Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19އަށް ފަރުވާ ދިނުމުގެ ކަންކަން

އައިޖީއެމްއެޗުން ފަރުވާދެމުން އައި ކޮވިޑް-19ގެ ފަސް ބަލިމީހުން ޓްރީޓޮޕަށް ބަދަލުކޮށްފި

މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ޚަރަދުގެ ގޮތުގައި މަހެއްގެ މައްޗަށް 20 މިލިޔަން ރުފިޔާ ޚަރަދުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 9 މެއި 2020 | ހޮނިހިރު 10:28
ޓްރީޓޮޕް ހޮސްޕިޓަލް: ހުޅުމާލޭގައި ހުންނަ މިހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދްމަތް ފޯރުކޮށްދޭ، ޕްރައިވެޓް ކުންފުންޏަކުން ހިންގާ ހޮސްޕިޓަލެއް

ޓްރީޓޮޕް ހޮސްޕިޓަލް: ހުޅުމާލޭގައި ހުންނަ މިހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދްމަތް ފޯރުކޮށްދޭ، ޕްރައިވެޓް ކުންފުންޏަކުން ހިންގާ ހޮސްޕިޓަލެއް

ކޮވިޑް-19 އަށް ޕޮޒިޓިވްގެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 5 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ހޮނިހިރު ދުވަހު، އައިޖީއެމްއެޗާއި ޓްރީޓޮޕް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެ ހޮސްޕިޓަލް އޮޕަރޭޝަނަށް ގެނެވިފައިވާކަމަށެވެ.

މިމަހު އެއްވަނަ ދުވަހު ދުވަހުގެ ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް-19 ގެ ޓަސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވެސް ވަނީ، ރާއްޖޭގެ ޙާލަތު މިހާރު މިވަނީ ޓްރީޓޮޕް ހޮސްޕިޓަލް "އެކްޓިވޭޓް" ކުރަންޖެހޭ ހާލަތުގައި ކަމަށް ވިދާޅުވެފަ އެވެ.

ޓްރީޓޮޕް ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލަކަށް ބަދަލުކުރިއިރު، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ފަރާތްތައް އެހެންތަނަކަށް ބަދަލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެތަން އައިޖީއެމްއެޗު ތެރޭގައި ހަދައިދޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް މަބްރޫކު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރުމަށް ސަރުކާރާއި ޙަވާލުކޮށްފައި ވީނަމަވެސް މުވައްޒަފުންނަށް މުސާރައާއި އެލަވަންސްތައް ދިނުމާއި ހޮސްޕިޓަލް ހިންގުމުގެ ޚަރަދުތައް ކުރަމުން ދާނީ، ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑުންކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުގެ ގޮތުގައި މަހެއްގެ މައްޗަށް 20 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އެޚަރަދުތައް ކުރާނީ ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑުން ކަމަށް އެކުންފުނި ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ، 2018 ވަނަ އަހަރުގެ މާރޗު މަހު ހުޅުގައި ޚިދުމަތްދޭން ފެށި ހޮސްޕިޓަލެކެވެ. ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރި ކުންފުނި ތަކެއްކަމަށްވާ، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ޗާންޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑާއި، ކުރެއްދޫ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއި، އަދި ކާސާ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އޮންނަ ހޮސްޕިޓަލެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރާނީ 200 އެނދުގެ އައިސީޔޫ ފެސިލިޓީއެއްގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު