Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުވަނީގެ މައްސަލަ

އިންތިހާއަށް ހުވަނި އިތުރުވެ، ވޭމަންޑޫ ރައްޔިތުންގެ އާންމު ދިރިއުޅަމަށް އުނދަގޫތަކެއް!

27 ޖޫން 2017 | އަންގާރަ 14:35

800 މީހުން ސިއްހީ މައްސަލަތައް ދިމާވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 ޖޫން 2017 | އަންގާރަ 14:35
ވޭމަންޑޫގައި ހުވަނި އަޅާފައިވާ ގަހެއް

ވޭމަންޑޫގައި ހުވަނި އަޅާފައިވާ ގަހެއް

ތ އަތޮޅު ވޭމަންޑޫގައި ހުވަނި ގިނަވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސް އެޅިފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފަތުހީ ވިދާޅުވީ، ވޭމަންޑޫގައި ހުވަނި އާލާވެ، ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ގާތްގަނޑަކަށް ހުރިހާ ގަހެއްގައި ހުވަނި އަޅާފައިވާ އިރު ގިނަ ގަސްތަކެއް ހަލާކުވެފައިވާ ކަމަށެވެ. ފަތުހީ ވިދާޅުވީ، މިކަން ހައްލު ކުރުމަށް ރަށު ފެންވަރުގައި ހުވަޅި އަޅާފައިވާ ގަސްތަކަށް ބޭސް ސްޕްރޭ ކުރުމުގެ މަސައްކަތްތައް ކައުންސިލުން ކުރަމުންދިޔަ ނަމަވެސް، މިކަން ރަށު ފެންވަރުގައި ހައްލު ކުރެވޭ ވަރަށްވުރެ ހާލަތު ގޯސްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރަށުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން 50 އިންސައްތަ އަކީ ދަނޑުވެރިކަން ކަމުގައިވާއިރު، ރަށުގެ ހުރިހާ ދަނޑުތަކެއްގައި ހުވަނި އަޅާފައިވާ ކަން ފަހުމީ ފާހަގަކުރެއްވިއެވެ.

މިކަން ހައްލު ކުރުމަށްޓަކާއި އެކި ފަހަރު މަތިން ސަރުކާރުގެ އިދާރާތަކުގައިވެސް އެހީތެރިކަމަށް އެދިފައިވާނެ ކަމަށާއި އެގޮތުން މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރަށް ސިޓީ އަކުން އެކަން ދެންނެވުމުން، އެކަމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް އަންގާފައިވާ ކަމަށް ފަތުހީ ވިދާޅުވިއެވެ. އެހެން ނަމަވެސް ހުވަނި އިތުރުވެފައިވާލެއް ބޮޑުކަމުން، މިކަން ހައްލު ކުރުމަށް ކައުންސިލަށް ބޮޑެތި އުނދަގޫތަކަކާއި ދިމާވާމުންދާކަމަށް އޭނާ ވދިާޅުވިއެވެ. އެގޮތުން ރަށުގެ ވަލު ސަރަހައްދުގައި އާލާވާ ހުވަނިތައް ނައްތާލުމަށް އުނދަގޫވެފައިވާކަން ފަތުހީ ފާހަގަކުރެއްވިއެވެ.

ފަތުހީ ވިދާޅުވީ، ހުވަނި އިތުރުވެފައިވާލެއް ބޮޑުކަމުން ގަސްތަކުގެ އިތުރަށް ގޭގޭގެ ފުރާޅުތަކުގައިވެސް ހުވަނި އާލާވަމުންދާ ކަމަށެެވެ. ހުވަނީގެ މައްސަލަ 2015 ވަނަ އަހަރުން ފެށިގެން އެރަށަށް ދިމާވަމުންދާ ކަމަށާއި އެހެން ނަމަވެސް މިއަހަރު ފެށުނީއްސުރެ ރައްޔިތުންނަށް އުނދަގޫވާ ދަރަޖައަށް މިކަން ގޮސްފައިވާ ކަމަށް އޭނާ ވދިާޅުވިއެވެ.

ހުވަނީގެ ސަބަބުން ތަފާތު ސިއްހީ މައްސަލަތައްވެސް ދިމާވަމުންދާ ކަަމަށް ފަތުހީ ވިދާޅުވިއެވެ.

އެގޮތުން ރަށުގެ އާބާދީ އަކީ 1200 މީހުން ކަމުގައިވާއިރު މިވީ ދުވަސްތަކުގައި 800 އަށް ވުރެ ގިނަ މީހުންނަށް ހުވަނީގެ ސަބަބުން ސިއްހީ އެކި އުނދަގޫތަކާއި ކުރިމަތިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ހައްލު ކުރުމަށް އެންމެ އެކަށީގެންވާ މިންވަރަށް، ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކުގެ އެހީތެރިކަން ނުލިބޭކަމަށް ވޭމަންޑޫ ކައުންސިލުން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް