Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުޠުބާ: ރޯދަ ހިފުމުގެ މާތްކަން

ރޯދަ ހިފަންވީ ހަމައެކަނި ކެއިންބުއިމުން މަނާވެގަތުމަކަށް ނޫން: ހުކުރު ޚުތުބާ

8 މެއި 2020 | ހުކުރު 08:03

ރޯދަމަަހަކީ މާތް އަޅުކަމެއްގެ އިތުރުން ޖިސްމަނީ ދުޅަހެޔޮކަން ގެނެސްދޭ މައްސަރެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 މެއި 2020 | ހުކުރު 08:03
ކޮވިޑް-19ގެ ޙާލަތައި ގުޅިގެން ރާއްޖޭގައި ވަނީ ޖަމާޢަތުގައި ހުކުރުކުރުން މެދުކަނޑާލާފައި

ކޮވިޑް-19ގެ ޙާލަތައި ގުޅިގެން ރާއްޖޭގައި ވަނީ ޖަމާޢަތުގައި ހުކުރުކުރުން މެދުކަނޑާލާފައި

ރޯދަ ހިފަންވީ ހަމައެކަނި ކެއިން ބުއިމުން މަނާވެގަތުމަށް ނޫންކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނެފައިވަނީ ރޯދަހިފަންވީ ހުރިހާ ގުނަވަަނަކުން ކަމަށެވެ. ރޯދަހިފަންވާނީ ކެއިންބުއިމުން މަނާވެގަންނަ ފަދައިން ޙަރާމްވެގެންވާ އެންމެހާ ކަންކަމުންވެސް ދުރުހެލިވެގެންކަމަށެވެ.

Advertisement - newsAdvertisement

ބަރަކާތްތެރި ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރެގެ އިތުރުން، ޖިސްމާނީ ދުޅަހެޔޮކަން ގެނެސްދޭ މައްސަރެއް ކަމަށާއި އަދި ރޫޙާނީ ބާރެއްވެސް ގެނެސްދޭ މައްސަރެެއްކަމަށް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ. އަދި ހިވާގިވުމާއި ކެތްތެރިވުމާއި ޢަޒުމް ވަރުގަދަ ކުރުމާއި، ވަގުތުތައް ރާވާ އެވަގުތުތަކަށް ކެމޭހިތުމާއި، އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރެއް ކަމަށެވެ. އެއްވެސް ޙާލެއްގައި ނިދުމާއި، ޢަރާމުކުރުމާއި، ކަންނެތް ވުމާއި، ދެއަތް އުރާލައިގެން ތިބުމުގެ މައްސަރެއް ނޫންކަމަށާއި، ހަޤީގަތަކީ ރޯދަމަހަކީ ހެޔޮކަންތައްތަކުގެ މައްޗަށް މުސްލިމުން ހާނުވައި އެންމެ ރިވެތި އަޚްލާޤީ ސިފަތަކުން މުސްލިމުން ތަހުޒީބު ކޮށްދޭ އެންމެ ބޮޑު ތަރުބަވީ މަދަރުސާއެއް ކަމަށް ޚުތުބާގައި ވެއެވެ.

ޚުތުބާގައި ބުނެފައިވަނީ ތަނަވަސްކަމުގެ އަހުލުވެރިން ރޯދަ ހިފާނީ ވިޔަފާރީގައި މަކަރާއި ހީލަތް ހެދުން އެއްކިބާވުމާއި، ޙާލަތުގެ ނާޖާއިޒު ބޭނުން ހިފާ މުދަލުގެ އަގު ބޮޑުކުުރުން ފަދަ ނުބައިކަންކަމުން ދުރުވެ ތިބެގެންްކަމަށެވެ. އަދި މީސްތަކުންނަށް ދީލަތިވުމާއި ހެޔޮފޯރުވުމާއި އިހުސާންތެރިވުމުންނެވެ. އެކިއެކި މުވައްޒަފުން ރޯދަ ހިފަންވާނީ ވަޒީފާއަށް މަކަރު ހެދުމާއި، ވަގުތަށް ފަރުވާކުޑަ ކުރުމާއި، ސާހިބުންނަށް ނުކިޔަމަންތެރިވުމާއި ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގައި ފަރުވާކުޑަކުރުންފަދަ އެންމެހާ ކަންކަމުން ދުރުހެލިވެ ތިބެގެންކަމަށެވެ. އަދި، ކަންކަމާއި ޙާވާލުވެ ތިބި އިސްވެރިން ރޯދަ ހިފަންވާނީ ޚިޔާނާތްތެރިވުމާއި ފަސާދައާއި އަމިއްލަ މަޞްލަޙަތުން ދުރުވެތިބެ ޒިންމާ ފުރިހަމައަށް އަދާކުރުންމަތީ ދެމިތިބެގެންނެވެ.

ޑޮކްޓަރުންނާއި ޞިއްޚީ ޚިދުމަތްތެރިން ރޯދަހިފާނީ ބަލިޙާލުގައިވާ މީހުންގެ ވޭނާ އުދާސްތައް ފައިސާ ހޯދުމުގެ ވަޞީލަތަކަށް ހެދުމުގެ ބަދަލުގައި އެމީހުންނަށް އަޅާލުމާއި ފަރުވާ ދިނުމުގައި އިޚްލާޞްތެރިވުމާއި، ތަފާތު ކުރުމެއް ނެތި މުޅިއި ންސާނިއްޔަތަށް ޚިދުމަތްކުރާ ދަރުމަވެރިންގެ ގޮތުގައި ތިބެގެންކަމަށްވެސް ހުކުރު ޚުޠުބާގައިވެއެވެ. އަދި މައިންބަފައިން ރޯދަ ހިފާނީ ދަރިންގެ ޙައްޤުތަކަށް ރައްކާތެރިވެ ދަރިންނަށް ހެޔޮ ނަޞޭޙަތާއި މަތިވެރި ތަރުބިއްޔަތު ދިނުމަށްކަމުގައެވެ.

ރޯދައަކީ އެންމެހާ ފާފަތަކުން މީހާ ދުރުހެލިކުރުވުމަށް ލިބޭ ބާރެއް ކަމަށާއި ވަރަށް ވަރުގަދަ އައްޑަނައެއް ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. ޙަޤީގީ މާނައިގައި ރޯދަ ހިފުމުން ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ޞިއްޙަތަށް ގެއްލުންދޭ އާދަތަކާއި ދުރުހެލިކޮށްދޭ ކަމަށާއި ރުޅި އިސްކުރުމާއި އަރައިރުންވުން ފަދަ އިޖްތިމާޢީ ފޭރާން ވީދިގެންދާ އެންމެހާ ނޭދެވޭ ސިފަތަކާއި މާތް ﷲ ޙަރާމްކުރައްވާފައިވާ އެންމެހާ ފާފަތަކުން ދުރުހެލިވުމުގެ މައްޗަށް ކެތްތެރިކަން އިސްކުރަން ދަސްކޮށްދޭ ކަމަށެވެ.

ރޯދައިގެ ވަގުތުގައި ކެއިންބުއިމުން ދުރުވެ ހުރުމުން ދުރުހެލިވުމުން ލިބިދޭ އަނެއް ތަރުބަވީ ފިލާވަޅަކީ މުޖުތަމަޢުގަިއ ބަނޑުހައި ހޫނުކަން ތަޙައްމަލު ކުރަމުންދާ ނިކަމެތި ފަޤީރުންނާއި ޚާޢްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިހުސާސްތައް ހިތައްވެރިވެ ހިތްތައް މަޑުމޮޅިވެ ރަހުމާއި ހަމްދަރުދީއާއި ކުލުނުވެރިކަން ރޯދަވެރިންގެ ހިތްތަކުގައި އުފެދިގެން ދިއުން ކަމަށެވެ.

އޭގެ ސަބަބުން މުޖުތަމަޢުގައި ބޭނުން ޖެހިގެންވާ މީހުނަށް އެހީފޯރުވުމަށް ރޯދަވެރިޔާގެ ނަފްސު ގޮވާލާ ކަމަށާއި މީސްތަކުންނަށް އޯގާތެރިވުމުގެ މާތް ސިފަ ހިތުގައި އަށަގަންނަވައިދޭ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ރޯދައަށް ތިބުމުން ލިބޭ އެންމެ ބޮޑު ތަރުބަވީ ފިލާވަޅަކީ ކަންކަން ކުރުމުގައި ވަގުތުތައް ކަނޑައެޅުމާއި އެވަގުތުތަކަށް އިހުތިރާމް ކުރުމުގެ މުހިއްމުކަން ދަސްކޮށްދިނުމެވެ. އެވަގުތުތަކުގައި ކެއިންބުއިމާއި އިންސާނާގެ ނަފްސު އެދޭ އެންމެހާ ނޭއްގާނީ ސިފަތަކުން އެ ނަފްސު ދުރުހެލިކުރުމުން ލިއްބައިދޭ ފިލާވަޅަކީ، ނަފްސު ކޮންޓްރޯލްކޮށް ދިމާވާ ދަތިތަކާއި އުނދަގޫތަކުގެ މައްޗަށް ކެތްތެރިވުމުގެ ފިލާވަޅެވެ.

އަދި ހަމަހަމަ އެއާއި އެކު މުޖުތަމަޢުގައިވާ ނިކަމެތިންނާއި ފަޤީރުންގެ ޙާލަތު ވަޒަންކޮށް އެންމެންނަކީ ހަމަހަމަ ބައެއްކަން އިޙުސާސް ވުމުގެ ޢިބްރަތްތެރި ފިލާވަޅުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 މެއި 2017

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

13 މެއި 2017
ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި
10 މެއި 2017

ރޯދަ މަހު ސްކޫލްތައް ފަށާގަޑިއަކީ ހެނދުނު 08:40، ނިމޭނީ 15:00ގައި

10 މެއި 2017
ރޯދަ މަހު ސްކޫލްތައް ފަށާގަޑިއަކީ ހެނދުނު 08:40، ނިމޭނީ 15:00ގައި
09 މެއި 2017

ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފި

09 މެއި 2017
ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފި
26 އެޕްރީލު 2017

ރެޑްވޭވް ރޯދަ ސޭލް ފަށައިފި

26 އެޕްރީލު 2017
ރެޑްވޭވް ރޯދަ ސޭލް ފަށައިފި
25 އެޕްރީލު 2017

މަރަށް މަރު ހިފަންވީ، އެކަމަކު އޭގެ ކުރިން އަދުލްއިންސާފު ގާއިމުވާންޖެހޭ: ޑރ. މަޖީދު

25 އެޕްރީލު 2017
މަރަށް މަރު ހިފަންވީ، އެކަމަކު އޭގެ ކުރިން އަދުލްއިންސާފު ގާއިމުވާންޖެހޭ: ޑރ. މަޖީދު
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް