Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާގައި ތިބި ދިވެހިން ގެނައުން

އިންޑިއާގައި ތިބި 234 ދިވެހިން މިއަދު ރާއްޖެއަށް ގެނެވޭނެ: ފޮރިން މިނިސްޓްރީ

11 މެއި 2020 | ހޯމަ 11:35

އެއް ފްލައިޓްއަކީ މާލެއާ ޓްރިވެންޑްރަމްއާ ދެމެދުގެ ފްލައިޓެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މެއި 2020 | ހޯމަ 11:35
އިންޑިއާގައި ތިބި ދިވެހިން ގޮވައިގެން އަންނަ ފުރަތަމަ ފްލައިޓް ވަނީ ދަތުރު ފަށާފައި، ރާއްޖޭގައި ތިބި ޤައުމަށް ދާން ބޭނުންވާ އިންޑިއާ ރައްޔިތުން ފޮނުވާލުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުން

އިންޑިއާގައި ތިބި ދިވެހިން ގޮވައިގެން އަންނަ ފުރަތަމަ ފްލައިޓް ވަނީ ދަތުރު ފަށާފައި، ރާއްޖޭގައި ތިބި ޤައުމަށް ދާން ބޭނުންވާ އިންޑިއާ ރައްޔިތުން ފޮނުވާލުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުން

އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހޯމަ ދުވަހު ވެސް އިތުރު 234 ދިވެހިން ގެނެވޭނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.

ހޯމަ ދުވަހު ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދު ވިދާޅުވީ، ދިވެހިން ރާއްޖެއަށް ގެނައުމަށް ބާއްވާ ފުރަތަމަ ފްލައިޓް އިންޑިއާގެ ޓްރިވެންޑްރަމްއިން ފުރައިގެން ،މާލެއަށް ދަތުރު ފަށާފައިވާ ކަމަށާއި، އެ ފްލައިޓަކީ މާލެއާ ޓްރިވެންޑްރަމްއާ ދެމެދުގެ ފްލައިޓެއް ކަމަށެވެ. އަދި އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ޓްރިވެންޑްރަމަށް އައުމަށް ފަހު މާލެ ދަތުރުކުރާ ފްލައިޓެއް ހަވީރު އޮންނާނެކަމަށް މިއުވާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއުވާން ވިދާޅުވީ، ފުރަތަމަ ފްލައިޓުގައި 50 މީހުންނަށް ޖާގަ ދީފައިވާ ކަމަށާއި، ދެވަނަ ފްލައިޓުން އެއަށްވުރެ ގިނަ މީހުން އަންނާނެ ކަމަށެވެ. މި ދެ ފްލައިޓުން ޖުމުލަ 234 ދިވެހިން ރާއްޖެއަށް ގެނެވޭނެކަން މިއުވާން ފާހަގަކުރެއްވިއެވެ.

މިއުވާން ވިދާޅުވީ، އިންޑިއާގައި ތިބި ދިވެހިންގެ ތެރެއިން މިފަހަރު އިސްކަންދިނީ ކުރު މުއްދަތެއްގެ ވިސާގައި ގޮސް ތިބި ފަރާތްތަކަށާއި، ބޭސްފަރުވާއަށް ގޮސް ތިބި ފަރާތްތަކުގެ އިތުރުން، ލޮކްޑައުންގެ ސަބަބުން ބޭސްފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، އިންޑިއާގެ ދުރު ހިސާބުތަކުގައި ދިރިއުޅެމުންދާ ދިވެހިންނަށް ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިންޑިއަން ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށާއި، މިކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.

ލޮކްޑައުންގެ ޙާލަތުގައި ރާއްޖެއިން އެއްތަނުން އަނެއްތަނަށް ފުރުމުގައި ގޮންޖެހުންތައް ހުރިހެން މި މަސައްކަތުގައިވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އިންޑިއާގެ ވަކިވަކި ސްޓޭޓްތަކުން މީހުން އެއްކުރުމުގައިވެސް ދަތިތަކެއް ދިމާވިކަމަށާއި، ނަމަވެސް ޚާރިޖީ ވުޒާރާއާއި އިންޑިއާ ސަރުކާރު ގުޅިގެން އެ މަސައްކަތްތައް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

އިންޑިއާގެ ޕަންޖާބް ސްޓޭޓާއި، ކަލްކަތާ ސްޓޭޓާއި، ގުރްގާއޯން ސިޓީއާއި، ރިޝިކޭޝްއާއި، ނިއު ދިއްލީއާއި، ވެއްލޫރު ސިޓީއާއި، ޗެންނާއި ސިޓީއާއި، ޓްރިވެންޑްރަމް ސިޓީއާއި، ކޮޗިން ސިޓީއިން މީހުން ގެނައުމުގެ މަސައްކަތްތައް ފޮރިން މިނިސްޓްރީން ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް