Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމު ހޯދަމުންދާ ދަރިވަރުންނަށް އެހީ

ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހޯދަމުންދާ ދަރިވަރުންނަށް ފައިސާ ދިނުމުގެ އުސޫލު އާންމުކޮށްފި

14 މެއި 2020 | ބުރާސްފަތި 16:20

1 މެއި 2020 ގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރަކަށް ވާންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2020 | ބުރާސްފަތި 16:20
އެހީއަށް އެދި ހުށައަޅާ ފޯމު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީނގެ ވެބްސައިޓުން ލިބޭނެ، އަދި  މިނިސްޓްރީން އިއުލާނު ކުރާ ތާރީޚެއްގެ ނިޔަލަށް ފައިސާ ދޫކުރެވޭނެ

އެހީއަށް އެދި ހުށައަޅާ ފޯމު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީނގެ ވެބްސައިޓުން ލިބޭނެ، އަދި މިނިސްޓްރީން އިއުލާނު ކުރާ ތާރީޚެއްގެ ނިޔަލަށް ފައިސާ ދޫކުރެވޭނެ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައިވާ މަތީ ތައުލީމު ހޯދަމުންދާ ދަރިވަރުންނަށް ފައިސާ ދިނުމުގެ އުސޫލު އާންމުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ މިއުސޫލުގައިބުނެފައިވަނީ، ދިވެހިރާއްޖޭން ބޭރުގައި އަމިއްލަ ޚަރަދުގައި ނުވަތަ ސްޕޮންސަރޝިޕެއްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި އުސޫލުގެ ދަށުން ޝަރުތު ހަމަވާ ދަރިވަރުންނަށް ފައިސާގެ އެހީ ދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ދިވެހި ސަރުކާރުގެ ސްކޮލަރޝިޕެއް ނުވަތަ ލޯން އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، މި އެހީއަށް އެދި ހުށަހެޅޭނީ ސަރުކާރުން ދޭ ސްޕޮންސަރޝިޕް ނިމި އަދި ކޯސް ފުރިހަމަ ކުރުމަށްފަހު ކޮވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން ރާއްޖެ ނާދެވިފައިވާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

އަދި ފައިސާގެ އެހީ ދަރިވަރަށް ޖަމާ ކޮށްދޭނީ ކޮންމެ 14 ދުވަހަކުން އެއްފަހަރު، ދަރިވަރު އެކަމަށް އެދި އީމެއިލް އަކުން އެދުމުން އެއިރުގެ ހާލަތަށް ރިޢާޔަތް ކުރުމަށް ފަހު ކަމަށާއި، މިގޮތަށް ފައިސާގެ އެހީ ގިނަވެގެން ދެވޭނީ 2 މަސްދުވަހުގެ މުއްދަތަށްކަމަށް ހަޔަރ އެޑިއުކޭޝަނުން އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ފައިސާގެ އެހީގެ މިންވަރު ކަނޑައެޅުމުގައި، އެ ދަރިވަރެއް ކިޔަވަމުންދާ ޤައުމަށް ސަރުކާރުން ސްޓައިޕެންޑްގެ ގޮތުގައި ދުވާލަކަށް ކަނޑައެޅިފައިވާ ރޭޓަށް ރިއާޔަތް ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން، ދިރިއުޅުމުގެ ޚަރަދަށް ދުވާލަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރަށްވުރެ މަދުން ކަނޑައެޅިފައިވާ ޤައުމުތަކުގައި އުޅޭ ދަރިވަރުންނަށް ލިބޭނީ މިހާރުވެސް އެ ޤައުމަކަށް ދުވާލަކަށް ކަނޑައަޅާފައިވާ އަދަދު ކަމަށާއި، ނަމަވެސް ދިރިއުޅުމުގެ ޚަރަދުގެ ގޮތުގައި ދުވާލަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރަށްވުރެ ބޮޑުކޮށް ކަނޑައެޅިފައިވާ ޤައުމުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ދެވޭނީ 50.00 (ފަންސާސް) އެމެރިކާ ޑޮލަރުގެ ރޭޓުންކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި، މި އެހީއަށް އެދި ހުށައަޅާ ދަރިވަރަކީ 1 މެއި 2020 ގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރަކަށް ވާން ޖެހެއެވެ. އަދި އެ ދަރިވަރަކީ މިހާރުވެސް ރާއްޖެއިން ބޭރުގައި ހުރި ދަރިވަރަކަށް ވުންވެސް ލާޒިމު ކޮށްފައިވެއެވެ.

އެހީއަށް އެދި ހުށައެޅުމުގެ ފޯމު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައުމަށްފަހު އެކަން މިނިސްޓްރީން އިއުލާނު ކުރާ ތާރީޚެއްގެ ނިޔަލަށް ފައިސާ ދޫކުރެވޭނެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް