Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލިދޫ ކަރަންޓީން ފެސިލިޓީ

ވެލިދޫ ކަރަންޓީންގައި މަސައްކަތް ކުރާ 2 މީހަކާމެދު "ޝަކުވާ"އެއް ހުށައެޅިފައިވޭ: ފުލުހުން

އެފަދަ މައްސަލައެއް ތަހުޤީޤު ކުރަމުން ނުދާކަމަށް ފުލުހުން ކުރިން ބުނި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2020 | އަންގާރަ 12:21
ވެލިދޫ އައިލެންޑް ރިސޯޓް- މި ރިސޯޓް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ދަނީ ބޭނުން ކުރަމުން، އަދި މިހާރުވެސް ގިނަ އަދަދެއްގެ ޕޮޒިޓިވް ބަލި މީހުން ވަނީ ބައިތިއްބާފައި

ވެލިދޫ އައިލެންޑް ރިސޯޓް- މި ރިސޯޓް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ދަނީ ބޭނުން ކުރަމުން، އަދި މިހާރުވެސް ގިނަ އަދަދެއްގެ ޕޮޒިޓިވް ބަލި މީހުން ވަނީ ބައިތިއްބާފައި

ކޮވިޑް-19 ގެ ކަންކަމަށް ބޭނުންކުރާ ވެލިދޫ އައިލެންޑް ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ 2 މީހަކާ މެދު ޝަކުވާއެއް ހުށައެޅިފައިވާ ކަން ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތްކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް އޮފިސަރު، ދަންވަރުގެ ވަގުތުގައި އެކަހެރިކޮށް ބައްދަލުކުރި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އަންގާރަ ދުވަހުގެ ހެނދުނު ފުލުހުން ބުނެފައިވަނީ، ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާޢީ ކުށެއް، އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިނގައިގެން ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ތަހުޤީޤު ކުރަމުން ނުދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް އެ މައްސަލައިގައި ހިމެނޭ އަންހެން ޑޮކްޓަރުގެ ފިރިމީހާ އެ މައްސަލަ ހުށައެޅި ކަމަށާއި، ފުލުހުންނަށް ހުށަހެޅި މި މައްސަލަ، ހިމަނާފައި އޮތީ "އެހެނިކަން" ކެޓެގަރީގައި ކަން ރާއްޖެއެމްވީގައި ރިޕޯޓު ކޮށްފައި ވަނިކޮށް އަންގާރަ ދުވަހުގެ ހަވީރު ފުލުހުން ވަނީ އަނެއްކާވެސް މި މައްސަލައިގެ އިތުރު ތަފްސީލުތައް ހާމަކޮށްފައެވެ.

އެގޮތުން ފުލުހުން ބުނީ، ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކާމެދު ޝަކުވާއެއް ހުށައެޅި، އެކަމާ ގުޅޭގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި، ވެލިދޫ ކަރަންޓީން ފެސިލިޓީގައި ހުންނެވި އެމްއެންޑީއެފްގެ މޭޖަރެއްގެ ކޮޓަރިއަށް އަންހެން ޑޮކްޓަރަކު ދިޔަ މި މައްސަލައިގެ 'ސީން' އަށް ދިޔަ ފުލުހުން އެކަން ބަލަން ފެށުމާއެކު، އެ ރަށުގައި ތިބި ފުލުހުން އެހެން ތަންތަނަށް ބަދަލު ކުރުމަށް ނިންމާފައި ވާކަން އަންގާރަ ދުވަހު މެންދުރު ކުރިން އެންގި އެވެ. ނަމަވެސް، ފަހު ވަގުތުގައި އެ ނިންމުން ބަދަލުކޮށް، އެ އޮފިސަރުން ވެލިދޫގައި ބައިތިއްބާ ގޮތައް ވަނީ ހަމަ ޖައްސާފައެވެ.

ހާދިސާގެ ވާހަކަ އާޢްމު ވުމާއެކު 'ސީން' އަށް ދިޔަ ފުލުހުން އެހެން ތަންތަނަށް ފޮނުވާލުމަށް މަސައްކަތް ކޮށް އަދި އެފަދަ މައްސަލައެއް ތަހުޤީޤު ނުކުރާކަމަށް ފުލުހުން ކުރިން ބުނުމުން، މި ހިނގައިދިޔަ ކަންތައް ސިއްރު ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތަކެއް ފުލުހުންގެ މައްޗަށް ވަނީ ކުރެވިފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު