Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓ

ރިޔާސީ އިންތިހާބުގައި މަސައްކަތްކުރާނީ އެކުގައި، ކުރިއަށްދާނެ ގޮތާމެދު މަޝްވަރާ ފަށައިފިން: އިދިކޮޅު އިއްތިހާދު

1 ނޮވެމްބަރު 2017 | ބުދަ 14:53

އެއްކޮށް ކުރިއަށް ދިއުމަށް ޕާޓީތަކުންވެފައިވާ އެއްބަސްވުމާއެކު އަދިވެސް ތިބި ކަމަށް ބުނި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 1 ނޮވެމްބަރު 2017 | ބުދަ 14:53
ގުޅިފައިވާ އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއްގައި އިސްވެރިން ބައިވެރިިވެވަޑައިގަންނަވަނީ

ގުޅިފައިވާ އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއްގައި އިސްވެރިން ބައިވެރިިވެވަޑައިގަންނަވަނީ

އަންނަ ރިޔާސީ އިންތިހާބުގައި ވެސް މަސައްކަތްކުރާނީ އެއްކޮން ކަމަށާއި އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާމެދު ދަނީ ޕާޓީތަކުގައި މަޝްވަރާ ކުރަމުން ކަމަށް ސަރުކާރާ އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާމެދު ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ކޯލިޝަނުގެ އެންމެ އިސް ލީޑަރުންގެ މެދުގައި ވެސް މި މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

" މީގައި ދިވެހި ރައްޔިތުންނަށް އޮތް އުފާވެރި ހަބަރަކީ ﷲގެ ހެޔޮ ރަހްމަތްފުޅާއެކު މިކުރާ މަސައްކަތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހިސާބަށް ވެސް ދާނީ މިހާރު ގުޅިފައިވާ ޕާޓީތަކުގެ ގުނަންތަކުން އެއް ވިސްނުމެއްގައި މަސައްކަތްކުރާ، މި ގައުމަށް އެންމެ ފައިދާހުރި ގޮތަކަށްކަން. އަދި އަޅުގަނޑުމެންގެ މި ގުޅުންމަތީގައި ތިބެގެން ކުރިއަށްދާނީ އެއީ އެއީ ވަރަށް ޔަގީން ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވަނީ އިދިކޮޅު އިއްތިހާދުގެ ގުޅުން ބައި ބައި ކުރުމަށް ރައީސް އަބްދުﷲ ޔާމިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ތުހްމަތު ކުރައްވާފަ އެވެ. އެހެން ނަމަވެސް އިދިކޮޅު ހުރިހާ ފަރާތްތަކުން މީގެ ކުރިން އެއްބަސްވެފައިވާ ގޮތަށް އަދިވެސް ތިބީ ހުރިހާ ކެނޑިޑޭޓުނަށް ކުރިމަތިލެއްވޭނެ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތުގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2019 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ވެސް ޕާޓީތަކުގެ މެދުގައި މަޝްވަރާކުރާނެ އެވެ.

ހަމަ އެހެންމެ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސް ކޮރަޕްޝަން އާންމުވެފައިވާއިރު މިކަން ކަން ހުއްޓުވޭނީ މި ސަރުކާރު ބަދަލު ކުރުމަށް އެންމެން އެއްކޮން މަސައްކަތް ކޮށްގެން ކަމަށް އިދިކޮޅު އިއްތިހާދުން ގަބޫލުކުރާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ އަންނަ ރިޔާސީ އިންތިހާބުގެ މިނިވަންވާނެ ކަމާމެދު ސުވާލު ނުއުފެއްދުމަށް އެދި އިލެކްޝަނުން ނެރުނު ބަޔާނަށް ރައްދުދެއްވާފަ އެވެ. އެގޮތުން މިހާރު އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކާމެދު އަމަލުކުރަމުންދާ ގޮތުންނާއި ސިޔާސީ މަޝްރަހް އޮތް ގޮތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

" އިލެކްޝަންސް ކޮމިޝަނުން އެ ވިދާޅުވާ ގޮތަށް 2018 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާކޮޅު ވޯޓު ފޮއްޓަށްލާއިރު އެތަނުގައި ފުލުހުން ވޯޓުލާ މީހާގެ ބޮލުގައި ބަޑި ޖައްސާފައި ނެތުމަކީ އެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމެއް ނޫން. އަދި ހުރިހާ ކަމެއް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތައް ސިޔާސީ ޕާޓީތަކަށް ފޯރުކޮށްދެވުނީމަ ނޫނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުނު ކަމަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލެއް ނުކުރެވޭ،" ހަސަން ލަތީފު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މެމްބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އިއްތިހާދުގެ ހުރިހާ ބައިވެރިންވެސް ތިބީ މިއަހަރުގެ މާޗް 24 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެއްކޮން ކުރިއަށްދާ ގޮތަށް ކަމަށެވެ. މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން އަނާރާވެސް ވިދާޅުވީ ދައުލަތުގެ މީޑިޔާ ވަކި ފަރާތަކަށް ބުރަވެ އޮވެ ހަބަރާ މައުލޫމާތު ގެނެސްދިނުމަކީ މިނިވަން އިންތިހާބަށް އެޅޭނެ ހުރަހެއް ކަމަށެވެ.

" ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ހުރިހާ ރައްޔިތުން ވެސް އުއްމީދު ކުރައްވާށޭ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު މިނިވަން ކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ ރައްޔިތުންގެ އެއްބާރުލުން ދެއްވާށޭ،" އަނާރާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން އަމިނަތު ނާދިރާ މި ބައްދަލުވުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމަކީ އެ ދާއިރާތަކުގެ އަޑު ކަނޑުވާލުން ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަން ހާޒިރުކުރާން ޖެހުނު ކޮންމެ ތަނަކަށް ހާޒިރުކޮށް ޒިންމާދާރު ކުރުމަށް އިދިކޮޅު އިއްތިހާދުން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްތިހާދުން މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ޕާޓީތަކުން ބޭނުންވާ ކެނޑިޑޭޓަކަށް ކުރިމަތިލެވޭނެ މިނިވަން ސިޔާސީ މަހައުލެއް ރާއްޖޭގައި ގާއިމުކުރެވޭނީ އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރެ، މި ސަރުކާރު ބަލިކޮށްގެން ކަމަށް އިދިކޮޅު ބައެއް ލީޑަރުން ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް