Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުތައް ގެނައުން

މި މަހުގެ ތެރޭގައި 45 ވެންޓިލޭޓަރެއް ގެންނާނެ

10 މެއި 2020 | އާދީއްތަ 23:55

މި މަހު 25 ގައި 35 ވެންޓިލޭޓަރެއް ލިބޭނެ: މަބްރޫކް

އަލީ ސަމާޚް
އަލީ ސަމާޚް | 10 މެއި 2020 | އާދީއްތަ 23:55
އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ނޫސްވެެރިންނަށް މައުލޫމާތުދެއްވަނީ

އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ނޫސްވެެރިންނަށް މައުލޫމާތުދެއްވަނީ

ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 45 ވެންޓިލޭޓަރެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މެޑްޓެކް މޯލްޑިވްސް އާ ޙަވާލުކޮށްގެން ހެލްތު މިނިސްޓްރީ އަށް ގެންނަ ވެންޓިލޭޓަރުތަކުގެ ތެރެއިން، 18 ވެންޓިލޭޓަރެއް އާދިއްތަ ދުވަހު ވަނީ ރާއްޖެ ގެނެސްފަ އެވެ. 50 ވެންޓިލޭޓަރު ގެނައުމަށް މެޑްޓެކް ކުންފުންޏާ ހަވާލުކުރެވުނީ، ކޮންމެ ޔުނިޓެއް 288،914ރ. ރޭޓުން، 14،445،700ރ. އަށެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓެރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރުން ގެންނަ ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރުގެ މި މަހުގެ ތެރޭގައި ލިބޭނެ ކަމަށާއި، އަދި 35 ވެންޓިލޭޓަރެއް މި މަހުގެ 25 ގައި ލިބޭނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ ބާކި ހުރި ވެންޓިލޭޓަރު އަންނަ މަހުގެ ތެރޭގައި ގެންނާނެ ކަމަށެވެ.

ކޮވިޑް-19 ޖެހޭ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ވަނީ 145 ވެންޓިލޭޓަރެއް ރާއްޖެ ގެނައުމަށް ތިން ކުންފުންޏަކާއި ހަވާލުކޮށްފަ އެވެ. މިއީ ދައުލަތުން ގާތްގަނޑަކަށް 56 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ކުންފުނިތަކަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ.

އެގޮތުން 20 ވެންޓިލޭޓަރު ގެނައުމަށް ނާޑް ނަމަކަށް ކިޔާ ކުންފުންޏަކާއި، 50 ވެންޓިލޭޓަރު ގެންނަން މެޑްޓެކް ކުންފުންޏާއި ވަނީ ހަވާލުކޮށްފަ އެވެ. އަދި 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވަނީ، ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެކްސެކިއުޓަރ ޖެނެރަލް ޓްރޭޑިންއާ އެވެ.

ދުބާއީގެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ، އެ ކުންފުންޏަކީ ރާއްޖޭގައި އޮތް ޑަބްލިޔުއެޗްއޯ އޮފީހުގައި ވެންޓިލޭޓަރު ގެނައުމުގައި އެހީތެރިކަމެއް ފޯރުކޮށްދޭން އެދުމުން ހޯދައިދިން ލިސްޓަކުން މަސައްކަތް ހަވާލުކުރެވުނު ކުންފުންޏެއް ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، 18 މެއި ގައި އެގްޒިކިއުޓަރސް ކުންފުނިން އޯޑަރު ކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން ދިހަ މެޝިނެއް ލިބޭނެ ކަމަށެވެ. އަދި 25 މެއި ގައި 35 މެޝިނެއް ލިބޭނެ ކަމަށާއި، ބާކީ ހުރި މެޝިންތައް ޖޫން މަހުގެ ތެރޭގައި ލިބޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ ކުންފުންޏަށް ދޭން ޖެހޭ 34 މިލިއަން ރުފިޔާގެ ތެރެއިން 70 އިންސައްތަ އަގު ވަނީ ދައްކާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް