Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރައީސް އޮފީހުގެ މަސައްކަތްތައް

އާންމު ހާލަތަށް ރުޖޫއަވުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވައިފި

7 މެއި 2020 | ބުރާސްފަތި 07:29

އިޖުތިމާޢީ މައްސަލަތަކަށް ޙައްލުތަކެއް ހޯދުމަށްޓަކައި މަސައްކަތް ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މެއި 2020 | ބުރާސްފަތި 07:29
ނެޝަނަލް ޓާސްކްފޯސްގެ މެމްބަރުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައީސް ބައްދަލުކުރައްވަނީ/ ފައިލް ފޮޓޯ

ނެޝަނަލް ޓާސްކްފޯސްގެ މެމްބަރުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައީސް ބައްދަލުކުރައްވަނީ/ ފައިލް ފޮޓޯ

ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އަލުން ޢާންމު ޙާލަތަށް ރުޖޫޢަވުމަށް ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމަށް ޚާއްޞަ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު، ވިޔަފާރިތަކަށާއި އަދި ޢާންމު ރައްޔިތުންގެ ދިރިއުޅުމާ ޢާމްދަނީއަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިދަތިތަކާ ގުޅިގެން ދިމާވާނެ އިޖުތިމާޢީ މައްސަލަތަކަށް ޙައްލުތަކެއް ހޯދުމަށްޓަކައި، ޤައުމީ ފެންވަރުގައި ކުރާނެ މަސައްކަތްތައް ރާވާ، ވިލަރެސްކޮށް، ހިންގާނެ ނިޒާމެއް ޤާއިމު ކުރުމުގެ ގޮތުން، "ނޭޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ނަމުގައި މި ޓާސްކްފޯސް އުފެއްދެވުމަށް އޭޕްރިލް 13 ވަނަ ދުވަހު ބޭވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މި ޓާސްކްފޯސްގެ މަޤްޞަދަކީ މިހާރު ދިމާވެފައިވާ ޙާލަތުން، އިޤްތިޞަދީ އަވަސް ރިކަވަރީ އަކަށް ވާޞިލުވެ، އިޤްތިޞާދީ ދުވެލި އާރާސްތުކުރުމަށް ސަރުކާރާއި، ޕްރައިވެޓް ސެކްޓަރާއި، ސިވިލް ސޮސައިޓީ އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު މަސައްކަތްކުރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ހިންގާ މި ޓާސްކްފޯހުގެ މަސައްކަތް 3 މަސައްކަތު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ވަރކިންގް ގްރޫޕް އޮން ފައިނޭންސް، ވަރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ވަރކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރެވެ.

އެގޮތުން ފައިނޭންސް ވަރކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ޚަރަދުތަކާއި ޢާމްދަނީ އަށް އަންނާނެ ބަދަލުތައް ދެނެގަނެ، ބަޖެޓު ހިންގުމަށް ބޭނުންވާނެ ފައިސާގެ މިންވަރުތައް ދެނެގަތުމެވެ. އަދި މި ފައިސާ ހޯދުމަށް، މަސައްކަތް ކުރުމުގެ އިތުރުން، ސަރުކާރަށް ނަގާފައިވާ ބޭރުގެ ދަރަނި އަދާކުރުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުންވެސް މި ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން، އިކޮނިމިކް ރިކަވަރީ ވަރކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ ސްޓިމިއުލަސް ޕެކޭޖުތައް ތަޢާރަފުކޮށް ހިންގުން ކަމަށާއި، ފަތުރުވެރިކަމާ އަދި އެހެނިހެން ދާއިރާތައް ހުޅުވާލުމުގައި ނިންމަންޖެހޭ ނިންމުންތައް ތަންފީޒުކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އޭގެ އިތުރުން، ސޯޝަލް ސެކްޓަރ ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ ގެއްލުމާ، ޢާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާއި، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ޙާލަތު މިހާރަށް ވުރެ ރަނގަޅު ޙާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ފަދަ ކަންކަން ހިމެނިފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް