Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ޕޮޕްކޯން ޗިކަން

ކޭއެފްސީގެ ޕޮޕްކޯން ޗިކަން މީރުތަ؟ މިއޮތީ ގޭގައި ޕޮޕްކޯން ޗިކަން ތައްޔާރު ކުރާނެގޮތް!

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 14 މެއި 2020 | ބުރާސްފަތި 08:28
ޕޮޕްކޯން ޗިކަން، އެއަރފްރަޔަރ ކުކިންގ

ޕޮޕްކޯން ޗިކަން، އެއަރފްރަޔަރ ކުކިންގ

ކޭއެފްސީގެ ޕޮޕްކޯން ޗިކަންވަނީ މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކެއުމަކަށް ވެފައެވެ. ގިނަ ބަޔަކަށް ކަމުދާނެ ޕޮޕްކޯން ޗިކަން ގޭގަވެސް ފަސޭހަކަމާއިއެކު ތައްޔާރުކޮށްލެވިދާނެ އެވެ. މިއީ ހުރިހާ އުމުރު ފުރަޔަކަށް ކަމުދާނެ، ތައްޔާރު ކޮށްލަން ވަރަށް ފަސޭހަ ރެސިޕީ އެކެވެ.

އެންމެ ފުރަތަމަ ކުކުޅުކޮޅު ކިއުބްކޮށް ކޮށާލާފައި ތައްޓެއްގައި ލޮނު، ފިޔާ އަދި ލޮނުމެދު ޕައުޑަރ، މުގުރި މިރުސް، އަސޭމިރުސް، ޕެޕްރިކާ އަދި ގަރަމް މަސާލާކޮޅަކާ އެކު މިކްސްކޮށްލާށެވެ. މިކްސް ވުމުން ފުށްކޮޅު ބުރުވާލާފައި އެއްކޮށްލާށެވެ.

ވަކިން ދެތައްޓަކަށް ބިހާއި ފާރޮށި ކުނޑި އަޅާށެވެ. ކުކުޅުކޮޅު ބިސް ތަށިތެރެޔަށް ލާފައި ފާރޮށި ކުނޑިން ކޯޓު ކުރަމުންދާށެވެ. އިތުރަށް ކްރަންޗީކުރަން ބޭނުމިއްޔާ ޑަބަލްކޮށް ކޯޓުކުރާށެވެ.

10 ވަރަކަށް މިނެޓް ކުކުޅުކޮޅު ރެސްޓުކުރުމަށް ފަހު ތެލުގައި ޑީޕް ފްރައި ކޮށްލާށެވެ. ކުކުޅުކޮޅު ރަނގަޅަށް ބްރައުން ވަންދެން ތެލުލާފައި، ޓިޝޫގަނޑެއްގެ މަތީގައި އަތުރާލާށެވެ.

ދެން ތައްޓެއްގައި އަތުރާލުމުން މިހިރީ މި ޑިޝް ތައްޔާރު ވެފައެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2020

ޗިކަން ވިތު ކްރީމް މަޝްރޫމް ސޯސް

30 އެޕްރީލު 2020
ޗިކަން ވިތު ކްރީމް މަޝްރޫމް ސޯސް
27 އެޕްރީލު 2020

ޗިކަން ނަގެޓްސް

27 އެޕްރީލު 2020
ޗިކަން ނަގެޓްސް
24 މެއި 2019

ޗިކަން ޕާމެޝަން ވިތް ޕާސްތާ

24 މެއި 2019
ޗިކަން ޕާމެޝަން ވިތް ޕާސްތާ
16 މެއި 2019

ޗިކަން ފްރައިޑް ރައިސް ރެސިޕީ

16 މެއި 2019
ޗިކަން ފްރައިޑް ރައިސް ރެސިޕީ
10 މެއި 2019

ޑެވިލްޑް ޗިކަން ރެސިޕީ

10 މެއި 2019
ޑެވިލްޑް ޗިކަން ރެސިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު