Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭސީ މިލާނުގެ ކުޅުންތެރިން ޓެސްޓުކުރުން

އޭސީ މިލާނުގެ ހުރިހާ ކުޅުންތެރިން ކޮރޯނާވައިރަހަށް ނެގެޓިވް

މީގެ ކުރިން ޕައޮލޯ މަލްޑިނީ އާއި ޑެނިއަލް މަލްޑިނީ އަށް ވަނީ ކޮވިޑް-19 ޖެހިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 މެއި 2020 | އާދީއްތަ 11:30
ދާދި ފަހުން އޭސީ މިލާނުގެ ކުޅުންތެރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ދާދި ފަހުން އޭސީ މިލާނުގެ ކުޅުންތެރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އޭސީ މިލާނުގެ ހުރިހާ ކުޅުންތެރިން ނެގެޓިވްވެފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މީގެ ކުރިން ކޮވިޑް-19 އަށް އޭސީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު އުމުރުން 18 އަހަރުގެ ޑެނިއަލް މަލްޑިނީ ވަނީ ޕޮޒިޓިވް ވެފައެވެ. އެކަމަކު ދެބަފައިން މިހާރު ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

ދާދި ފަހުން އޭސީ މިލާނުގެ ރައީސް ޕައޮލޯ ސްކަރޯނީ ވަނީ މަލްޑިނީގެ ދެ ބަފައިން މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެކަމުގެ އަސަރު އެޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެންނަ ކަމަށް ވިދާޅުވެފައެވެ. އެކަމަކު އޭސީ މިލާނުގެ ހުރިހާ ކުޅުންތެރިންނާއި މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، އެންމެން ވަނީ ވައިރަހަށް ނެގެޓިވްވެފައެވެ.

އިޓާލިއަން ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން އޭސީ މިލާނުގެ ކުޅުންތެރިން ވަނީ އެކަނި ތަމްރީނުތަކަށް ނުކުމެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިމަހުގެ 27 އާއި ޖޫން މަހުގެ 2 އާ ދެމެދު އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މިމަހުގެ 18 ވަނަ ދުވަހުން ފަށައިގެން ކުޅުންތެރިން އެކުގައި ތަމްރީން ކުރުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދޭނެ އެވެ.

އޭސީ މިލާނުގެ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ނެގެޓިވްވި ނަމަވެސް، ދާދި ފަހުން ހެދި ޓެސްޓު ތަކުން ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު