Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީނާ އަވަހާރަވުމާއި ގުޅިގެން ތައުޒިޔާގެ ދަފްތަރު

އައްނަބީލާ އަމީނާ މުޙައްމަދު އަމީންގެ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންލައިންކޮށް

6 މެއި 2020 | ބުދަ 08:17

އަމީނާ އަވަހާރަވުމާއި ގުޅިގެން، އެކަމަނާގެ އާއިލާއަށް މަޖިލީހުގެ ރައީސް އާއި ނައިބު ރައީސާއި މެންބަރުންގެ ފަރާތުން ވަނީ ތައުޒިޔާ ދަންނަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 މެއި 2020 | ބުދަ 08:17
އައްނަބީލާ އަމީނާ މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވިއިރު ނަންގަވާފައިވާ ފޮޓޯއެއް

އައްނަބީލާ އަމީނާ މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވިއިރު ނަންގަވާފައިވާ ފޮޓޯއެއް

ރާއްޖޭގެ ފުރަތަމަ ރައީސް، ރައީސް މުޙައްމަދު އަމީންގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުޙައްމަދު އަމީންގެ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވަރޗުއަލްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަމީނާ އަވަހާރަވެފައިވަނީ އުމުރުފުޅުން 84 އަހަރުގައެވެ. އަމީނާ އަވަހާރަވުމާއި ގުޅިގެން، އެކަމަނާގެ ޢާއިލާއަށް މަޖިލީހުގެ ރައީސާއި، ނައިބު ރައީސާއި މެންބަރުންގެ ފަރާތުން ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަމީން ދީދީ އަވަހާރަވީއިރު އަމީނާގެ އުމުރުފުޅުން 17 އަހަރު ކަމަށެވެ. އަދި މަޢުލޫމާތުލިބިވަޑައި ގަންނަވާފައިވާ ގޮތުން އަމީން ދީދީ އަވަހާރަވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އަމީނާއަށް ބައްޕާފުޅާ ބައްދަލުކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭރު އަމީން ދީދީ އޮންނެވީ ވިހަމަނާފުށީގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އަމީން ދީދީ އަވަހާރަ ވުމަށްފަހު އަމީނާގެ ޙަޔާތް ބައްޓަންވަމުން، ބިނާވަމުން އައި ގޮތް އެއީ "ރާއްޖޭގެ ތަރައްޤީގެ ޙަޔާތުގައިވެސް، އަންހެނުންގެ ޙަޔާތުގައިވެސް، ޤައުމުގެ ޙަޔާތުގައިވެސް ފެނިގެންދިޔަ އަސަރުގަދަ" އަދި ކިތަންމެ ފަހަރަކު އުފާވެރި މަޖާ ކަންތައްތަކެއް އެކުލެވޭ ދުވަސްތަކެއް ކަމަށެވެ.

އަމީިނާ ވަނީ 23 ފެބުއަރީ 1980 އިން ފެށިގެން 15 ޖެނުއަރީ 1989 އަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް އަމީނާއާއި، އަމީނާގެ ޢާއިލާއާ ގާތް ގުޅުމެއް ގެންގުޅުއްވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ވީހާ ވެސް ގިނަ ޢަދަދެއްގެ ރައްޔިތުން އަމީނާގެ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.

އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފޭސްބުކް އަދި ޓްވިޓަރގައި ވަނީ ކޮމެންޓް ސެކްޝަނުގައި ތަޢުޒިޔާގެ މެސެޖުތައް ޕޯސްޓް ކުރުމަށް ހުޅުވާލާފައެވެ.

އައްނަބީލާ އަމީނާ މުޙައްމަދު އަމީނަކީ، ފަޟީލަތުއްޝައިޚް މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ދަރިކަނބަލުން، ފާޠިމަތު ސަޢީދުގެ ފަރާތްޕުޅުން ރައީސް މުޙައްމަދު އަމީނަށް ލިބިވަޑައިގެންނެވި 3 ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި އެންމެ ފަހު ބޭފުޅާއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 މެއި 2017

މެންބަރު ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި

16 މެއި 2017
މެންބަރު ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި
01 މެއި 2017

ޒައިދުލް އަމީންގެ ޝަރީޢަތް މާދަމާރެއަށް ތާވަލްކޮށްފި

01 މެއި 2017
ޒައިދުލް އަމީންގެ ޝަރީޢަތް މާދަމާރެއަށް ތާވަލްކޮށްފި
25 އެޕްރީލު 2017

ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި

25 އެޕްރީލު 2017
ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި
04 އެޕްރީލު 2017

ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް ފަސް ދުވަސް ޖަހައިފި

04 އެޕްރީލު 2017
ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް ފަސް ދުވަސް ޖަހައިފި
20 މާރިޗު 2017

ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް

20 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް
07 މާރިޗު 2017

ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި

07 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި
04 މާރިޗު 2017

ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް

04 މާރިޗު 2017
ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް
26 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

26 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް