Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދީބުގެ ބޭސްފަރުވާ

އަދީބުގެ ހާލުކޮޅު ގޯސްވެ، އުނދަގޫތައް ކުރިމަތިވާތީ ބޯ ބާލައިފި

އަދީބު ކެންސަރަށް ސްކްރީން ކުރުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދީފައިވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 ޖެނުއަރީ 2018 | އަންގާރަ 08:17
ކުރީގެ ނައިބު ރައީސް އަހުމަދުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ

ކުރީގެ ނައިބު ރައީސް އަހުމަދުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ، އުނދަގޫތަކާއި ކުރިމަތިވާތީ އެމަނިކުފާނުގެ ބޯ ބާލައިފި އެވެ.

އަދީބުގެ އަރިސް ބޭފުޅަކު ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި، އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެ އެކި ގޮތްގޮތުން އުނދަގޫތަކާއި ދަނީ ކުރިމަތިވަމުންނެވެ. އެހެންވެ، މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނުގެ ބޯ ބާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބުގެ ހާލުކޮޅު ގޯސްވަމުންދާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ މައުލޫމާތުތައް ވަރަށް އަވަހަށް މީޑިއާއާ ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލަކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.

އަދީބުގެ ވަކީލުންނާއި އާއިލާއިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނީ، އެމަނިކުފާނު ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާއިރުވެސް ކެންސަރަށް ސްކްރީން ކޮށްފައިނުވާތީ އެވެ. އަދީބުގެ ބޭބޭފުޅެއް ވެސް ކެންސަރު ބަލީގައި ނިޔާވެފައިވެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ މައްސަލަ ވަނީ އެޗްއާރްސީއެމަށް ވެސް ހުށަހަޅާފަ އެވެ. އަދީބުގެ އާއިލާއިން އެޗްއާރްސީއެމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެކަމުގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާއެއްގެ ސަމާލު ކަމަށް އެކަަންކަން ގެނެސްފައިވާ ކަމަށާއި އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެ ކަމަށް އަންގާފައިނުވާ ކަމަށެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ އަދީބު ފިއްލަވާފާނެ ކަމަށް ބުނެ ސަރުކާރުން ވަނީ ރާއްޖެއިން ބޭރަށް އަދީބު ގެންދިއުމުގެ ހުއްދަ ނުދޭން ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ، އަދީބު ފިއްލަވައިފިނަމަ ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ދައުލަތުން އަދީބު ނެންގެވި ހުރިހާ ފައިސާއެއް އަނބުރާ ދެއްކެވުމަށް ފަހު، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވަންވީ ކަމަށެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް އަދީބު ފޮނުވައިދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ވަނީ މައްސަލަ ވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުގައި ދަނީ ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2017

އަދީބުގެ ލޮލަށް ދަނީ ގޮތް ނޭނގޭ ބޭހެއް އަޅަމުން:ވަކީލު

17 ޖޫން 2017
އަދީބުގެ ލޮލަށް ދަނީ ގޮތް ނޭނގޭ ބޭހެއް އަޅަމުން:ވަކީލު
17 ޖޫން 2017

އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު

17 ޖޫން 2017
އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު
15 ޖޫން 2017

އަދީބުގެ އާއިލާއިން ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލުކުރަން ހުށަހަޅައިފި

15 ޖޫން 2017
އަދީބުގެ އާއިލާއިން ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލުކުރަން ހުށަހަޅައިފި
14 ޖޫން 2017

އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ

14 ޖޫން 2017
އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ
13 ޖޫން 2017

އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

13 ޖޫން 2017
އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު