެހިން ޓެސްޓުކުރުމުގެ މަސައްކަތް ފަށަނީ

15 މެއި 2020 | ހުކުރު 08:46

ވޫހާންގެ އާބާދީ ޓެސްޓުކުރަން ނިންމީ އައު ކޭސްތަކެއް ފެނުމާއި ގުޅިގެން

އަމަން ހަލީމް
އަމަން ހަލީމް | 15 މެއި 2020 | ހުކުރު 08:46
ވޫހާންގައި ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި: ދުވާލެއްގެ މައްޗަށް ގިނަ ޓެސްޓުތަކެއް ހަދަން ވަނީ އަމާޒު ހިފާފައި

ވޫހާންގައި ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި: ދުވާލެއްގެ މައްޗަށް ގިނަ ޓެސްޓުތަކެއް ހަދަން ވަނީ އަމާޒު ހިފާފައި

ގިނަ ދުވަސްތަކަކަށް ފަހު، ވޫހާން އިން ކޮވިޑް-19 ޖެހިފައިވާ ބަޔަކު ފެނުމާއި ގުޅިގެން އެ އަވަށުގެ އާބާދީ އެއްކޮށް ޓެސްޓުކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފަށައިފި އެވެ.

ވޫހާން ގެ ޖުމުލަ އާބާދީ 11 މިލިއަނަށް އަރާއިރު، އެ ހުރިހާ އެންމެން ޓެސްޓު ކުރުމަށް ޗައިނާ ސަރުކާރުން ދިހަ ދުވަހުގެ މުހުލަތެކެވެ. މި މަސައްކަތް ފެށުމަށް ޗައިނާ ސަރުކާރުން ނިންމީ 35 ދުވަސް ފަހުން، ކުރިން ފެނުނު އެއްވެސް ކޭސްތަކަކާ ގުޅުމެއް ނެތް ހަ މީހަކަށް ވައިރަސް ޖެހުމާއި ގުޅިގެންނެވެ.

ޗައިނާ ސަރުކާރުގެ އިސްނެގުމަކަށް މި މަސައްކަތް ކުރަން ފަށާފައި ވަނީ، ދެވަނަ ރާޅެއް އައިސްފިނަމަ، ޗައިނާގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ދުރާލާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުންނެވެ. "10 ޑޭ ބެޓްލް" ނުވަތަ ދިހަ ދުވަހުގެ ހަނގުރާމައިގެ ގޮތުގައި ޗައިނާ ސަރުކާރުން މި މަސައްކަތް ސިފަކުރަމުން އަންނައިރު، ހުރިހާ ރައްޔިތުން މި މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވަނީ އެދިފަ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވައިރަސް އަށް ޓެސްޓުކުރެވިފައިވާ ފަރާތްތައް އުނިކުރުމުން ވެސް، ޗައިނާ އިން ދުވާލެއްގެ މައްޗަށް ހައްދަން ޖެހޭ ޓެސްޓުތަކުގެ އަދަދު 750،000ށް އަރަ އެވެ. އެންމެ ފަހުން އެ ގައުމުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވޫހާން ގެ ލެބޯރެޓަރީތަކުން ދުވާލެއްގެ މައްޗަށް ހެދޭނީ 100،000 ޓެސްޓެވެ.

ބެލެވޭ ގޮތުގައި ޗައިނާ ސަރުކާރުން ބޭނުންވާ އަދަދަށް ޓެސްޓު ހެއްދުމަށް އެ ގައުމުގެ އެހެން ސަރަހައްދުތަކާއި އަވަށްތަކުގައި ހުންނަ ލެބޯރެޓަރީތަކަށް ސާމްޕަލް ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދާނެ އެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިހާރު ވެސް އިތުރު ޓެސްޓު ހެއްދޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ.

ބީބީސީ އަށް މައުލޫމާތު ދެމުން ވޫހާން ޔުނިވަރސިޓީގެ ޔާންގ ޝަންކޫ ބުނީ، އައު ކޭސްތަކެއް ނުފެންނަ ކަމުގައި ވަނީ ނަމަ، ޓެސްޓު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. ޝަންކޫގެ ލަފައަކީ، އައު ކޭސްތައް ފެންނަ ސަރަހައްދުތައް ޓެސްޓު ކުރުމެވެ.

ޗައިނާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް ގެ އިސް އެޕިޑިއޮމޮލޮޖިސްޓް، ވޫ ޒުންޔޫ، ގެ ވިސްނުންފުޅު ވެސް ހުންނެވީ މި ގޮތަށެވެ. އެގޮތުން ދައުލަތުގެ މީޑިއާ، ސީސީޓީވީ، އަށް ދެއްވި ބަސްތީގަތުމެއްގައި ޒުންޔޫ ވިދާޅުވީ ގިނަ އަދަދެއްގެ ޓެސްޓުކުރަން ޖެހޭނީ ވަކި އާބާދީތަކަށް އިސްކަމެއް ދީގެން ކަމަށެވެ. އަދި މުޖުތަމައުގެ ތެރޭގައި ބަލި ނުފެންނަ އާބާދީތައް ޓެސްޓުކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޓެސްޓު ކުރުމުގައި އިސްކަން ދޭން ނިންމާފައިވާ ތަރުތީބު، ވޫހާން ސިޓީގެ ކަމާއިބެހޭ އިދާރާތަކުން ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ މަސައްކަތްތެރިންނެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ، އާބާދީ ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކޮވިޑް-19 އެންމެ ފުރަތަމަ ރިޕޯޓުކުރީ ޗައިނާގެ ވޫހާން ސިޓީންނެވެ. މިއާއެކު އެ ސިޓީ ލޮކްޑައުންކޮށް، ޗައިނާ ސަރުކާރުން ގިނަގުނަ ފިޔަވަޅުތަކެއް އެޅި އެވެ. މިހާރު ގިނަ ކަންކަމަށް ލުއިތަކެއް ދީފައި ވާއިރު، ގިނަ ރައްޔިތުން އަދިވެސް އިޚުތިޔާރު ކުރަނީ ގޭގައި ތިބުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް