Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިހާރު ކުރިއަށްދަނީ 151 މަޝްރޫއު

މިހާރު ކުރިޔަށްދަނީ މަސައްކަތުގެ އެގެރީމެންޓް ކުރެވިފައިވާ 151 މަޝްރޫޢުއެއްގެ މަސައްކަތް އެކަނި: ޕްލޭނިންގ މިނިސްޓްރީ

14 މެއި 2020 | ބުރާސްފަތި 10:57

މިހާރު ކުރިއަށް ދަނީ އެގްރީމެންޓް ކުރެވިފައިވާ "އޮން ގޮއިންގ" މަޝްރޫތައް އެކަނި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 މެއި 2020 | ބުރާސްފަތި 10:57
ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް: ގިނަ މަޝްރޫއުތަކުގެ މަސައްކަތްތައް ކޮވިޑް-19 އާގުޅިގެން މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވި

ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް: ގިނަ މަޝްރޫއުތަކުގެ މަސައްކަތްތައް ކޮވިޑް-19 އާގުޅިގެން މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވި

ކޮވިޑް-19ގެ މި ޙާލަތުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ ވަރަށް ގިނަ މަޝްރޫޢުތައް ހުއްޓިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެގްރީމެންޓް ކުރެވިފައިވާ "އޮން ގޮއިންގ" 151 މަޝްރޫޢުތައް އެކަނި ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އާއި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އަދި އެމިނިސްޓްރީގެ ކަމާބެހޭ ބޭފުޅުން ވަނީ އެ މިނިސްޓްރީ ހިންގަމުންދާ އަދި މަޑު ޖައްސާލާފައިވާ މަޝްރޫޢުތަކާއި އަދި އެމިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ކޮމެޓީއާ ހިއްސާ ކޮށްދެއްވާފަ އެވެ.

Advertisement - newsAdvertisement

މިގޮތުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ކޮވިޑް-19ގެ މިހާލަތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެސް ވިދާޅުވި ފަދައިން އެމިނިސްޓްރީން ދިޔައީ، އެ މިނިސްޓްރީގެ ޕްލޭނާ އެއްގޮތަށް މަޝްރޫޢުތައް ހިންގުމުގެ މަސައްކަތްތައް ކުރަމުން ކަމަށެވެ. ނަމަވެސް ކޮވިޑް-19 ޙާލަތު މިހާރު ބަދަލުވެފައި ވާތީ، މިހާރު ޕްލޭނިންގ މިނިސްޓްރީން ކުރިއަށް ގެންދަނީ ހަމައެކަނި އެގްރީމެންޓް ކުރެވިފައިވާ މަޝްރޫޢުތައް އެކަނި ކަމަށެވެ. އަދި ޑެންޓަރިންގ ސްޓޭޖްގައި ހުރި މަސައްކަތްތަކާއި އެގްރީމެންޓާ ހަމައަށް ދިއުމަށް ހުރި ހުރިހާ މަޝްރޫޢުތަކެއް މިހާރު މަޑު ޖައްސާލާފައި ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ޕްލޭނިންގ ސްޓޭޖުގައިވާ 123 މަޝްރޫޢާއި ޓެންޑަރިންގ ސްޓޭޖުގައި އޮތް 45 މަޝްރޫޢާއެކު ޖުމުލަ 168 މަޝްރޫޢެއްގެ މަސައްކަތްތައް ދެން ކުރިއަށް ގެންދެވޭނީ ކޮވިޑް-19 ގެ މި ޙާލަތުން އަރައިގަނެވި، މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލާފަ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫޢެއް އުނިކުރަން ނިންމާފައި ނުވާކަމަށާއި މިވަގުތަށް މަޑުޖައްސާލެއްވީ ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ކޮމެޓީއަށް ހިއްސާކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ބަނދަރު ހެދުމުގެ މަޝްރޫތުތަކުގެ ތެރެއިން އެގްރީމެންޓްގައި ސޮއި ކުރެވިފައިވާ، ރަށްތަކުގެ ތެރެއިން 29 ރަށުގެ ޢަމަލީ މަސައްކަތް ކުރިއަށް ދެއެވެ. އަދި އެގްރީމެންޓުގައި ސޮއިކުރެވި، މިހާތަނަށް ޢަމަލީ މަސައްކަތް ނުފެށޭ 20 ރަށެއް ވާއިރު، 22 ރަށެއްގެ މަޝްރޫއު ޓެންޑަރ މަރުޙަލާގައިވާ ކަމަށާއި، ޓެންޑަރ މަރުޙަލާއަށް ފޮނުވަން 29 ރަށެއް ވާކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތުތަކުގައި ވެއެވެ.

މަގު ހެދުމުގެ މަޝްރޫޢުތަކަށް ބަލާއިރު، ޢަމަލީ މަސައްކަތް ފަށާފައިވަނީ 7 ރަށެއްގަ އެވެ. އެއީ، ފުވައްމުލައް ސިޓީއާއި ބ. އޭދަފުށި، ހދ. ހަނިމާދޫ، ރ. ދުވާފަރު، ސ. ހުޅުދޫމީދޫ، ލ. ފޮނަދޫ އަދި ރ. އުނގޫފާރު އެވެ.

މަގުހެދުމުގެ މަޝްރޫޢުތަކުގެ ތެރެއިން، އެގްރީމެންޓުގައި ސޮއި ކުރެވި، ޢަމަލީ މަސައްކަތް ނުފެށޭ 5 ރަށެއް ހިމެނޭއިރު، އިނީޝިއަލް ޑިޒައިން އަދި ސަރވޭ ކުރުމުގެ މަސައްކަތުގެ މަރުޙަލާގައި 8 ރަށެއް ހިމެނެއެވެ.

އައްޑޫ ސިޓީގެ ރަށްތަކުގެ މަގުހެދުމުގެ މަޝްރޫޢުގެ އެގްރީމެންޓުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ސޮއިކޮށް، ސަރވޭ ކުރަން ފަށާފައިވާކަމަށާއި، އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ޑީޓެއިލް 'ޕްރޮޖެކްޓް ރިޕޯޓް' ހުށަޙަޅާފައިވާ ކަމަށާއި، އެރިޕޯޓު މުރާޖަޢާކޮށް އަލުން އިންޑިއަން އެގްޒިމް ބޭންކަށް ހުށަހަޅާފައިވާ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މަގުހެދުމުގެ މަޝްރޫއުތަކުގެ ތެެރެއިން ޓެންޑަރ މަރުޙަލާގައި ވަނީ ތ. މަޑިފުށި އެކަންޏެވެ. އަދި ޓެންޑަރ މަރުޙަލާއަށް ފޮނުވަން 15 ރަށެއް ހިމެނޭކަމަށްވެސް ޕްލޭނިންގ މިނިސްޓްރީ ހާމަކޮށްފައި ވެއެވެ.

ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން، އެގްރީމެންޓުގައި ސޮއި ކޮށް، ޢަމަލީ މަސައްކަތް ކުރިއަށް ދަނީ 24 ރަށެއްގަ އެވެ. އަދި މިދިޔަ އަހަރު ސޮއިކުރެވިގެން ބޭރުގެ އެހީތެރިކަމާއެކު މަސައްކަތް ކުރިއަށް ގެންދާ 21 ރަށެއް ހިމެނެ އެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ މަޝްރޫޢު ސޮއިކުރުމަށް ތައްޔާރު ވެފައިވާ 5 ރަށެއްވެސް ހިމެނެ އެވެ.

ޕީއެސްއައިޕީގެ ދަށުން މިދިޔަ އަހަރު ސޮއިކުރެވިގެން ފެނާއި ނަރުދަމާގެ 11 މަޝްރޫޢެއް ކުރިއަށް ދާއިރު، އެގްރީމެންޓުގައި ސޮއިކުރެވި، މަސައްކަތް ފެށުމަށް ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރެވެމުންދާ 24 ރަށެއް ހިމެނެއެވެ.

މީގެއިތުރުން ޕްލޭނިން މިނިސްޓްރީން ބުނީ، އިންޑިއަން އެގްޒިމް ބޭންކަށް ހުށަހަޅައިގެން ކުރިއަށްދާ 34 މަޝްރޫޢުގެ، ޑީޓެއިލް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރު) ތައްޔާރުކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު 14 ގައި ސޮއި ކުރެވިފައިވާ ކަމަށެވެ. އަދި އެ ރަށްތަކުގެ ސަރވޭ ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ޑީޕީއާރު ފުރަތަމަ ރިޕޯޓު ލިބި، ރިވިއުކޮށް، ފާހަގަވެފައިވާ ކަންކަން ކޮންސަލްޓަންޓާއި ހިއްސާކުރެވިފައިވާ ކަމަށެވެ. އަދި ރިވައިޒްޑް ޑީޕީއާރު ރިވިއު ކުރަމުންދާ ކަމަށާއި ރިވައިޒް ކުރަންޖެހޭ ލޭންޑް އެލޮކޭޝަންތައް ރިވިއުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އޮފިޑްގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 8 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ވަނީ ޓެންޑަރ މަރުޙަލާގަ އެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޓެންޑަރ ކުރެވިފައިވާ 11 މަޝްރޫޢެއް ހިމެނޭއިރު، ޑިޒައިން އެންޑް ބިލްޑް އުޞޫލުން ޓެންޑަރ ކުރެވިފައިވާ ފެނާއި ނަރުދަމާގެ 18 މަޝްރޫޢު ހިމެނެއެވެ.

މިއަހަރު ޕީއެސްއައިޕީގައި ހިމެނިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން 5 މަޝްރޫޢެއް ޓެންޑަރ އަށް ފޮނުވުމުގެ މަރުޙަލާގައިވާ ކަަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މީގެއިތުރުން ބިން ހިއްކުގެ މަޝްރޫޢުތަކާއި ކޯސްޓަލް ޕްރޮޓެކްޝަން (ގޮނޑުދޮށް ހިމާޔަތްކުރުން) މަޝްރޫޢުތަކާއި، ކޯޒްވޭ މަޝްރޫޢުތަކާއި، މާލެ-ތިލަފުށި ބްރިޖް މަޝްރޫޢު، މޯލްޑިވްސް އަރބަން ރެސިލިއަންސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އަދި ކޮވިޑް-19 އާއި ގުޅިގެން ކުރިއަަށް ގެންދާ މަޝްރޫޢުތައް ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތުތައް ޕްލޭނިންގ މިނިސްޓަރީން ވަނީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީއަށް ހިއްސާކޮށް ދެއްވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް