ޅެން ހަދަން ދަސްކޮށްދޭ ކުލާހުގައި ބައިވެރިވުމަށް 400ށް ވުރެ ގިނަ މީހުން އެދިއްޖެ
11 މެއި 2020 | ހޯމަ 11:16420 މީހުން ނަން ހުށަހަޅާފައިވޭ


އެކަޑަމީގެ ރައީސް އަޝްރަފް އަލީ، ލޮކްޑައުން އާއި ގުޅިގެން އަދަބިއްޔާތާ ގުޅޭ ގިނަ ކޯސްތަކެއް ހިންގަން ނިންމާފައިވޭ
ޅެން ހެދުމުގެ ހުނަރު ދަސްކޮށްދޭ އޮންލައިން ކުލާހުގައި ބައިވެރިވުމަށް 400ށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެފިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ބުނީ 25 މީހުންގެ ޖާގައަށް ހުޅުވާލި ފުރުޞަތުގެ ސުންގަޑި ހަމަވީ އިރު 420 މީހުން ޅެން ހެދުމުގެ ހުނަރު ދަސްކޮށްދޭ އޮންލައިން ކުލާހުގައި ބައިވެރިވާން އެދިފައިވާ ކަމަށެވެ.
ހިލޭ ސާބަހަށް ކުރިއަށް ގެންދާ މިކުލާސްތަކުގައި ބައިވެރިވުމަށް ކުރިމަތިލީ ހުރިހައި ފަރާތްތަކައް ފުފުރުބަތު ދޭނެކަމަށް އެކަޑަމީން ބުނެއެވެ.
ޢާންމުކޮށް ހުޅުވާލައިގެން އޮންލައިގެ ޒަރީޢާއިން ކުރިޔަށްގެންދާ މި ކޯހަކީ ހުރިހާ އުމުރު ފުރަޔަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާ ކޮށްގެން ކުރިޔަށްގެންދާ ކޯހެކެވެ. މިއީ 20 ގަޑީއިރުގެ ކޯހެކެވެ.






