Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް ބެހެއްޓުން

މަސައްކަތްކުރާނީ އުނދަގޫ ތަކާއެކުވެސް މެދުކެނޑުމެއްނެތި ޓެސްޓްތައް ހެދުމަށް: އައްފާލް

ރާއްޖެ ގެނައި މެޝިން ޑިސްޓްރިބިޔުޓް ކުރަނީ އޭޑީކޭ ގްރޫޕްގެ އެހެން ކުންފުންޏަކުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 މެއި 2020 | ބުރާސްފަތި 03:29
އެޑީކޭގެ ޖެނަރަލް މެނޭޖަރ އަހްމަދު އައްފާލް އޭޑީކޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ

އެޑީކޭގެ ޖެނަރަލް މެނޭޖަރ އަހްމަދު އައްފާލް އޭޑީކޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އޭޑީކޭގައި މިހާރު ބެހެއްޓިފައިވާ މެޝިނުން މެދުކެނޑުމެއްނެތި ޓެސްޓްތައް ހެދުމުގެ މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް އެޑީކޭގެ ޖެނަރަލް މެނޭޖަރ އަހްމަދު އައްފާލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އޭޑީކޭގައި ވަނީ ދުވާލަކު 500 ޓެސްޓް ހެދޭ މެޝިނެއް ބަހައްޓާފަ އެވެ. އެމެޝިނުން އަންނަ ހަފުތާގައި ޓެސްޓްތައް ހަދަން ފެށޭނެކަމަށް އޭޑީކޭއިން ވަނީ ބުނެފަ އެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ކޮވިޑް-19 ގެ ޚާއްސަ ކަވަރޭޖް" ގައި ވާހަކަ ދައްކަވަމުން އައްފާލް ވިދާޅުވީ މިވަގުތު ދުނިޔޭގައިވެސް މިފަދަ މެޝިންތަކަށް ޑިމާންޑް ބޮޑުވެފައި ހޯދަން އުނދަގޫ ވެފައިވާއިރު މިމެޝިން ހޯދުމަށްވެސް އުނދަގޫތަކެއް ދިމާވި ކަމަށެވެ. ނަމަވެސް އޭޑީކޭ އާއި ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އޮންނަ ވިޔަފާރި ކުންފުނިތަކާއި ވާހަކަ ދައްކައިގެން ވީހާވެސް އަވަހަކަށް މެޝިން ލިބޭތޯ މަސައްކަތް ކުރަމުން ގެންދިޔަކަމަށް އައްފާލް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ އޭޑީކޭއިން ރާއްޖެ ގެނައި މެޝިން ޑިސްޓްރިބިޔުޓް ކުރަނީ އޭޑީކޭ ގްރޫޕްގެ އެހެން ކުންފުންޏަކުން ކަމަށެވެ.

އައްފާލް ވިދާޅުވީ މިހާރު ކުރިޔަށްދަނީ މެޝިން ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް މުވައްޒަފުންނަށް ދިނުމުގެ މަސައްކަތް ކަމަށެވެ. އަދި ޓެސްޓުތައް ހެދުމުގައި ލެބޯރެޓަރީގެ ބައެއް މުވައްޒަފުން އެކަމަށް ޚާއްޞަ ކުރެވިގެން މަސައްކަތް ކުރަމުންދާނެކަމަށް އައްފާލް ވިދާޅުވި އެވެ. އަދި މިމެޝިނަކީ ތަފާތު މެޝިނެއް ކަމުން ފަންނީގޮތުން ހޯދަންޖެހޭ ތަމްރީނުތަކެއް ހުރިކަމަށް އައްފާލް ވިދާޅުވި އެވެ.

މީގެ އިތުރުން އައްފާލް ވިދާޅުވީ އޭޑީކޭގައި ޓެސްޓުތައް ކުރިޔަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. ހޮސްޕިޓަލްގައި އާންމު ރައްޔިތުންނަށް ޚިދުމަތްތައް ވީހާވެސް ފުޅާދާއިރާއެއްގައި ދެވޭތޯ މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތަށް އަންނަ ބަލިމީހުން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަންޖެހޭ ކަމަށް އައްފާލް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ މިވަގުތު އޭޑީކޭގެ އަމާޒަކީ ސަރުކާރަށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި އެހެން ގޮތްގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް އައްފާލް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކުގެ ބޮޑުބައެއް މިވަގުތު ކޮވިޑް-19 ގެ ބަލި މީހުންނަށް ޚާއްޞަ ކުރެވިފައި ވާއިރު ކޮވިޑް-19 ނޫން އެހެން ބަލި މީހުންނަށް އޭޑީކޭގައި މިހާރުވެސް ފަރުވާދެމުން ގެންދާކަން އައްފާލް ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވަނީ ޓެސްޓިންގ ކެޕޭސިޓީ ނެތުމުގެ މައްސަލައެވެ. ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ވިދާޅު ވެފައިވަނީ މަސައްކަތް ކުރައްވަނީ ދުވާލަކު 1000 ޓެސްޓް ކުރިޔަށް އޮތްތަނުގައި ހެދުމަށް ކަމަށެވެ. މިހާރު ރާއްޖޭގައި ދުވާލަކު ހެދެނީ 350 އާއި 400 އާ ދެމެދުގެ އަދަދެއްގެ ޓެސްޓެވެ.

އިތުރަށް ކިޔާލަން

03 އޯގަސްޓު 2018

ރިލްވާނަށް އިންސާފު ހޯދުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރާނަން: ސިވިކަސް

03 އޯގަސްޓު 2018
ރިލްވާނަށް އިންސާފު ހޯދުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރާނަން: ސިވިކަސް
29 ޖުލައި 2018

އެއް ހަރުފަތް މިއަދު މިގިރާ ކުރެވުނީ، ކުރިއަށް އޮތީ ވަރަށް އުނދަގޫ ބުރަ މަސައްކަތްތަކެއް: އިބޫ

29 ޖުލައި 2018
އެއް ހަރުފަތް މިއަދު މިގިރާ ކުރެވުނީ، ކުރިއަށް އޮތީ ވަރަށް އުނދަގޫ ބުރަ މަސައްކަތްތަކެއް: އިބޫ
15 ޖުލައި 2018

އިންޖީނުގޭގެ ދުމާ ހެދި ސުކޫލު ކުދިންނަށް އުނދަގޫވާ މައްސަލަ މިހަފްތާގެ ތެރޭގައި ހައްލު ކުރާނެ: ކައުންސިލް

15 ޖުލައި 2018
އިންޖީނުގޭގެ ދުމާ ހެދި ސުކޫލު ކުދިންނަށް އުނދަގޫވާ މައްސަލަ މިހަފްތާގެ ތެރޭގައި ހައްލު ކުރާނެ: ކައުންސިލް
03 މާރިޗު 2018

މީހުން ހައްޔަރުކުރުން އަވަސްކަމުން ހައްޔަރުކުރި މީހުން ދެނެގަންނަން ވެސް އުނދަގޫ: އެމެރިކާ ސަފީރު

03 މާރިޗު 2018
މީހުން ހައްޔަރުކުރުން އަވަސްކަމުން ހައްޔަރުކުރި މީހުން ދެނެގަންނަން ވެސް އުނދަގޫ: އެމެރިކާ ސަފީރު
17 ޖެނުއަރީ 2018

ކުޅުދުއްފުށި ހޮސްޕިޓަލުން ކުރިން ހެދި ބައެއް ޓެސްޓްތައް މިހާރު ނުހެދޭ، އެކަމަކު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަގުމަތީގައި!

17 ޖެނުއަރީ 2018
ކުޅުދުއްފުށި ހޮސްޕިޓަލުން ކުރިން ހެދި ބައެއް ޓެސްޓްތައް މިހާރު ނުހެދޭ، އެކަމަކު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަގުމަތީގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު