އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގައިފި
11 މެއި 2020 | ހޯމަ 19:00ސިއްހީ މަރުކަޒުން އިތުރު އެއްޗެއް ނުގެއްލޭ

އަމްނާ އިމާދު | 11 މެއި 2020 | ހޯމަ 19:00
މީގެ ކުރިން ވަގަށް ނަގާފައިވާ ތިޖޫރީއެއް ފުލުހުން ހޯދާފައި
އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒު ތިޖޫރީ ވަގަށް ނަގައިފި އެވެ.
ތިޖޫރީ ވަގައް ނަގާފައިވަނީ އެ މަރުކަޒުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މަރަދޫ ސިއްހީ މަރުކަޒުން ބުނެފައިވަނީ ތިޖޫރީ ފިޔަވައި އިތުރު އެއްޗެއް ނުގެއްލޭ ކަމަށެވެ. އަދި ވަގަށް ގެންދިޔަ ތިޖޫރީގައި ހުންނާނީ ގާތްގަނޑަކަށް 1000 ރުފިޔާ ކަަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގެ ތެރޭގައި ވެސް މަދުމަދުން ނަމަވެސް، ވައްކަމުގެ މައްސަލަތައް ފުލުހުންނަށް ވަނީ ރިޕޯޓްކުރެވިފަ އެވެ. ދާދި ފަހުން ގެއެށް ޑިސްއިންފެކްޓްކުރަން ކަމަށް ބުނެ ވަން ބަޔަކު ވަނީ، އެ ގޭގައި ހުރި މޯބައިލް ފޯނެއް ވަގަށް ނަގައިގެން ގެންގޮސްފަ އެވެ.





