Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްޑޫސިޓީއަށް ދިމާވެފައިވާ ދަތިތައް

އައްޑޫސިޓީއަށް ބޭނުންވާ ސިއްހީ އާލާތްތައް ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ: ނައިބު ރައީސް

ބައްދަލުވުމުގައި އައްޑޫ ސިޓީގެ 7 ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 23:17
އައްޑޫ ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް ބިނާކުރާ ސަރަހައްދަށް ވަޑައިގަތުން

އައްޑޫ ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް ބިނާކުރާ ސަރަހައްދަށް ވަޑައިގަތުން

ކޯވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީއަށް ދިމާވާ ދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ ރައްޔިތުން މަޖިލީހުގެ 7 މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިންނާއި ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.

އޮންލައިންކޮށް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އައްޑޫ ސިޓީގެ 7 ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުން އަރިހުން އެބޭފުޅުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވަކިވަކީން އައްސަވާފަ އެވެ. އެގޮތުން އައްޑޫސިޓީގެ ހުރިހާ މެންބަރުންވެސް ވަނީ އައްޑޫގައި، ވީއެންމެ އަވަހަކަށް ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން މި ވަގުތު މާލެއިން ނުވަތަ ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ދާން ބޭނުންވާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލުތަކާ ބެހޭގޮތުން އެބޭފުޅުން ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފަ އެވެ. ހަމަ އެއާއެކު އެސިޓީގެ ރަށްރަށަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާބެހޭގޮތުންނާ، އައްޑޫސިޓީގައި ހަމަޖައްސަވާފައިވާ ކަރަންޓީން ފެސިލިޓީސްގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އަދި ހޮސްޕިޓަލުގެ ފަރާތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން އެކަންކަން ބައްލަވަމުން ގެންދަވާނެކަމަށާއި، އެން.އީ.އޯ.ސީ މެދުވެރިކޮށް އައްޑޫސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ބައިވެރިވަޑައިގެންފައިވާއިރު، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވަނީ ރަށްރަށަށް ކޯވިޑް-19 އާއި ގުޅިގެން ބޭނުންވާ ހުރިހާ މެޑިކަލް ސާމާނު ފޯރުކޮށްދެވިފައިވާކަން ޔަޤީންކޮށްދެއްވާފަ އެވެ. އަދި އައްޑޫއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޯވިޑް-19 ޓެސްޓް ހެދުމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް އެމަނިކުފާނު ވަނީ ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވާފަ އެވެ.

އަދި ސަރުކާރުން މިކަންކަން ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާނެކަމުގައި މިނިސްޓަރ ފާހަގަކުރައްވާފައި ވެއެވެ. އަދި ހަމަ އެއާއެކު މި ހާލަތުގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމަށާއި އެގޮތުން އޮންލައިންކޮށް ޑަކްޓަރުންނަށާއި ނަރުހުންނަށް މިހާރުވެސް ތަމްރީނު ދެއްމުންގެންދަވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާނަމަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދެވޭނެގޮތް އިންތިޒާމުކުރައްވާފައި ވާކަމުގައި މިނިސްޓަރ ވިދާޅުވި އެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުރިހާ ބޭފުޅުންވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި އައްޑޫ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ކަމާގުޅުން ހުރި އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތްކޮށްދެއްވާނެކަމަށް ނައިބުރައީސް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު