Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ވޮލީ ލީގު

ގައުމީ ވޮލީ ލީގު: މިފަހަރުގެ ޗެމްޕިއަންއަކީ މޯލްޑިވިއަން

މޯލްޑިވިއަން ޗެމްޕިއަންކަން ހޯދީ އެންމެ ފަހު މެޗުގައި ތިން ސެޓު އެއް ސެޓުން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2017 | އަންގާރަ 14:33
ގައުމީ ވޮލީ ލީގުގެ މެޗެއްގެ ތެރެއިން

ގައުމީ ވޮލީ ލީގުގެ މެޗެއްގެ ތެރެއިން

ގައުމީ ވޮލީ ލީގުގެ މިފަހަރުގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

މޯލްޑިވިއަންއިން ޗެމްޕިއަންކަން ކަށަވަރު ކުރީ ލީގުގެ ޗެމްޕިއަންކަން ލިބޭ ޓީމެއް ކަނޑައެޅުމަށް ކުޅުނު އެންމެ ފަހު މެޗުގައި ތިން ސެޓު އެއް ސެޓުން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-22 އިން މޯލްޑިވިއަން ގެންދިޔައިރު ސިފައިންގެ ކްލަބްއިން ވަނީ 21-25 އިން ދެވަނަ ސެޓު ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެހެން ނަމަވެސް މޯލްޑިވިއަން އިން ފަހުން ކުޅުނު ދެ ސެޓު 25-22 އަދި 25-23 އިން ގެންގޮސް މުބާރާތުގެ ތަށި ކަށަވަރުކޮށްފައެވެ.

މި މޮޅާއެކު މޯލްޑިވިއަންއިން ލީގުގެ އެއްވަނަ ކަށަވަރު ކުރީ 20 ޕޮއިންޓާއެކުއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބްއަށް ދެވަނަ ލިބެނީ 15 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އަށް ޕޮއިންޓާއެކު ސީލައިފް ސްޕޯޓްސް ކްލަބް އޮތްއިރު ހަތަރުވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ޕޮލިސް ކްލަބްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ މައްޗަށް އެކުލެވުނު ޑްރީމް ޓީމުގައި ހިމެނެނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ހުސައިން ވިޝާމް (ބުޅިކެ) އާއި ފައިރޫޒް އަދި ސީލައިފްގެ އަލީ ހުޒާމްގެ އިތުރުން ސިފައިންގެ ކްލަބްގެ އަނިލް ނަސީރު އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި މުހައްމަދު މިމްރާހުއެވެ.

މި ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ މުރާދް ޖެހާންއެވެ. ފިރިހެން ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޒިޔާގެ ހުސައިން ރައްޒާންއެވެ. އެންމެ މޮޅު ކޯޗަކަށް ސިފައިންގެ ކޯޗު މުމްތާޒު އަލީ ހޮވުނުއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުމުން ހޯދިއިރު މި ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ ޓީމުގެ ނިރްމަލާއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ޕޮލިސް ކްލަބްގެ އައިމިނަތު ރިޔާޝާ ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރިފާއުއެވެ. ހަމައެހެންމެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޕޮލިސް ކްލަބްއެވެ.

އަންހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ މިސްކިތްމަގުގެ އައިމިނަތު އަރީޝާއާއި ހައްވާ ސާހާއާއި މަރިޔަމް އަޒީފާއާއި ފާތިމަތު ޖޫޒާން އަދި ސިލްމާ ޒާހިރުގެ އިތުރުން ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާއާއި އައިޝަތު މާޖިދާއެވެ.

ގައުމީ ލީގުގެ ކުޅުން ނިމިފައިވާއިރު ދެން ފެށިގެންދާނީ ގައުމީ މުބާރާތުގެ ކުޅުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު