Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް

ހުޅުމާލޭގައި ބިދޭސީންތިބުމަށް ހަދާ ފެސިލިޓީތައް މިމަހުގެ 18ށް ނިންމަނީ

9 މެއި 2020 | ހޮނިހިރު 06:48

3 ކުންފުންޏަކުން އަންނަނީ މިތަންތަން ހެދުމުގެ މަސައްކަތް ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 މެއި 2020 | ހޮނިހިރު 06:48
ހުޅުމާލޭ ފޭސް ޓޫ ގައި ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް އަޅަމުންދާ ބައެއް ތަންތަން

ހުޅުމާލޭ ފޭސް ޓޫ ގައި ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް އަޅަމުންދާ ބައެއް ތަންތަން

ހުޅުމާލޭގައި 2684 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް މިހާރު ހަދަމުންދާ ތަންތަން މިމަހުގެ 18 ވަނަ ދުވަހަށް ނިންމާލާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

ކޮވިޑް-19 ރާއްޖޭގައި މިހާރު ފެތުރެމުންދާއިރު އަދި މިވައިރަސް އަށް ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވް ވަމުންދިޔުމާއި ގުޅިގެން މާލެ ސިޓީގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބިދޭސީންނަށް އަމާޒުކޮށްގެން ހުޅުމާލެ ފޭސް ޓޫގައި އަންނަނީ ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ތަންތަން ހަދަމުންނެވެ. އެޗްޑީސީން ވަނީ ހުޅުމާލޭގައި ބިދޭސީންނަށް ބޯހިޔާވަހިކަން ޤާއިމު ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ހުޅުވާލާފަ

Advertisement - newsAdvertisement

އެވެ. މިތަންތަން ހަދަމުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.

އެގޮތުން މިހާރު 3 ކުންފުންޏަކުން އަންނަނީ މިތަންތަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ ތިން ޕްރޮޖެކްޓަކަށް ބަހާލައިގެން ކަމަށް އެޗްޑީސީން ބުނެއެވެ.

ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުން އެހީވެދީގެން ހަދަމުންދަނީ 800 މީހުންގެ ޖާގައިގެ ތަނެކެވެ. މިތަނުގައި 6 ބިލްޑިންގ ބްލޮކް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިބިލްޑިންގ ބޮލްކްގައި 84 ފާޚަނައާއި، އެއްފަހަރާއި 175 މީހުންނަށް ބޭނުންކުރެވޭނެ ކެންޓީނެއް ހިމެނެއެވެ.

އެސްޓީއޯ ހިޔާގެ ވަގުތީ ހިޔާތައް ހެދުމުގެ މަސައްކަތުގައި އެހީތެރިވެދެނީ ޖައުސާއާއި ޗައިނާގެ ބީޔޫސީޖީ ކިޔާ ކުންފުންޏެކެވެ. މިއީ 1292 މީހުންގެ ޖާގައިގެ ދެ ބިލްޑިންގ ބްލޮކް އަންނަނީ ހަދަމުންނެވެ.

އެމްޕީއެލް އިން ހަދަމުން އަންނަނީ 592 މީހުންގެ ޖާގައިގެ ތަނެކެވެ. މިތަންތަން ހަދަމުންދަނީ އެމްޕީއެލްއާއި އެސްޖޭ ގްރޫފާއި، ފެޑޯ ގުޅިގެންނެވެ.

މީގެކުރިން އެޗްޑީސީންވަނީ ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 667 އެނދުގެ ފެސިލިޓީއެއްގެ މަސައްކަތް ނިންމާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
19 ފެބުރުއަރީ 2017

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

19 ފެބުރުއަރީ 2017
އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް