Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތުރުކީ ލީގު އަލުން ފަށަނީ

ތުރުކީ ލީގު ޖޫން 12 ގައި ފަށަން ނިންމައިފި

6 މެއި 2020 | ބުދަ 13:04

ތުރުކީ ލީގު މެދުކަނޑާލީ މާޗު މަހުގެ 18 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 މެއި 2020 | ބުދަ 13:04
ތުރުކީ ލީގުގައި ގަލަތަސަރާއި އާއި ބެސިކްޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

ތުރުކީ ލީގުގައި ގަލަތަސަރާއި އާއި ބެސިކްޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

ތުރުކީގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ޓަރކިޝް ސުޕަރ ލީގު ޖޫން މަހުގެ 12 ވަނަ ދުވަހު އަލުން ފަށަން ނިންމައިފިއެވެ.

ޓަރކިޝް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ނިހާތު އޮޒްދެމިރު ވަނީ ބުދަ ދުވަހު ލީގު އަލުން ފަށާނެ ތާރީޚެއް އިޢުލާނުކުރައްވާފައެވެ. ޖޫން މަހުގެ 12 ވަނަ ދުވަހު ތުރުކީ ލީގު އަލުން ފަށަން ނިންމިއިރު، ލީގު މެދުކަނޑާލާފައިވަނީ މަރޗު މަހުގެ 18 ވަނަ ދުވަހެވެ. ތުރުކީ ލީގަކީ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޔޫރަޕުން މެދުކަނޑާލީ އެންމެ ފަހު ލީގެވެ. އަދި ތުރުކީ ލީގަކީ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ލީގުތަކުގެ ތެރެއިން ކުޅުން އަލުން ފަށާނެ ތާރީޚު އިޢުލާނުކުރި ފުރަތަމަ ލީގެވެ.

ޓަރކިޝް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ނިހާތު އޮޒްދެމިރު ވިދާޅުވީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ އިރުޝާދުގެ ދަށުން އެ ގައުމުން މިސާލު ދައްކަމުންދާ ކަމަށާއި، ކޮވިޑް-19 އާ ދެކޮޅަށް އެ ގައުމުން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެ ގައުމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއެކު މާޗު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ލީގުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ ސަޕޯޓަރުން ނުވައްދައި ކަމަށް ވިދާޅުވިއެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހު ތުރުކީ ލީގު އަލުން ފެށުމަށް ނިންމާފައިވާއިރު، އެ ގައުމުގެ ދަށް ޑިވިޝަނުގެ ލީގުތައްވެސް ޖޫން މަހު ފެށުމަށް ވަނީ ނިންމާފައެވެ. އެކަމަކު ލީގު އަލުން ފަށާއިރު، މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދައި ކަމެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ނިހާތު އޮޒްދެމިރު ވިދާޅުވީ މެޗުތައް ކުޅޭނެ ވަކި ގޮތެއް ކަނޑައަޅާނީ ހެލްތު މިނިސްޓްރީ އާއި ސައިންޓިފިކް ކޮމިޓީން ކަމަށާއި، އެ އިދާރާތަކުން ނިންމާ ގޮތަކަށް ފުޓްބޯލް ފެޑެރޭޝަނުން އަމަލުކުރާނެ ކަމަށެވެ.

ތުރުކީ ލީގު އަލުން ފަށާނެ ތާރީޚު އިއުލާނުކުރި އިރު، މީގެ ކުރިން ޔުއެފާ އިން ވަނީ ލީގުތަކާ މެދު އަމަލުކުރާނެ ގޮތެއް މެއި މަހުގެ 25 ކުރިން އެ އިދާރާ އަށް އަންގަން ބުނެފައެވެ. ލީގުތައް ކެންސަލް ކުރުމުގެ ހުއްދަ ދިނުމާއެކު ނެދަލެންޑްސް ލީގާއި ފްރެންޗު ލީގު ވަނީ ކެންސަލް ކޮށްފައެވެ.

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް