Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޓަރނެޓުގެ ޚިދުމަތް

އިންޓަރނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅަންޖެހޭ: މިނިސްޓަރ މަލީހް

10 މެއި 2020 | އާދީއްތަ 08:13

އިންޓަރނެޓް ސްޕީޑް މާބޮޑުތަނުން ރަނގަޅު ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 މެއި 2020 | އާދީއްތަ 08:13
މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމެއްގައި މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު (ފައިލް ފޮޓޯ): އިންޓަރނެޓްގެ ސްޕީޑް ބޮޑުތަކުން ރަނގަޅުކުރަންޖެހޭ ކަމަށާއި އަދި އަގަށް ވެސް ހެޔޮ

ރާއްޖޭގައި ދެމުންދާ އިންޓަރނެޓްގެ ޚިދުމަތް އަގު ހެޔޮކުރުމަށްޓަކައި އިންޓަރނެޓަކީ ޢަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅުން ވަރަށް މުހިންމު ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރަކައިގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ދެމުންދާ އިންޓަރނެޓްގެ ސްޕީޑާއި އަދި ނަގަމުންދާ އަގާ ގުޅޭގޮތުން ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ރާއްޖޭގައި ދެމުންދާ އިންޓަރނެޓްގެ ސްޕީޑާއި އަދި ނަގަމުންދާ އަގުތަކާމެދު ދިވެހި ރައްޔިތުންގެ އޮތް ކަންބޮޑުވުން ފާހަގަކުރެއްވޭ ކަަށެވެ. އަދި މިނިސްޓަރ މަލީހު ވިދާޅުވީ އިންޓަރނެޓް ގެ ސްޕީޑް މާބޮޑުތަނުންވެސް ރަނގަޅުވާން ޖެހޭ ކަމާއި އަދި އަގަށް ވެސް އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން މަލީހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މޮބައިލް ފޯނުގެ ރޭންޖް ދިއުމުގެ މައްސަލަތައް ޙައްލުކޮށް، އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރަށް ވުރެ މާބޮޑަށް ފުޅާވާންޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ކޮމެޓީގެ މިބައްދަލުވުމުގައި މަލީހު ވަނީ އިންޓަރނެޓަކީ ޢަސާސީ ޚިދުމަތެއްގެ ގޮތުގައި ޤާނޫނަކުން ކަނޑައެޅުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ. އަދި މިއީ އިންޓަނެޓް ޢަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅަންވީ ވަގުތު ކަމަށާއި އެކަން ކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރު ކޯލިޝަނުން ފައްޓަންޖެހިފައިވާ މަސައްކަތެއް ވެސް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދުނިޔެ ޤަބޫލުކުރާ ވައްޓަފާޅިއާ ދިމާލަށް މިޞްރާބު ޖަހާއިރު، އިންޓަރނެޓްގެ ޚިދުމަތާއި މޮބައިލް ޚިދުމަތުގެ ފެންވަރަށާއި އަގަށް ރަނގަޅު ބަދަލެއް ގެނެވޭނީ ޢަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅިގެންކަމަށް ވިދާޅުވެ، މިނިސްޓަރު މަލީހު ވަނީ އެވާހަކަފުޅު ތަކުރާރުކޮށް ކޮމެޓީގައި ވިދާޅުވެފަ އެވެ.

މީގެއިތުރުން، މަލީހު ވިދާޅުވީ ރާއްޖޭގެ މުވާޞަލާތީ ޚިދުމަތުގެ ވާދަވެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި އެއީ މޮބައިލް އަދި އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދޭނެ އިތުރު ކުންފުނިތަކެއް ގެނެސްގެންވިޔަސް، އެކަމުގެ ސިޔާސަތުތައް އެކުލަވާލަން ތައްޔާރަށް ހުންނެވިކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާގައި ހިލޭ އިންޓަރނެޓް ފޯރުކޮށްދިން ވާހަކަ ރައްޔިތުންގެ ތެރޭގައި ފެތުރުނުއިރު، ހަގީގަތަކީ މެލޭޝިއާގެ ބޮޑެތި ޓެލެކޮމް ކުންފުނިތަކަށް މެލޭޝިއާގެ ސަރުކާރުން ފޯރުކޮށްދިން އެއް ބިލިއަން ރިންގިޓްގެ ސަބްސިޑީ ޕެކޭޖެއް ދަށުން ދެމުންދިޔަ ހިދްމަތެއް ކަމަށެވެ.

ނަމަވެސް މަލީހު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިންޓަރނެޓް ޚިދުމަތްދޭ ކުންފުނިތަކުން ދިން ލުއިތަކާއި ދިން އެހީތެރިކަމަކީ ސަރުކާރުގެ އެއްވެސް އެހީތެރިކަމަކާނުލައި އަދި ސަރުކާރުން އެންމެ ލޯލާރިއެއްގެ އެހީތެރިކަންވެސް ނުލިބި ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށެވެ. މިކަން ފާހަގަ ކުރެއްވީ ކޮންމެހެން އެކުންފުނިތަކުގެ ދިފާޢުގަ ނޫން ކަމަށްވެސް މިނިސްޓަރ މަލީހު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް